އިންޑިއާގައި ކޮވިޑް-19 ގެ ނުރައްކާތެރިކަން ބޮޑުވެފައިވާތީ އެ ގައުމަށް ވެކްސިން ފޯރުކޮށްދިނުމަށް އެމެރިކާ އިން ނިންމައިފިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ އިންޑިއާގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި އެގައުމަށް ވެކްސިން ދެއްވަން ގަސްދު ކުރައްވާ ކަމަށެެވެ. ނަމަވެސް، ވެކްސިން ފޯރު ކޮށްދެއްވާނީ ކޮން ދުވަހަކުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ބައިޑެން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފޯނުން ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގައި ކޮވިޑްގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ. ފޯން ކޯލްގައި ބައިޑެން ވަނީ ވެކްސިން ފޮނުވޭނެ ގޮތެއް މެދުވެރިވުމުން އެކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ވެކްސިންގެ އިތުރުން އިންޖެކްޝަނާއި، ވެކްސިން ހަދަން ބޭނުންވާ މެޝިނު އެކުލެވޭ ގޮތަށް އެމެރިކާއިން އިންޑިއާއަށް އެހީތެރިކަން ފޯރު ކޮށްދެއްވާނެ ކަމަށް ބައިޑެން ވިދާޅުވިއެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ގެ އާން ބަސް ލިބޭ އިރަށް އެމެރިކާއިން އެހެން ގައުމުތަކަށް 60 މިލިއަން ޑޯޒް ކޮވިޝީލްޑް ވެކްސިން ބަހާލަން ވަނީ ނިންމާފައެވެ. ކޮވިޝީލްޑް ވެކްސިނަކީ އެމެރިކާގައި ބޭނުން ކުރަން ހުއްދަ ދެވިފައިވާ ވެކްސިނެއް ނޫނެވެ. ނަމަވެސް، ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮވިޝީލްޑް ވެކްސިން ދަނީ ބޭނުން ކުރަމުންނެވެ.

އިންޑިއާގައި ކޮވިޑް ހާލަތު ކޮންޓްރޯލް ނުވެ ދުވާލަކު ތިން ލައްކަ އަށް ވުރެ ގިނަ މީހުން އެގައުމުން ކޮވިޑަށް ފައްސިވެއެވެ. ފަރުވާ ދެވޭނެ ވަސީލަތްތަކާއި ހޮސްޕިޓަލުގައި ޖާގައިގެ ދަތިކަމާއި އެނދުގެ ދަތިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

އިންޑިއާއަށް ދިމާވެފައިމިވާ ދަތި އުނދަގޫ އަދި އެހާމެ ނުރައްކާ ހާލަތުގައި ގިނަ ގައުމުތަކަކުން ދަނީ އެހީތެރިކަން ފޯރު ކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. Anonymous

