އެމެރިކާގެ ކެލެފޯނިއާ އާއި ފްލޮރިޑާގައި އަލިފާނުގެ ބޮޑު ހާދިސާތަކެއް ހިނގައިދިޔަތާ ގިނަ ދުވަސްތަކެއް ނުވަނީސް، އެޤައުމުގެ ސްޓޭޓެއް ކަމަށްވާ ކޮލޮރާޑޯގެ ޖަންގައްޔެއްގައި ރޯވެ ޢާންމުންނަށް ނުރައްކަލާއި ކުރިމަތިވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ރޯވި މި އަލިފާންގަނޑު ކޮންޓްރޯލްނުވެ އިތުރަށް ފެތުރެމުންދާއިރު، ޖަންގަލި ހިމެނޭ ސަރަޙައްދުގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ބަޔަކަށް ނުރައްކަލާއި ކުރިމަތިވެ ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ވަނީ މަޖުބޫރުވެފައެވެ.

މި ހާދިސާގައި މިހާތަނަށް 8691 އޭކަރުގެ ސަރަޙައްދެއް އަނދައި ހުލިވެފައިވާއިރު، އެ ސަރަޙައްދުގައި ހުރި 220 ގެއަކުން މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. މިއިން ބައެއް ގެތަކާއި ހަމައަށް އަލިފާންގަނޑު ފޯރައި އެގެތައް އަނދާފައިވާކަމަށްވެސް ނޫސްތަކުން ބުނެއެވެ.

މި އަލިފާންގަނޑު ކޮންޓްރޯލްނުވެ އިތުރަށް ފެތުރި ގިނަ ބަޔަކަށް އަލިފާނުގެ އަސަރު ކޮށްފާނެކަމަށް ބެލެވިފައިވާއިރު، ކޮލޮރާޑޯގެ އިދާރާތަކުން ބުނެފައިވަނީ އެ ސަރަޙައްދަށް ޖެހެމުންދާ ގަދަ ވައިިގެ ސަބަބުން، ރޯވެފައިވާ އަލިފާންގަނޑު ހަލުވިކަމާއި އެކު ފެތުރެމުންދާކަމަށެވެ. މި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ގިނަ ޢަދަދެއްގެ ފަޔަރ ފައިޓަރުން ހުއްޓުމެއް ނެތި މަސައްކަތްކުރަމުންދިޔަ ނަމަވެސް އަދިވެސް އެ މަސައްކަތަށް އެއްވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި އެމެރިކާގައި ހިނގާ މިފަދަ އަލިފާނުގެ ހާދިސާތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މިދިޔަ އަހަރުން ފެށިގެން މިހާތަނަށް އެމެރިކާގެ އެކި ސަރަޙައްދުން ދިހަ މިލިއަން އޭކަރުގެ ސަރަޙައްދެއްގައި ވަނީ ރޯވެ އަނދާފައެވެ. މި ހާދިސާތަކުގައި އެތައް ހާސް ބައެއްގެ ގެދޮރު އަނދައި އަޅިއަށް ވެގެންދިޔައިރު، ގިނަ ޢަދަދެއްގެ ބަޔަކު ވަނީ އަލިފާން ރޯވެ ހިނގި ހާދިސާތަކުގައި މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ރަށްދު

  އާމީން

 2. ާަސިނެކް

  ފަލަސްތީން ގަ މީހުންމަރަނީ ޔަހޫދީން ގެއަންދާ ހުޅުޖަހަނީވެސް ޔަހޫދީން ؟

 3. ޢަސްލުމީހާ

  ދުނިޔޭގެ އެކިކަންކޮޅުގަ މުސްލިމުން ޝަހީދު ކުރަމުންދާ ކާފިރުންނަށް ﷲގެ ކޯފާޔާ ކުރިމަތިލާންޖެހޭނެ! ޔާﷲ އެމެރިކާގަ ތިބި މުސްލިމް އަޙުންނާ އުޚްތުން ސާލާމައިކޮއް ދެއްވާށި! ޢާމީން

  • މީ

   امين

 4. ދުޢާ ކޮށްދީ

  ޔާﷲ އެމެރިކާއަށް ގެއްލުމާއި ހަލާކު މެދުވެރި ކުރައްވައި މުސްލިމުންގެ ބިންތައް ރައްކާތެރި ކޮށް ދެއްވާންދޭވެ!

  • ހޯޖާ މިކުރަނީ

   އާމީން ޔާރައްބަލްޢާލަމީން

 5. ހެހެހ

  މިރޭގެ ދަމުނަމާދުގައި ކުރި ދުޢާތައް އިޖާބަވަނީ! الحَمْدُ للهِ‎

 6. ވަތުތަށި

  ޔާﷲ އެމެރިކާގައި ތިބި މުސްލިމުން ރައްކާތުރިކުރައްވާ ދޭވެ އަދި ޔަހޫދީން ނެތިކުރައްވާ ދޭވެ އާމީން

 7. ފުވައްމުލައް

  ނިކަމެތި ފަލަސްތީނު މުސްލިމުނަށް އެމެރިކާއަށް ޙަމަލަދެވޭނެ ކުޅަދާނަކަން ލިބިފައިނެތަސް ކާއިނާތުގެ ވެރި ﷲ ސުބުޙާނަހޫ އަތަޢާލާ ކުޅަދުންވަންތައެވެ.

  • މައުސް

   އާމީން

 8. ކޮރަކަލި

  މުޅިއެރިކާ އަދާހުލި ކުރައްވާ ފާދޭ އާމީން

 9. މަ

  އެމެރިކާގައި ތިބި މުސްޅިމުންނަށް ރަށްކާތެރި ކަން ދެށްވާންދޭވެ.. އާމީން