މިހާރު އިންޑިޔާއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ދެ ކުދިންނާއި އަންހެނަކު މަރުވެއްޖެއެވެ.

މީގެ ތެރެއިން އަންހެން ކުއްޖަކާއި އަންހެނަކު މަރުވެފައިވަނީ މަގުމަތިން ހިގާފައިދަނިކޮށް މަގު މައްޗަށް ވެއްޓިފައި އޮތް ކަރަންޓް ނަރަކަށް އެރި ކަރަންޓް ޝޮކެއް ލިބުމުންނެވެ. އަދި އަނެއް ކުއްޖާ މަރުވެފައިވަނީ ރެއިލް ވޭ އެއްގައި ހުރި ބޯޑަކުން ކަރަންޓް ޝޮކެއް ޖެހުމުގެެ ސަބަބުންނެވެ. މަރުވެފައިވަނީ 10 އަހަރުގެ ދެ ކުދިންނާއި 32 އަހަރުގެ އަންހެނެކެވެ.

މިހާރު އިންޑިޔާގެ އެކި ހިސާބުތަކަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި އެކިވަރުގެ ގެއްލުންތައް ލިބެމުންދާއިރު އިންޑިޔާގެ މުންބާއީއަށް ދަތުރު ކުރުމަށްވެސްވަނީ ހުރަސް ތަކެއް އެޅިފައެވެ. މިގޮތުން ވާރޭ ވެހުމުގެ ސަބަބުން ބައެއް ފުލައިޓްތައްވެސްވަނީ ކެންސަލްވެފައެވެ.

މީގެ އިތުރުން މަގުތަކުގައި ފެންބޮޑުވެ ޓުރެފިކްގެ މައްސަލަތައްވަނީ ފެންމަތިވެފައެވެ. އަދި ކާރު ބާރު ބޮޑުވެ، އެކްސިޑެންޓްތައްވެސްދަނީ އާއްމުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު