އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް އޭނާގެ އަމިއްލަ މީސް މީޑިއާ ސައިޓު ތަކެއް ހެދުމުގެ މަސައްކަތް ވަރަަށް ފޯރީގައި ކުރަން ފަށައިފިއެވެ.
ނިމިދިޔަ އެމެރިކާގެ ރިޔާސީ އިންތިހާބަަށް ފަހު ޖޯއީ ބައިޑެން އާއި ވާދަކޮށް ޑޮނާލްޑް ޓްރަމްޕަށް އިންތިހާބު ނާކާމިޔާބު ވުމުން ޓްރަމްޕް ވަނީ އޭނާގެ ސަޕޯޓަރުންނަށް ހަމަނުޖެހުން ހިންގުމަށް ގޮވާލައިފައެވެ. ޓްރަމްޕްގެ މީސް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް މިކަމަށް ގޮވާލުމުން އޭނާގެ ސަޕޯޓަރުން ވަނީ އެމެރިކާގެ ގާނޫނުހަދާ މަޖިލިސް ތެރެއަށް ގަދަ ބާރުން ވަދެ ހަމަ ނުޖެހުން އުފައްދާފައި ވާކަން ފާހަގަކޮށްލެވެ އެވެ.
މިކަމާ ގުޅިގެން ޔޫޓިއުބް އިން ޓްރަމްޕް ބޭން ކޮށް އޭނާގެ ވީޑިއޯތައް ވަނީ އާންމުންނަށް ނުފެންނަ ގޮތަށް ފޮހެލައިފައެވެ. އަދި ހަމަ އެއާއި އެކު ފޭސްބުކް، އިންސްޓަގްރަމް، ޓްވިޓާ އަދި ސްނެޕްޗެޓް ފަދަ ބޮޑެތި މީސް މީޑިއާ ޕްލެޓްފޯމް ތަކުން ޓްރަމްޕް ބޭން ކޮށްފައި ވަނިކޮށް، އޭނާ މިހާރު މިވަނީ އަމިއްލަ މިފަދަ ޕްލެޓްފޯމެއް ހެދުމަށް ކަމާ ބެހޭ ފަރާތްތަކާއި ވާހަކަ ދައްކަމުން ކަމަށް ޓްރަމްޕްގެ ސީނިއާ އެޑްވައިޒަރ ޖޭސަން މިލާ ވަނީ ބުނެފައެވެ.
ދާދި ފަހުން ޓީވީ އިންޓަވިއު އެއްގައި ޓްރަމްޕް ބުނެފައި ވަނީ އޭނާ ޓްވިޓާއިން ބޭން ކުރުމާއިއެކު އެތައް ހާސް ބަޔަކު ޓްވިޓާ ބޭނުން ކުރުންވެސް ހުއްޓާލާފައިވާ ކަމަށެވެ. އަދި މުސްތަގްބަލުގައި ޑޮނާލްޑް ޓްރަމްޕްގެ އަމިއްލަ މީސް މީޑިއާ ޕްލެޓްފޯމް އެއް ފެނުނަސް އެކަމާ ހައިރާން ނުވުމަށް އޭނާ ބުނެފައި ވެއެވެ.
ތީނަ ތިހެންގޮސް ވެރިކަންކުރާހިތުން އަމިއްލަދައުލަތެއްވެސްހަދާފާނެ !!