އަފްޣާނިސްތާނާއި ތާލިބާން ޖަމާއަތާ ދެމެދު އެކުވެރިކަން ގާއިމުކުރުމަށް އެމެރިކާ އިން ހުށަހެޅި ހުށަހެޅުން ތާލިބާނުން ބަލައިނުގަތް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ތާލިބާނުން ނިންމި ނިންމުން ވަނީ ތާލިބާން ވޮއިސް އޮފް ޖިހާދް ޖާނަލްގައި ޝާއިއުކޮށްފައެވެ.

ތާލިބާނުން އެމެރިކާގެ ހުށަހެޅުމާ ދެކޮޅަށް ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެން ކުރިން ދީފައިވާ ތާރީހަށް އަސްކަރީ ފައުޖުތައް އެ ސަރަހައްދު ދޫކޮށް ނުގޮސްފިނަމަ ހަމަލާތައް ފެށޭނެ ކަމުގެ އިންޒާރު ދީފައެވެ.

ތާލިބާނުން ބުނެފައިވަނީ އިތުރު ހަ މަސް ދުވަހު އެމެރިކާ ސިފައިން ތިބުމަށްވާ އެއްބަސްވުމަކީ ކަމެއް ނޫން ކަމަށެވެ. އޭގެ އިތުރުން ތާލިބާނުން ބުނެފައިވަނީ އަފްޣާނިސްތާނުގައި ކަމާބެހޭ ފަރާތްތަކާ ދެކޮޅަށް އަސްކަރިއްޔާ އިން ނުކުމެ އުޅޭތާ އަހަރުތަކެއްވެއްޖެ ކަމަށް ބުނެފައެވެ. އެހެން ކަމުން އެއްބައިވަންތަ ގުޅުމަކަށް ދެވޭ ވަރަށް ވުރެ އެ ގައުމުގެ ސިޔާސީ މަސްްރަހު ގޯސްވެފައިވާ ކަމަށް ބުނެފައިވެއެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން އެމެރިކާގައި ޑޮނާލްޑް ޓްރަމްޕުގެ ވެރިކަމުގައި އަފްޣާނިސްތާނު ދޫކޮށް އެމެރިކާ އާއި ނޯޓޭގެ އަސްކަރީން މޭ މަހުގެ އެއްވަނަ ދުވަހު ދާނެ ކަމަށް ވަނީ އެއްބަސްވުމެއް ހަދައިފައެވެ. ތާލިބާނާއި އެމެރިކާއާ ދެމެދު ދޯހާ އެގްރިމެންޓުގައި 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު ސޮއި ކޮށްފައިވަނީ 18 އަހަރު ވަންދެން އަފްޣާނިސްތާނާއި އޮތް ގުޅުން އުވާލުމަށެވެ. އެ އެގްރިމެންޓުގައި ހިމަނާފައިވަނީ އަފްޣާނިސްތާނަށް ޓެރަރިޒަމްގެ ހަމަލާއެއްް ލިބުނަސް އެމެރިކާގެ އަސްކަރިއްޔާ އިން އެއްވެސް އެހީތެރިކަމެއް ނުދޭ ގޮތަށެވެ. މިހާރު އެމެރިކާގެ ރައީސް ޖޯ ބައިޑެން ބޭނުންފުޅު ވެލައްވަނީ މެއި އެއްވަނަ ދުވަހު ހަމަވާ ގޮތަށް ވެފައިވާ އެއްބަސްވުން ނޮވެމްބަރާއި ހިސާބަށް ބޭއްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. .....

    އެމެރިކާ ބޭނުންހާގޮތެއް ހަދާކަށް ނުޖެހޭނެ...އެމެރިކާއަކަށް އެގައުމުގެ ރައްޔިތުންނަށް ހޯދާ ދެވޭނެ އެއްވެސް އެއްޗެއް ނޯންނާނެ...އަދި އެމެރިކާއިން ޖެހޭނީ ސައިޒަށްތިރިވެ ފައިބާގެން ދަން...އިންޝާﷲ

    9
    2