އޮކްސްފޯޑުގެ އެސްޓްރާޒެނެކާއިން ތަރައްގީކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން 65 އަހަރުން މަތީގެ މީހުންގެ ގަޔަށް ނުޖަހަން ސްވިޑަން އިން ނިންމައިފިއެވެ.

ކޮވިޝީލްޑްއަކީ އޮކްސްފޯޑް އާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ވެކްސިންއަށް ކިޔާ އާއްމު ނަމެވެ.

އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނީ، އެ ގައުމުގައި 65 އަހަރުން މަތީގެ މީހުންނަށް އެސްޓްރާޒެނެކާގެ ވެކްސިން ދޭން އިރުޝާދު ނުދޭނެ ކަމަށެވެ.

އެ ގައުމުން މިގޮތަށް ނިންމާފައި ވަނީ ޖަރުމަނުންވެސް އެސްޓްރާޒެނެކާ ވެކްސިން އެ ގައުމުގައި އުޅޭ މީހުންނަށް ނުދޭން ނިންމާފައި ވަނިކޮށެވެ.

ސިއްހީ މަާހިރުން ހާމަކުރައްވަގޮތުގައި، 65 އަހަރުން މަތީގެ މީހުންނަށް މި ވެކްސިން މަސައްކަތް ކުރާ ކަމުގެ އެކަށީގެންވާ ހެއްކެއް ނުލިބެ އެވެ.

ސްވިޑަން އިން މިގޮތަށް ނިންމާފައިވާއިރު، ޕޮލޭންޑުންވެސް ވަނީ މި ވެކްސިން އެގައުމުގެ 60 އަހަރުން މަތީގެ މީހުންނަށް ބޭނުން ނުކުރުމަށް ނިންމާފައެވެ. އެގައުމުގައި މި ވެކްސިން ބޭނުން ކުރުމަށް ނިންމާފައިވަނީ 18 އަހަރާއި 60 އަހަރާއި ދެމެދުގެ މީހުންނަށެވެ.

"ކޮވިޝީލްޑް" އެންމެ ފުރަތަމަ ޖަހާފައިވަނީ އިނގިރޭސިވިލާތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އިބޫ

    މަ ވެސް ނުޖަހާނަން

    10
    1
  2. ތިންބާރު

    މިގައުމުގައި މާދަމާދޭން ފަށާނެ ކަމަށް އަޑުއެބައިވޭ.
    އިންޑިޔާއަށްޓަކައި އަހަރުމެން މިތިބީ މުސްކުޅި މައިންބަފައިންނާއި ފައްޓަރުބައިވެސް ނުރައްކަލަށް ހުށަހައޅައިގެން އެވެކްސިން އެމީހުންނަށް ޓެސްޓްކޮށްދޭގޮތަށް.

    27
    2
  3. ބާބޫ

    ސްވެޑެންއިން ވެކްސިން ސިޔާސީ ކުރަނީ

    20
    6
  4. ވަގެ ނުބައިކަން

    . ބަލަ އިންޑިއާ ވެކްސިނޭކިޔައިގެން "އިންޑިއާ އައުޓް އޭ" ގޮވާ މީހުންގެ ބޮލަށް ސަވާރުވެވޭތޯ ތިބަލަނީ. މީ އޮކްސްފޯޑުގެ ވެކްސިނެއް. ޕްރޮޑަކްސަން އިންޑިއާއިން ކުރިއަށްދަނީ މުޅިދުނިޔެއަށް އަވަހަށް ސަޕުލައި ކޮއްދިނުމުގެ ގާބިލުކަން އެމީހުން އަތުގަ އޮތީމަ. އައިފޯނު ޕްރޮޑަކްޝަން ކުރިއައްދަނީ ޗައިނާގަ. އެއަށް ޗައިނާ ފޯނެކޭ ކިޔަންވީނު.

    3
    3
  5. ސައްލޭ

    ރާއްޖޭގައި މިވެ ކުސިން ޖަހަނީ 70 އަހަރުން މަތީގެ މީހުންނަށް

    1
    2
  6. ގިތެޔޮ ގުޅި

    އެޖެންޑާ19 ގެ ތަފާތެއް ފެނޭބާ

    3
    1
  7. ރާނާ

    މިރާއްޖޭގަ އެގޮވަނީ 70 އަހަރުގެ މީހުންވެސް ޖަހަން ކިހިނެއްވާ ކަމެއް ޖަަރމަނުން ވެސް 65 އަހަރުން މަތީގެ މީހުނަށް މިވެ ކްސިން ނުޖަހަން ބުނެފަވާ ކަމަށް ވަނީ އިބޫ ކިހިނެއް ތިހަދަނީ

    4
    1
  8. އަލްޖިބްރާ

    މި ކޮރޯނާ ވައިރަސް އަށް ފުރިހަމަފަރުވާ ލިބޭ އެއްވެސް ވެކްސިނެއް އުފެއްދިފާ ނުވާކަމަށް ދުނިޔޭގެ ހުރިހާ ސައިންސް ވެރިންނާއި ޑޮޓަރުން އެދަނީ ބުނަމުން ! ދެން އޮޅުވާލައިގެން ކޮންމެހެން ތޯތޯ ވާހަކަ ދައްކާނެ ކަމެއް ނެތް ! ކޮންމެ މީހަކުވެސް އުޅެނީ "މަމޮޅު" ވާންވެގެން ! މިހެންއުޅެނިކޮށް ބޭލެނީ އަމިއްލަ ސޯޓު !

    1
    1
  9. Anonymous

    ހެހެ... އެގައުމުތަކުން މިހާރުވެސް ބޭނުންވެގެންއުޅެނީ ޕެންޝަން ދޭންޖެހޭ ދޮށީއުމުރުގެ މީހުން ގިނަވީމާ ސަލާމަތްވާނެގޮތެއް ނޭނގިގެން... މޮޅު ގޮތެއް ތީދެން...

    1
    1
  10. ސަނާ

    މަ ނުބުނަން ؟؟ ޜާކަނިމަސް ކެވިއްޖެއްނު، އިބޫ ތިޔަ ޖަހައިގެން އެނބުރޭބަލި ޖެހި މޮޔަ ނުވިއްޔާ ރަނގަޅު..
    ވިންކް، ވިންކް..

  11. ސަނާހް

    ކޮބާ ؟ އިންޑިއާ ވައި އެޅޭއެއްޗެއްވެސް ނުވާނެ ސަހަލު،

  12. ވެކުސިން ސިންގް

    އެކަކައްވެސް ތިދޭނެކަމެއްނެތް. އިންޑިޔާގެ ވެސް ގޮތެއް އޮތްމީހަކު ތިނުޖަހާނެކަމައްވަނީ...

  13. ފަރުމަސް

    ރާއްޖޭގަ މިއޮތީ އިނގިރޭސިންނާ އިންޑިއާމީހުން ސިޔާސީމީހުން ބޮލަށްވަދެ މާކެޓިން ޕުރޮޕެގެންޑާ ޓީވީތަކުންނާއި ނޫސްތަކުން ހިންގިހިންގީނުން ތިޔައެއްޗެއް ވިއްކަން އަންނައިރު ސުވާލެއް ކޮށްލިއަސް ޖަލަށްލާހިސާބަށް ގޮއްސަ.

  14. ކިނބޫ

    ފިތުނަ ފިތުނަ

  15. ބަކުރު

    ދެން އެހެންވިއްޔާ 65 އަހަރުން މަތީގެ މީހުންނަށް ދެނީ ކޮން ވެކްސިނެއްބާ! އެޔެއްވެސް އިގެން އެބަޖެހޭނު