ޖަޕާނުން ފުކްޝިމާ ރޭޑިއޯއެކްޓިވް ފެން ނައްތާލާނެ ވަކި ގޮތެއް ނިންމިފައި ނުވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޖަޕާނުން މިހާރު މަސައްކަތް ކުރަނީ ފުކުޝިމާރު ރޭޑިއޯއެކްޓިވް ފެން ޕެސިފިކް އޯޝަންއަށް ގެންބޭނެ ގޮތެއް ހޯދޭތޯއެވެ.

ޖަޕާނަށް 2011 ވަނަ އަހަރު 9.0 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސް ފުކްޝިމާރު ނިއުކްލިއާ ޕަވާޕްލާންޓަށް ބޮޑަތި ގެއްލުންތަކެއް ލިބުނެވެ. އެގޮތުން ފިނި ކުރާ ނިޒާމް ފެއިލްވެ ރޭޑިއޯ އެކްޓިވް ބޭރުވިއެވެ.

އެގައުމުގެ ބޮޑުވަޒީރު ޔޮޝިޑާ ސުގާ މިހާރު މަސައްކަތް ކުރައްވަނީ ޕެސިފިކް އޯޝަނަށް ފުކުޝިމާރުގެ ރޭޑިއޯއެކްޓިވް ފެން ޕެސިފިކް އޯޝަންއަށް ގަންބާށެވެ. ނަމަވެސް، ނިއުކްލިއާ ފެން ކަނޑު ތެރެއަށް ފެތުރިގެންދާ ގޮތަށް، ގިނަ ދުވަހުން ހަލާކުވެގެން ދާގޮތަށް ކަނޑަށް ގެންބުމަކީ މަސްވެރިންނާއި ތިމަާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ މީހުން އެއްބަސްވާ ކަމެއް ނޫނެވެ.

ބޮޑުވަޒީރު ވަނީ މިކަމާ އެއްބަސް ނުވާ ގުރޫޕުތަކާ ބައްދަލު ކޮށްފައެވެ. މިކަމަށް ވަކި ގޮތެއް ކަނޑަ އަޅާނެ ކަމަށް ބުނެފައިވަނީ މާދަމާއެވެ.

ގިނަ ސައިންސްވެރިން އިއްތިފާގުވެ ލަފާ އަރުވާފައިވަނީ ނިއުކްލިއާ ފެން ނައްތާލުމުގެ ގޮތުން ކަނޑަށް ގެންބުމަށެވެ. އެއީ އިންސާނުންނަށާއި ޖަނަވާރުންނަށް ރައްކާތެރި ގޮތަކީ ކަނޑަށް ގެންބުން ކަމަށް އިންޓްނޭޝަނަލް އެޓޮމިކް އެޖެންސީއިން ބުނެފައިވެއެވެ.

ޖަޕާނުގައި މިހާރު ނިއުކްލިއާ ބާރު ދަށް ކޮށްފައި ފެން ހުރި އަދަދަށް ބަލާއިރު ރައްކާތެރި ކަމުގެ ހުރިހާ ފިޔަވަަޅަކާއި އެކު ފެން ނައްތާލުމަށް 30 އަހަރު ހޭދަވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގައުމުން ބުނެފައިވަނީ ނައްތާލަން ޖެހިފައިވާ ނިއުކްލިއާ ފެން ހުރި ވަރު އެއްމިލިއަން ޓަނަށް ވުރެ އިތުރު ކަމަށެވެ.