ކޮވިޑް-19 ޖެހިގެން ދުނިޔެ އިން އިއްޔެ ވެސް ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެއެވެ. އިއްޔެ ވަނީ 16,288 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. އެހެންކަމުން އިއްޔެ އަކީ މިހާތަނަށް އެދުވަސް ތެރޭގައި އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން މަރުވި ދުވަހެވެ.

އިއްޔެގެ ކުރިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ އަންގާރަ ދުވަހު އެވެ. އެހެންކަމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު އިތުރުވެ ޖެހިޖެހިގެން އެދުވަހު މުވަނީ ރެކޯޑް އަދަދަކަށް މީހުން މަރުވެފައެވެ.

އިއްޔެ ވެސް އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން މަރުވެފައި ވަނީ ޔޫރަޕުންނެވެ. ޔޫރަޕުން 6,183 މީހުން ވަނީ މަރުވެފައެވެ. ޔޫރަޕުން އިއްޔެ 253,438 މީހަކު ފައްސިވިއެވެ. އިއްޔެ އެންމެ ގިނަ މީހުން ފައްސިވީ އުތުރު އެމެރިކާ ބައްރުންނެވެ. އުތުރު އެމެރިކާ އިން އިއްޔެ 267,055 މީހުން ފައްސިވެ، 5,678 މީހުން މަރުވިއެވެ. އޭޝިއާ އިން އިއްޔެ 85,742 މީހުން ފައްސިވެ 1,317 މީހުން މަރުވިއެވެ. ދެކުނު އެމެރިކާ އިން އިއްޔެ 99,470 މީހުން ފައްސިވެ 1,881 މީހުން މަރުވިއެވެ. އެފްރިކާ ބައްރުން އިއްޔެ 36,594 މީހުން ފައްސިވެ، 1,229 މީހުން މަރުވިއެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަދިވެސް އިތުރުވަމުން އަންނާތީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު އަންނާނީ އިތުރުވަމުން ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

މިހާރު ޔޫރަޕްގެ ގައުމުގައި ކޮވިޑް-19 ވެކްސިން ދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ސަބަބުންނާއި ބަލި ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެދެވޭ ނަތީޖާއެއް ފެނި ހާލަތައް ރަނގަޅު ބަދަލެއް އަންނަން އަދި އެންމެ އަވަސް ވެގެން ވެސް ދެތިން މަސްދުވަސް ހޭދަވެދާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު