ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި މަރުވާ މީހުން އެގައުމުގައި ވަޅު ނުލުމަށް ބުދު ދީނުގެ ފާދިރީންތަކެއް ގޮވާލައިފިއެވެ.

ފާދިރީންތަކެއް އެގައުމުގެ ސަރުކާރަށް އެގޮތަށް ގޮވާލާފައިވާއިރު، މީގެ ކުރިންވެސް އެގައުމުން އަންނަނީ ބަލި ޖެހިގެން އެގައުމުގެ މަރުވާ މީހުން އެގައުމުގައި ވަޅުލަމުންނެވެ. އަދި ދާދި ފަހުން އެގައުމުގެ ސަރުކާރުން ބަލި ޖެހިގެން އެގައުމުން މަރުވާ މީހުން ރާއްޖޭގައި ވަޅުލުމަށް އެދިފައެވެ.

ނަމަވެސް މުސްލިމުން ރާއްޖެ ގެނެސް ވަޅުލަން ލަންކާގެ ސަރުކާރުން ކުރަމުން ދިޔަ މަސައްކަތް ހުއްޓާލައި ލަންކާގައި ކޮންކްރީޓް ވަޅުތަކެއްގައި ވަޅުލަން ނިންމާފައިވާ ކަން އެ ގައުމުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ވަޅުލުމާއި ދެކޮޅު ކަމަށް ބުނެ ގިނަ ފާދިރީންތަކެއް ވަނީ އެގައުމުގެ ހެލްތް މިނިސްޓަރ ޕަވިތްރަ ވަނިއަރަޗީ އަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި އެ މީހުން ވަނީ މީގެ ކުރިން ބަލި ޖެހިގެން މަރުވާ މީހުން ވަޅުލި ނަމަވެސް ވަގުތުން ވަގުތަށް އެކަން ހުއްޓާލުމަށް ގޮވާލާފައެވެ.

މިކަމާއި ގުޅިގެން ފާދިރީންތައް ވަނީ އެގައުމުގެ ބޮޑެތި މަގުތަކުގައި އިހުތިޖާޖުވެސް ކޮށްފައެވެ. އަދި ބައެއް މީޑިއާތަކާއިވެސް އެކަމާއި ގުޅޭގޮތުން އެމީހުން ވަނީ ވާހަކަ ދައްކާފައެވެ. އެހެން ނަމަވެސް ދައްކާފައިވާ ވާހަކަތަކުގެ އިތުރު ތަފްސީލެއް އެގައުމުގެ މީޑިއާތަކުން ހާމަ ކޮށްފައެއް ނުވެއެވެ.

ސްރީލަންކާއިން މިހާތަނަށް 41،054 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، 191 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވަހުތާނު އަހުމަދު

    އެހެންއެގޮވާލާ ފާދިރީންތައް ދަންޖައްސާލާ

    22
    1
  2. ރެފްރީ

    ﷲ އެބައި މީހުންނަށް ކޮވިޑަށްވުރެންވެސް ނުބައިބައްޔެއްސަވާފާނދޭވެ.

    23
    2