އިންޑިއާގެ މެދުތެރޭގައި އޮންނަ ޗަޓިސްގަރާ ނަމަކަށް ކިޔާ ސްޓޭޓްގައި މާއޮސްޓް ހަނގުރާމަވެރިންނާއި އިންޑިއާ ސިފައިންގެ ދެމެދުގައި ހިނގި ކުރިމަތިލުމެއްގައި މަދުވެގެން އިންޑިއާގެ 22 ސިފައިން މަރުވެ އިތުރު 30 ސިފައިން ޒަހަމްވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މާއޮސްޓުންނަކީ ވެސްޓް ބަންގާލްގައި 1967 ވަނަ އަހަރު އުފެދުނު ހަރުކަށި ފިކުރުގެ ޖަމާޢަތެވެ. އެޖަމާއަތަކީ ނިރުބުވެރި ޖަމާއަތެއް ކަމަށް 2009 ވަނަ އަހަރު އިންޑިއާ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. މާއޮސްޓުންގެ ހަނގުރާމަވެރިންނާއި އިންޑިއާ ސިފައިންނާއި ދެމެދު ދޭތެރެ ދޭތެރެއިން ހަމަލާތައް ބަދަލު ކުރެއެވެ. ނަމަވެސް މިއީ ފާއިތުވި ހަތަރު އަހަރު ތެރޭގައި މާއޮސްޓުންގެ ހަމަލާއެއްގައި އިންޑިއާގެ މިހައި ގިނަ އަދަދެއްގެ ސިފައިން މަރުވި ފުރަތަމަ ފަހަރެވެ.

އިންޑިއާގެ ނޫސްތަކުން ބުނީ އިންޑިއާގެ ސެންޓްރަލް ރިޒާވް ފޯސް އާއި ޑިސްޓްރިކްޓް ރިޒާވް ގާޑުން އަދި ސްޕެޝަލް ފޯސްގެ ސިފައިން ހޮނިހިރު ދުވަހު ހިނގި ހާއްސަ އޮޕަރޭޝަނެއްގައި ހަނގުރާމަވެރިންގެ އަމާޒުތަކަށް ހަމަލާތައް ދިނުމުން ރައްދު ހަމަލާތައް އަމާޒުވި ކަމަށެވެ.

މިއޮޕަރޭޝަން ފެށީ ހަނގުރާމަވެރިންގެ ވަރަށް ގިނަ ބަޔަކު އެއްތަނަކަށް އެއްވެ، ހަމަލާއެއް ދިނުމަށް ތައްޔާރުވަމުންދާ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިގެން ކަމަށް އިންޑިއާ އިން ބުނެއެވެ. އިންޑިއާ ސިފައިންގެ ހަމަލާތަކުގެ ސަބަބުން މިވަގުތައް ހަނގުރާމަވެރިން ބައިބައިކޮށް ބަލިކަށި ކޮށްލެވިފައިވާ ކަމަށް ވެސް އިންޑިއާގެ އަސްކަރިއްޔާ އިން ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ހަމަލާތައް ބަދަލު ކުރުން ހަތަރު ވަރަކަށް ގަޑިއިރަށް ދިގުދެމިގެން ދިޔައެވެ.

މާއޮސްޓުންގެ ހަމަލާތަކުގެ ސަބަބުން 2000 ވަނަ އަހަރުން ފެށިގެން މިހާތަނަށް މަރުވި މީހުންގެ އަދަދު 10000 އަށް ވުރެ ގިނަ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މާއޮސްޓުން އިންޑިއާ ސަރުކާރާއި ދެކޮޅަށް ހަތިޔާރު ނަގައި ހަމަލާތައް ބަދަލު ކުރަން ފެށިތާ މިހާރު 40 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ......

    މަބުނީ އިންޑިޔާ ގެ ކާފަރު ސަރުކާރާ ދެކޮޅަށްތެދުވާ މުސްލިމުންވެސް ވަނީ ހަމަ ހަރުކަށި ފިކުރުގެ މީހުންނަށް ކަމަށްވަންޏާ ކާފަރުންނާ ދެކޮޅަށް ހަނގުރާމަ ކުރާ ހަރުކަށި ނޫން މުސްލިމުން ތިބެދާނެބާ...ބައެއް ޝޭހުން ތިބޭނެދޯ މިގޮތަށްވެސް ފަތުވާނެރޭނެ...ކީއްކުރާނީ ފަހުޒަމާނުގެ އަލާމާތަތައް މިހުރީ....

    30
    5
  2. Anonymous

    އިންޑީޔާގެ ސަބަބުން ރައްޖެއަވެސް މިވަނީ ނުރައްކަލާ ކުރިމަތިލާ ހިސާބުގަ.

    40
    2
  3. Anonymous

    އިންޑިޔާ ސިފައިން ރާޢޖެއިން ބޭރުކުރޭ. އިންޑިޔާ އައުޓް

    23
  4. ރާކަނި

    ވަގުތު، ޗެނަލް 13 ނޫނީ އިންޑިޔާ އެމްބަސީއަށް ނުވިކޭ ނޫހެއް ޓީ ވީ އެއް ނެތް. އިންޑިޔާ ޕްރޮމޯޓް ކުރުމުގައި ރާއްޖެ ޓީވީ ގެ ޕްރެޒެންޓަރުން އުޅޭވަރާއި އިންޑިޔާދެކެ ވާލޯ ބި މިދެން ހީވަނީ ބައިން ބަފައިންނަށްވުރެސް މާމަތީގައި އުޅޭހެން. އަމިއްލަ ޤަވްމާއި ދީނަކީވެސް މިވެރިންނަށް މާކަ ބޮޑުއެއްޗެއް ނޫން.

    1
    1
  5. ހިއުމަންޕަޕެޓް

    ހިންދޫ އެކްސްޓުރީމިސްޓުން ވީމަ އޯކޭ، ކުށެއްނެތް އެތަށް މިލިއަން މީހުން މަރާ، މުސްލިމުން ގެ ގެދުރު ނަގާ، އަންހެނުން ރޭޕްކޮށް، ވިޔަފާރިތަށް ލޫޓުވާ އިންސާނީ ކަރާމާތް ނަގަމުން ދާއިރުވެސް އިންޑިޔާ އިންޑިޔާ އިންޑިޔާ!! އޮޅާބަލަ ޓެރޮރިސްޓް އިންޑިއަރ ރޯވް އެޖެންޓުން ރާއްޖެއިން ބޭރުކުރޭ. އިންޑިޔާ އައުޓް

  6. ރަމްޒީ

    ހަރުކަށި ހައްދު ފަހަނަ އަަޅާ ފައިވާ މާއޮސްޓް ހަނގުރާމަވެރިންނާއި އިންޑިއާ ސިފައިންގެ ދެމެދުގައި ހިނގި ކުރިމަތިލުމެއްގައި މަދުވެގެން އިންޑިއާގެ 22 ސިފައިން މަރުވެ އިތުރު 30 ސިފައިން ޒަހަމްވެއްޖެ މިހެން ނުލިޔުނީ ކީއްވެ؟
    ކޮންދީނެއް ކަމެއް ބަލާކަށް ނުޖެހޭ މިފަދަ ލާއިންސާނީ އަމަަލު ހިންގާނީ އަބަދުވެސް ހަރުކަޑި ހައްދު ފަހަނަ އަޅާފައިވާ މީހުން
    ލިޔުންތެރިޔާ މަރިޔަމް ޝާާނީ ހަބަރު ގެނެސް ދޭއިރު މިކަމަށް ވިސްނަން އިލްތިމާސް ކުރަން