ކޮވިޑް-19 އިން ދުނިޔެ ސަލާމަތް ކުރުމަށް ހުއްޓުމެއްނެތި ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނާއި، ސައިންސްވެރިން ގެންދަނީ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް ވަރަށް ގިނަ ވެކްސިންތަކެއް އުފެއްދި، ބޭނުންކުރަން ފެށި އަދި އޭގެ ނަތީޖާ ވެސް ދަނީ ފެންނަމުންނެވެ. ނަމަވެސް ވެކްސިނަކީ ކޮވިޑަށް އޮތް ސައްތައިން ސައްތައިގެ ފަރުވާއެއް ނޫނެވެ. އެހެންކަމުން އަދިވެސް ބަލިން ސަލާމަތްވުމަށް އިތުރު ގޮތްތައް ހޯދަން ޖެހެއެވެ.
މިމައްސައްކަތުގައި އިސްރާއީލާއި ކެނެޑާގެ ސައިންސްވެރިންތަކެއް މިވަނީ މިހާރު ވަރަށް ބޮޑު ކާމިޔާބެއް ހޯދާފައެވެ. ސައިންސްވެރިންގެ ޓީމުން އުފެއްދި ނޭފަތައް ޖަހާ ސްޕްރޭ އަކީ ކޮވިޑް ވައިރަސްގެ %99.9 ނައްތާލާ ސްޕްރޭއެކެވެ. މި ސްޕްރޭ ބޭނުން ކުރުމުގެ ވަގުތީ ހުއްދައެއް މިއަދު އިސްރާއީލްގެ ހެލްތު މިނިސްޓްރީން ވެސް ވަނީ ދީފައެވެ. އަދި ނިއުޒިލެންޑާއި އިނގިރޭސިވިލާތުން ވެސް މިހާރު ވަނީ މި ސްޕްރޭ ވިއްކުމުގެ ހުއްދަ ދީފައެވެ.
ސްޕްރޭ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ސައިންސްވެރިޔާ ކަމަށްވާ ޑރ.ގިލީ ރެގެވް މިއަދު މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ދުނިޔެއަށް ކުރިމަތިވެފައި މިވާ ކޮވިޑްގެ ބަލާއާފާތުން އަރައިގަތުމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.
"އަޅުގަނޑުމެން ޔަގީން ކުރަނީ މި ސްޕްރޭގެ ސަބަބުން އެތައް ގައުމެއްގެ އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރެވިގެން ދާނެކަމަށް. މިއީ ވެކްސިން ނުލިބޭ، ނުވަތަ ވެކްސިން ނުޖެހޭ ފަރާތްތަކުން ބަލިން ސަލާމަތް ވުމަށް ހޯދުނު ވަރަށް މުހިއްމު ހޯދުމެއް." ރެޖީވް ވިދާޅުވިއެވެ.
ރެޖީވް އަކީ ސްޕްރޭ އުފެއްދި ކުންފުނި ކަމަށްވާ ސަންއޯޓިޒައި މަސައްކަތް ކުރާ ބައޯކެމިސްޓެކެވެ. އޭނާ ވިދާޅުވީ މި ސްޕްރޭ އަކީ އެންމެންނަށް ވެސް ގަނެވޭ ވަރުގެ ހެޔޮ އަގެއްގައި ވިއްކާނެ ސްޕްރޭއެއް ކަމަށެވެ.
ސައިންސްވެރިން ބުނާ ގޮތުގައި މިއީ މިހާރު އަތުގައި އުނގުޅަން ބޭނުންކުރާ ސެނެޓައިޒާ ފަދަ ސްޕްރޭއެކެވެ. މި ސްޕްރޭ މިހާރު ވަނީ ކޮވިޑްގެ އާވޭރިންޓްތަކަށް ވެސް ޓެސްޓްކޮށްފައެވެ. އެޓެސްޓްތަކުން ވަނީ ވަރަށް ރަނގަޅު ނަތީޖާތަކެއް ވެސް ފެނިފައެވެ.
މި ސްޕްރޭ އުފެއްދި ކުންފުނިން މިހާރު މަސައްކަތް ކުރަމުން ގެންދަނީ މީގެ ބައި މިލިއަން ފުޅި މެއި މަހާއި ހަމައަށް ބާޒާރަށް ނެރޭށެވެ.
އަ ހަރެމެންބޭނުންކުރާނީ އިންޑިއާގެއުފެއްދުމެއްކަމަށްވާ "ފޮގް" ސްޕްރޭ އަ ހަރެމެންނަށް ހިލޭވެސްލިބިދާނެ
އެންޑް ބޮޕް ސްޕްރޭ
ބޮޑު ފައިދާނަގާ ވިޔަފާރިއަކަށް ވެއޖެ!
ތިޔަވެސް ރާއްޖެއާ ހިސާބައް އަންނައިރު ފުޅޮއެއް މަދުވެގެން 1000 އަރާނެ.