ކޮވިޑް-19ގެ ދެ ވައްތަރަކަަށް އެއް ވަގުތެއްގައި ބަޔަކު ފައްސިވެއްޖެއެވެ.

ކޮވިޑް-19ގެ ދެ ވައްތަރަކަށް ފައްސިވެފައި ވަނީ ބްރެޒިލް އަށް ނިސްބަތްވާ ދެ މީހެކެވެ. މިއީ މުޅި ދުނިޔެ އިންވެސް އެއް ވަގުތެއްގައި ކޮވިޑް-19ގެ ދެ ވައްތަރަށް ފައްސިވި ފުރަތަމަ މީހުން ކަމަށް ބެލެވެއެވެ.

ފައްސިވި ދެމީހުންގެ ތެރެއިން އެކަކު ފައްސިވެފައި ވަނީ ޕީ.1 އާއި ޕީ.2 އަށެވެ. މީގެ ތެރެއިން ޕީ.1 އަކީ މިހާރު ފެތުރެމުންދާ ކޮވިޑްގެ ތެރެއިން އެންމެ ނުރައްކާތެރި ވައްތަރު ކަމަށް ބެލެވެއެވެ. އަދި މި ވައްތަރަށް ކޮވިޑް ވެކްސިން ޖަހައިގެން މާބޮޑު ރައްކާތެރިކަމެއް ނުލިބޭކަން މިހައިތަނަށް ހޯދި ހޯދުންތަކުން ވަނީ ހާމަ ވެފައެވެ.

ދެވަނަ މީހާ ފައްސިވެފައި ވަނީ ޕީ.2 އާއި ބީ.1.91 އަށެވެ. ބީ.1.91 އަކީ ފުރަތަމަ ސްވިޑެން އިން ފެނުނު ކޮވިޑްގެ ވައްތަރެކެވެ. ޕީ.1 އާއި ޕީ.2 ފެނިފައި ވަނީ ބްރެޒިލް އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޏަންތު

    ގެސްޓުން ރާއްޖެ ގެނެއްސަ ބަހައްޓާ މިހާރުން މިހާރައް ސުކޫލުތައް ބަންދު ކުރަންޖެހޭ

    23
    5
    • ބަންދު

      ޏަންތު މައްސަލަ އަކީ ސްކޫލްތައް ބަންދު ކޮއްފިއްޔާ ދެން ފެންނާނީ ދަރިން ފަތި ގޮވައިން ޕާރކު ތަކުން އެހެންވީމަ ދެން ކޮބާ ބޭނުމެއް

      3
      1
  2. ކިޔުންތެރިއެއް

    ސުކޫލުތަށް ބަންދެއްނުކުރާނު. އެޗްޕީއޭންނާ އެޑިއުކޭސަން މިނިސްޓްރީން އެބުނަނީނު ސުކޫލުތަކުންނެއް ނޫނޭ ކޮވިޑު ފެތުރެނީ. ރައްކާތެރިކަން އަނގާން ކަށަވަރުކޮށް ކިއެވުމަށް ބުރުނާރުވާ ވޭތޯބަލަންވާނީ ކިތަންމެ ބައިވަރު ޓީޗަރުންނާ ކުދިން ކަރަންޓީނު ވާންޖެހޭއިރުވެސް.