ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިންގެ ފުރަތަމަ ޑޯޒު ދެމުން އަންނަ ބައެއް މީހުންނަށް ހުން އައުމާއި ގައިގައި ރިއްސުމާއި ބޭރަށް ހިންގުމާއި ބޮލުގައި ރިއްސުން ފަދަ ކަންކަން ދިމާވެއެވެ.

ދެވަނަ ޑޯޒު ޖެހުމުން އެއްވެސް ކަހަލަ އަލާމާތްތަކެއް ފެންނާނެތޯ މިއަދު ގިނަ ބަޔަކު ސުވާލު ކުރެއެވެ.

އެފަދަ ފަރާތްތަކަށް އެމެރިކާގެ ސެންޓަސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ވަނީ ޖަވާބު ދީފައެވެ. ސީޑީސީއިން ވަނީ އެ ޖަވާބު ހޯދުމަށް މިހާތަނަށް ވެކްސިން ޖަހާފައިވާ ފަރާތްތަކަށް ދިމާވެފައިވާ ކަންތައްތަކަށް ބަލައި ގިނަ ތަފާސްހިސާބުތަކެއް ބަލައިފައެވެ.

އެގޮތުން އެ އިދާރާއިން ބުނެފައި ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ ފަރާތުން ވެކްސިން ޖެހި ތަން ހިރުވުން، ބޮލުގައި ރިއްސުމުގެ އިތުރުން ގައިގެ އެކި ހުޅުހުޅު އަދި މަސްގަނޑަށް ތަދުވާނެ ކަން ހާމަވެފައިވާ ކަމަށެވެ.

ހުމުގެ އަސަރު ފުރަތަމަ ޑޯޒުން ގިނަ ބަޔަކަށް ނުކުރިޔަސް ދެވަނަ ޑޯޒު ޖެހުމާ އެކީ ހުމުގެ އަސަރު ފުރަތަމަ ޑޯޒާއި އަޅާބަލާއިރު ހަތަރު ގުނަ ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. މީގެ އިތުރުން ފުރަތަމަ ޑޯޒާއި އެކީ ފެނުނު އަލާމާތްތައްވެސް އިތުރަށް ވަރުގަދަ ވެދާނެ ކަމަށް އެ އިދާރާ އިން ހާމަކުރިއެވެ.

މީގެ އިތުރުން އެ އިދާރާއިން ބުނެފައިވަނީ، އެފަދަ އަލާމާތްތައް ފެނުނަސް އޭގެއިން ބައެއް އަލާމާތްތަކަކީ އެއީ ވެކްސިން ހަށިގަނޑުގައި މަސައްކަތް ކުރާކަން ހާމަވާ އަލާމާތްތަކެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޑެސްޕޯ

    ނޯ ތޭންކްސް ޓު ސެކަންޑް ޑޯޒް.

    10
    3
  2. ސަން

    އެމެރިކާގައި ހުއްދަ ކޮށްފައިވާ ތިން ވެކްސިން އިން ކުރެ ކޮން ވެކްސިނެއްކަން ބުނެލިނަމަ ރަގަޅުވީސް. ރާއްޖޭގައި މިޖަހާ ވެކްސިން އަދި އެމެރިކާގައި ހުއްދައެއް ނުުކުރޭ އެހެންވީމާ ތި ހަބަރު ރާއްޖެ އަކާ ނުގުޅޭ.

    21
    2
  3. ވެކުސިން ޖެހި މީހާ

    ފައްސިވެއްޖެ މިއީ އަޅުގަނޑުގެ ތަޖުރިބާ

    10
    2
  4. ހަސަނު

    ތިދެން ކޮވިޑައް ވުރެވެސް ނުރައްކާ ތެރިވީއެއްނުން

    19
    1
  5. އަބްސީ

    ނަސީބެއްނު ދެވަނަ ޑޯޒް އިން ގެރިއަކަށް ބަދަލު ނުވާކަން

    19
    3
  6. އަމީރާ

    ތިޖެހިކަމުގެ އަލާމާތްތައް އިބޫ ސޯލިހު ކިބައިން އެބަފެނޭ! ތިޖެހި ފަހުން ބުއްދި ގަބޫލުކުރާ އެއްވެސް ވާހަކައެއް ނުދައްކާ!

    24
    3
  7. ޙހހހ

    އަޅުގަނޑު ކޮވިޑްޖެހިގެން ނާޅާހާ ވޭން ވެ ކްސިން ޖަހާގެން އަޅާއެބަ

    11
    2