ކޮވިޑް-19 ގެ ސަބަބުން ޖަޕާނުގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެ ގައުމުގައި އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައި ވަނީ މާޗް މަހުގެ ހަތް ވަނަ ދުވަހަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވަނީ އެ ގައުމުގެ ވެރިރަށް ޓޯކިޔޯ އާއި އިތުރު ނުވަ ސަރަހައްދެއްގައެވެ. މި ސަރަހައްދުތަކަކީ ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުން އަންނަ ހިސާބުތައް ކަމަށް ބެލެވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ޖަޕާނުގައި އެންމެ ފުރަތަމަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވަނީ މިދިޔަ އޭޕްރިލް މަހުގެ ހަތް ވަނަ ދުވަހުއެވެ.

އެގައުމުގައި އިތުރު އެއް މަސް ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާއިރު، އެ ގައުމުންނާއި ދުނިޔޭގެ އެހެން ގައުމުތަކުން އަންނަނީ ބަލިން ރައްކާތެރިވުމަށް އެކި ގައުމުތަކަށް ވެކްސިން ފޯރުކޮށްދެމުންނެވެ.

މި ހާލަތުގައި އެގައުމުގެ ސަރުކާރުން ވަނީ އާންމުން އެއްވެ އުޅުމާއި، ގްރޫޕުތަކަށް ގޮސް ތަންތަނުގައި ކާން ތިބުން މަނާ ކޮށްފައެވެ. އަދި ރެސްޓޯރެންޓްތަކާއި ބާތައް ރޭގަނޑު އަށަކުން ބަންދު ކުރުމަށް ވަނީ އަންގައިފައެވެ.

އެ ގައުމުގެ މީގެ ކުރިން ގިނަ އަދަދެއްގެ ވޭދަނަތައް ފެނުނު ނަމަވެސް، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބައްޔަށް ފައްސިވާ މީހުންގެ އިންސައްތަ ވަނީ ދަށްވެފައެވެ. އެހެން ނަމަވެސް ކަމުގެ މާހިރުން ބުނެފައިވަނީ ހޮސްޕިޓަލްތައް ފުރި، ބާރު ބޮޑުވުމަށް ބަދަލެއް ނާންނާނެ ކަމަށެވެ.

ޖަޕާނުގައި މިހާތަނަށް 389،518 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، އެގައުމުން މި ބަލި ޖެހިގެން ރަނގަޅުވެފައިވަނީ 334،125 މީހެކެވެ. އަދި މި ބަލި ޖެހިގެން މިހާތަނަށް 5،722 މީހަކު ވަނީ އެގައުމުގައި މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު