އިންޑިޔާއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ޕާކިސްތާނުން ދަރުމަވެރިންނާއި އެމްބިއުލާންސްގެ އެހީތެރިކަން ދޭން ނިންމައިފި އެވެ.

ޕާކިސްތާނުގެ އެދި ފައުންޑޭޝަނުން އިންޑިޔާއަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ދަރުމަވެރިންނާއި 50 އެމްބިއުލާންސް ދިނުމަށް ނިންމައިފި އެވެ.

އެދި ފައުންޑޭޝަނުން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ މިހާރު އިންޑިޔާއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެހީތެރިވުމަށް އެ ފައުންޑޭޝަނުން އެހީތެރިވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން 50 އެމްބިއުލާންސް އާއި އެހީތެރިވުމަށް ދަރުމަވެރިން ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.

އެދި ފައުންޑޭޝަނުން ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ ފައުންޑޭޝަނުން އެއްވެސް ބަދަލެއް ބޭނުން ނުވާކަމަށާއި އެހީތެރިވުމަށް ފޮނުވާ ދަރުމަވެރިންނަށް ކެއުމުގެ ކަންކަން، ބޭނުންވާ ހުރިހާ ކަންކަމެއްވެސް ހަމަޖައްސާނީ އެ ފައުންޑޭޝަނުން ކަމަށެވެ.

ޕާކިސްތާނުގެ ފައުންޑޭޝަނުން ފޮނުވި ސިޓީގެ ޖަވާބެއް އަދި އިންޑިޔާ ސަރުކާރުން ދީފައިނުވާއިރު މީސްމީޑިޔާގައި އަންނަނީ އިންޑިޔާނީޑްސްއޮކްސިޖަން، މި ހޭޝްޓެގް ދައުރުވާން ފަށާފައެ އެވެ. އެންމެ ބޮޑަށް މި ހޭޝްޓެގް ދައުރުވަނީ އިންޑިޔާ އާއި ޕާކިސްތާނުގައި އެވެ.

ކޮވިޑް-19 ގެ ކޭސްތައް އިންޑިޔާގައި އިތުރުގެ ބަލިވާ މީހުންނާއި މަރުވާމީހުންގެ ޢަދަދު އިތުރުވެފައިވާއިރު މިހާރު އިންޑިޔާގައި އެންމެ ބޮޑުވެފައިވާ އެއް މައްސަލަ އަކީ ވެންޓިލޭޓަރުގައި ތިބި ފަރާތްތަކަށް ބޭނުންވާ އޮކްސިޖަން ފޯރުކޮށްނުދެވޭ މައްސަލަ އެވެ.

އޮކްސިޖަން ނުލިބުމުގެ މައްސަލައިގައި ހައްލެއް ހޯދަން އިންޑިޔާގައި ކޯޓަށްވެސް އެ މައްސަލަ ވަނީ ވައްދައިފަ އެވެ. އޮކްސިޖަން ނުލިބި މިހާރު އިންޑިޔާގައި އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ރެފްރީ

  ތިޔަޖަމްއިއްޔާއަށް ކާމިޔާބީއަށްއެދެން.
  އިންޑިޔާއިން ކާންދީ ފެންބޯންދީބަލަ ހައްޓާ ދިވެ ހިސަރުކާރުންމިތިބީ ދެލޭމަރާލައިގެން އަޑުއިވޭކަމަށްވެސްނަ ހަދާ.. މިއީވަރަށްދެރަކަމެއް

  12
  1
 2. ޙަސަނާ

  ދިވެހިންގެ ހާލުވެސް މިއޮއްދަނީ އަތްނުފޯރާފަށައް އަރަމުން ނަސީދު ބޭނުންވަނީ އަދިވެސް ތިހާލުގަވެސްމިގައުމައް އިންޑިއާގެ އެހީ ހޯދަން މީނަގެ ސިޔާސީ ޖަގަޑާގަ މި ކުދަގައުމު ޗައިނާ އާއި އިންޑިއާ ދެމެދު ދެބޯގެރިދުއްވާ ފިތުނަކުރުވަނީ މީ ކިހާދެރަވަރުކަމެއް މީނަގެ މުސީބާމުސީބާތުން ދިވެހިންސަލާމަތްކުރައްވާށި..