އިރާނަށް ކޮވިޑް-19 ހަތަރުވަނަ ރާޅު އަރައި އެގައުމުން ގިނަ ބަޔަކު ކޮވިޑަށް ފައްސި ވަމުން ދާތީ 10 ދުވަހުގެ މުއްދަތަކަށް ފުރަަބަންދު ކޮށްފިއެވެ.

ވައިރަހުން ސަލާމަތް ވުމަށް އެޅި ރައްކާތެރިކަމުގެ ފިޔަވަޅުގެ ތެރެއިން ގިނަ ފިހާރަތަކަކާއި، ސުކޫލު ތަކާއި، ކުޅިވަރު ކުޅޭ މަރުކަޒުތަށް ބަންދު ކުރެވިފައިވާ ކަމަށާއި، ގިނަ މިހުން އެއްވެ އުޅުން ހަރުކަށިކޮށް މަނާކޮށްފައި ވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެގައުމުގެ ސިއްހީ ދާއިރާގެ ތަރުޖަމާނު ބުނެފައިވަނީ މި ފުރަބަންދުގެ އަސަރު އެގައުމުގެ 23 ސްޓޭޓަކަށް ކުރާނެ ކަމަށެވެ.

އިރާންގައި ކޮވިޑަށް ފައްސި ވެފައިވާ މީހުންގެ އަދަދު ދެ މިލިއަނަށް ވުރެ އިތުރު ވެފައިވާއިރު، ދުވާލެއްގެ މައްޗަށް ފައްސިވާ މީހުންގެ އަދަދު ވަނީ 20،000 އަށް އަރާފައި ކަމަށް ސިއްހީ ދާއިރާއިން ބުނެފައިވެއެވެ.

އެ ގައުމުގެ ހެލްތް މިނިސްޓްރީއިން ބުނެފައިވަނީ އިއްޔެ އެގައުމުން 19،600 މީހުން ކޮވިޑަށް ފައްސި ވެފައިވާއިރު، 193 މީހުން ކޮވިޑުގައި މަރުވެފައިވާ ކަމަށެވެ. އެގައުމުން މިހާތަނަށް ކޮވިޑުގައި މަރުވެފައިވާ މީހުންގެ ޖުމުލަ އަދަދަކީ 64،2332 މީހުންނެވެ.

އިރާންގެ ރައީސް ޓީވީ އިންޓަވިއު އެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެގައުމުގައި ކޮވިޑް ވޭދަނަތައް އިތުރުވުމަށް މެދުވެރިވި ސަބަބަކީ ދަތުރުތައް ކުރުމާއި، ކައިވެނި ހަފްލާތައް ބޭއްވުމާއި ގިނަ ބަޔަކު އެއްވެ އުޅުން ގިނަވުމުން ކަމަށެވެ.

އިރާންގައި 83 މިލިއަންގެ އާބާދީއެއް އޮންނަ އިރު އޭގެ ތެރެއިން ވެކްސިން ޖަހާފައިވަނީ 124،193 މީހުންނަށެވެ. އެގައުމުގައި ވެކްސިން ދެމުން ދާވަރު ލަސްކަން ގިނަ ބަޔަކު ފާހަގަ ކޮށްފައިވެއެވެ. ރިޕޯޓުތައް ބުނާގޮތުން އެގައުމުން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެއް ނުވެއެވެ.