ކޮވިޑް-19ގެ ސަބަބުން ފަތުރުވެރިކަމަށް ބޮޑެތި ގެއްލުން ވެފައިވާ އިންޑިއާގެ ފަތުރުވެރިކަން ރަނގަޅު މިސްރާބަކާއި ހަމައަށް ދާ ކަމަށް އެގައުމުން ހާމަ ކޮށްފިއެވެ.

"އަނި" ނޫހަށް މައުލޫމާތު ދެމުން އިންޑިއާގެ އަވަށެއް ކަމަށްވާ ޕަހަލްގަމް ކުރިއެރުވުމާއި ބެހޭ އިދާރާގެ އޮފިސަރު ޝާބިރް އަހުމަދު ބުނެފައިވަނީ އިސްލާމްއާބާދް ގެ އެކި ރިސޯޓުތަކަށް ފަތުރުވެރިން އަންނަ އިންސައްތަ ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށެވެ. އަނަންތަނަގް ސަރަހައްދުގައި އޮންނަ މި އަވަށަކީ ކޮވިޑް-19 ފެތުރެން ފެށިއިރު، ބަލީގެ އެންމެ އަސަރު ކޮށްފައިވާ އެއް އަވަށެވެ.

އަހުމަދު ބުނީ، އެސަރަހައްދަށް ސްނޯ ފޭބި ނޮވެމްބަރު މަހާއި ޑިސެމްބަރ މަހާއި އަޅާބަލާއިރު، މިހާރު ކަޝްމީރު ވެލޭއަށް އަންނަ ފަތުރުވެރިންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ.

އަދި ޕަހަލްގަމް އަށް ބަލާއިރު، ފާއިތުވި 10 ދުވަހު އެތަނަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ފަތުރުވެރިން އަންނަ އިންސަތަ މި މަހާއި ހަމައަށް ހިފެހެއްޓިއްޖެނަމަ، މިދިޔަ 3 އަހަރުގެ ރިކޯޑް މުގުރާލެވޭނެ. އަޅުގަނޑު ހީކުރަން މި ވެލޭއަށް ފަތުރުވެރިން އަންނާނެ ކަމަށް" އަހުމަދު ބުންޏެވެ.

އެ ސަރަހައްދުގެ މި ވެލޭއަކީ ގިނަ އަދަދެއްގެ ކުޑަކުދިންވެސް ހިތްހަމަ ޖައްސާލުމަށާއި ކުޅެން އަންނަ ތަނެއް ކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ފަތުރުވެރިންގެ އިތުރުން އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުންގެ ކުދިންވެސް އެތަނަށް އުފާ ކުރުމަށް ގޮސް އުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު