ދުނިޔޭގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ބައެއް ގައުމުތަކުން މަރުވި މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެއެވެ.

އެގޮތުން އިނގިރޭސިވިލާތް، ސްޕެއިން އަދި އިޓަލީގައި ވަނީ ގިނަ އަދަދެއްގެ ބަޔަކު މި ބަލި ޖެހިގެން މަރުވެފައެވެ.

އިނގިރޭސިވިލާތަށް ބަލާއިރު، އިއްޔެ އެގައުމުން 333 މީހަކު ވަނީ މަރުވެފައެވެ. އަދި މިއަދުގެ މިހާތަނަށް 1,052 މީހަކު ވަނީ މަރުވެފައެވެ. މިއާއި އެކީ އެގައުމުން ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 113,850 އަށް އަރާފައެވެ.

ސްޕެއިން އިއްޔެ 303 މީހަކު މި ބަލި ޖެހިގެން މަރުވެފައިވާއިރު، ފާއިތުވި ގަޑިއިރު ތެރޭ އެގައުމުން އިތުރު 766 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެެވެ. މިއާއި އެކީ އެގައުމުން ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 63,061 އަށް އަރާފައެވެ.

އިޓަލީއަށް ބަލާއިރު، އެގައުމުން އިއްޔެ 307 މީހަކު ވަނީ މަރުވެފައެވެ. އަދި މިއަދުގެ މިހާތަނަށް 422 މީހަކު މަރުވެ ޖުމްލަ މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 92,002 އަށް އަރާފައެވެ.

މި ތިން ގައުމަކީ މިހާތަނަށް ބަލި ފެތުރިފައިވާ ގައުމުތަކުގެ ތެރެއިން ބަލީގެ އެންމެ ނުރައްކާ ބޮޑު ކަމަށް ބެލެވޭ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމުތަކެވެ. އެގޮތުން ކޮންމެ ދުވަހަކު މި ގައުމުތަކުން ފައްސިވާ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުން ކަމަށް ކޮވިޑް-19ގެ ތަފާސް ހިސާބުތައް ގެނެސްދޭ ގައުމީ އިދާރާއަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ދުނިޔޭގެ 219 ގައުމަކާއި ސަރަހައްދެއް ހިމެނޭހެން ކޮވިޑް-19 ވަނީ ފެތުރިފައެވެ. މި ބަލި ޖެހިގެން މިހާތަނަށް ދުނިޔެއިން 107,198,328 މީހަކު ވަނީ ރިޕޯޓް ކޮށްފައެވެ. އޭގެ ތެރެއިން 79,032,605 މީހަކު ރަނގަޅުވެފައިވާއިރު، 2,342,375 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    ފިނިގަދަވާ ވަރަކަށް ނުރައްކާ ބޮޑުވާނެ. މަރުވާ މީހުން ގިނަވާނެ. މީ ބޮޑު ކޯފާއެއް. ޔޫރަޕު މީހުން ރޭވީ އެފްރިކާ މީހުން މަރައި ހުސްކުރަން. ނަމަވެސް ގުދުރަތީ ގޮތުން ކަންކަން ހިނގަމުން މިދަނީ އެއާ އިދިކޮޅަށް. މިކަމާމެދު ވިސްނައި އިބްރަތް ހާސިލުކުރޭ. ކެނެރީގޭ މޮޔަސޮރު ދައްކާ ވާހަކައަށް ނުހެއްލޭތި އެކަކުވެސް. އެއީ ލާދީނީ މީހެއް.