އެމެެރިކާގެ ކުރީގެެ ރައީީސް ޑޮނާލްޑް ޓްރަމްޕު މިހާރުގެ ރައީސް ޖޯ ބައިޑެން އަށް ފޮނުވި ސިޓީ ސިއްރުކުރަން ބައިޑެން ނިންމަވައިފިއެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު "ވައިޓް ހައުސް" އިން ހާމަކޮށްްފައިވާ ގޮތުގައި ވެރިކަން ބަދަލުވި ފަހުން ފުރަތަމަ ފަހަރަށް ކުރީގެ ރައީސް ޓްރަމްޕް، ބައިޑެންއަށް ފޮނުވާފައިވާ ސިޓީއާ ބެހޭ ގޮތުން އެ ދެ ފަރާތުން އިތުރު ވާހަކައެއް ދައްކާފައެއް ނުވެއެވެ.

އެ ސިޓީ އާ ގުޅޭ މައުލޫމާތުތައް ބައިޑެން ހާމަކުރައްވަން އަދި ބޭނުންފުޅު ނުވާ ކަމަށާއި، ބައިޑެން ބޭނުންފުވަނީ އަދި އޭގައި ހުރި ކަންކަން ސިއްރިކުރަން ކަމަށްވެސް ވައިޓް ހައުސް އިންް ވަނީ ހާމަކޮށްފައެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ޖެން ޕަސްކީ ވެސް ވަނީ އެެ ސިޓީއާ ގުޅިގެން އަދި އެއްވެސް އާ މައުލޫމާތެއް ނެތް ކަމަށް ވިދާޅުވެފައެެވެ.

"ރައީސް ބޭނުންވަނީ ސިޓީގައިވާ ކަންކަން ސިއްރު ކުރައްވަން. ސިޓީއާ ބެެހޭ އެއްވެސް އަޕްޑޭޓެއް އަދި ނުލިބޭ" ޖެން ވިދާޅުވިއެވެ.

އެެމެރިކާގެ ރިޔާސީ އިންތިހާބު ޓްރަމްޕާ ވާދަކޮށް ކާމިޔާބު ކުރެއްވި ޖޯ ބައިޑެން އަށް ހާއްސަ ސިޓީއެއް ޓްރަމްޕު ދީފައި ވަނީ، ވެރިކަމުގެ ދައުރު ހަމަވެ ވައިޓް ހައުސް ދޫކޮށް ދަމުންނެވެ. އެ ސިޓީ ޓްރަމްޕު ބައިޑެން އަށް ދީފައި ވަނީ އެމެެރިކާގެ ރިޔާސީ އިންތިހާބު ސައްހަ ނޫން ކަމަށް ބުނެ "ރުޅިގަދަ"ވެފައި ހުރި ދުވަސްވަރެއްގައެވެ. އެ ސިޓީގައިވާ ކަމެއް ބެލުމަށް ގިނަ ބަޔަކު އަންނަނީ ޝައުގުވެެރިކަން ފާޅުކުރަމުންނެވެ.

ޖޯ ބައިޑެން އެމެރިކާގެ ރައީސް ކަމާ ހަވާލުވެވަޑައިގެންނެވީ ޖެނުއަރީ 20 ވަނަ ދުވަހުއެވެ. ބައިޑެން ވަނީ ރައީސް ޓްރަމްޕު ލިޔެފައި ވަނީ ފުރިހަމަ ސިޓީއެއް ކަމަށާއި، މި ސިޓީއާ މެދު ޓްރަމްޕާ ވާހަކަ ނުދައްކާ އެއްވެސް ކަމެއް ހާމަ ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.