  އިންޑިޔާއިން ދިވެހިރާއްޖޭއަށް ވެކްސިން ދިނީ

 2. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

  (1) މީގެން ވެސް މިއިނގެނީ ފައިޒާ ވެކްސިން ލިބެން އެބަހުރިކަން ! އިބޫ ގެ ސަރުކާރުން ރާއްޖޭ ގެ ރައްޔިތުންނަށް މިޖަހާ ވެކްސިން އަކީ ވެންޓިލޭޓަރ މައްސަލާ ހިނގިގޮތަށް، ހިންގާ "ބޮޑު ގޭސް ގަނޑެއް" ކަން ކަށަވަރު. މިކަމުގައި ކޮރަޕްޝަން ހިމެނޭކަން ކަށަވަރު. (2) ރާއްޖޭ ގެ ރައްޔިތުން ނަށް ކޮލިޓީ ވެކްސިން އެއް ޙައްޤު ނުވަނީ ތަ ؟ (3) ދުނިޔޭ ގެ މާރކެޓް ގައި ފައިޒާ ވެކްސިން (ރާއްޖެ އަށް ގަންނަން އަތްފޯރާ ފަށުގެ އަގެއްގައި) ހުއްޓާ، ފެންވަރުދަށް ވެކްސިން އެއް ގެނެސްގެން މިއުޅޭ އުޅުމަކީ ވަރަށް ބޮޑަށް ޝައްކު އުފެދޭ ކަމެއް. (4) އަޅުގަނޑު ބުނާނީ ވެކްސިން ގަންނަން ސިންގަޕޫރަށް ގޮސް، މިއޮތީ "ކަޓު ނަގާ" ފައޭ. (5) އެއްމެ ފަހުން ފިނޭންސް އިން "ތެޅި ފޮޅިގަނެގެން" ވެކްސިން އަށް ހެދި ޕޭމަންޓް ހެދީ ވެސް ފައިޒާ ވެކްސިން ބާޒާރުގައި ވިއްކަން ހުއްޓާ. ޑޯޒް-އެއް ގަތް އަގާއި، ދިޔަ ޖުމްލަ ޙަރަދު ވެސް އުޅެނީ އިބޫ ސަރުކާރުން ފޮރުވައިގެން. (6) މިހާރު ރާއްޖޭގެ ރައްޔިތުންނަށް މިޖަހަނީ 63.9 ޕަސަންޓް ކޮރޯނާ އިން ސަލާމަތް ވެދާނެ ކަމުގެ ޔަޤީން ކަން އޮތް ވެކްސިން އެއް. ފައިޒާ ވެކްސިން އަކީ 95 ޕަސަންޓް ގެ އެއްޗެއް. ރާއްޖޭގައި ފައިޒާ ވެކްސިން ޖަހަނީ ވަރަށް މަދުން. އެއީ ހިލޭ ލިބުނީ ވަރަށް މަދު ޑޯޒް ކޮޅެއް ވީމާ. (7) ރާއްޖޭގެ ގިނަ މީހުންނަށް ޔަޤީންކަން ކުޑަ ޕަސަންޓޭޖެއް އޮތް ވެކްސިން އެއް ޖަހާފައި، އިބޫ ސަރުކާރުން މިބުނަނީ "ރާއްޖޭގަ ކޮރޯނާ ގެ ޢަދަދުތައް ދަނީ މައްޗަށޭ" ! މިހާރު ރާއްޖޭގައި މިޖަހާ ވެކްސިނުން ކޮރޯނާ ކޮންޓްރޯލް އެއް ނުކުރެވޭނެ. ޕަސަންޓޭޖް ދަށް އެއްޗަކަށް ވާތީ. (8) ރާއްޖޭ ގެ ރައްޔިތުންނަކީ އަބަދު ވެސް ކޮލިޓީ އެއްޗިއްސަށް ލޯބި ކުރާ ބައެއް. (9) މިހާ ކޮލިޓީ-ދަށް ވެކްސިން އެއް ރައްޔިތުންނަށް މި ޖަހަނީ، އިބޫ ގެ ކިބައިގައި ރައްޔިތުންދެކެ "ލޯތްބެއް ނެތީމާ" ކަމުގައި އަޅުގަނޑު ދެކެނީ. (10) ދުނިޔޭގެ މާރކެޓް ގައި ފައިޒާ ވެކްސިން އަދިވެސް ގަންނަން އެބަހުރި. ގޫގަލް އިން ބައްލަވާލައްވާ. (11) ކުރިންވެސް ވަަރަށް ގިނަ ފަހަރު އަޅުގަނޑު ބުނިފަދައިން އަދިވެސް ބުނާނީ، ޔާމިނު ހުންނެވި ނަމަ ރާއްޖޭގެ ރައްޔިތުންނަށް ޖަހާނީ "ކޮލިޓީ" ވެކްސިން އެކޭ. (12) ޔާމިނު ހުންނެވި ނަމަ އައްޑު އަތޮޅުން ފެށިގެން ތިލަދުންމައްޗާއި ހަމަ އަށް މިހާރު އޮތީހީ ވެކްސިން ޖަހާ ނިންމާފަ !!!!!!

  4
  1
  • ދޮންދީނާ

   ޝުކުރިއްޔާ ޑރ. ތިހާ ދުރުގައި ހުންނަވައިގެންވެސް ރާއްޖޭގެ މަޝްރަހު ބައްލަވަމުން ރައްޔިތުންނާއި ހަމައަށް ތެދު މައުލޫމާތުގެނެސް ދެއްވައި ކަންތައްތައް ސާފު ކޮށް އޮޅުންފިލުވައި ދެއްވަތީ.

  • ސަލްމާ އަޙްމަދު

   އަސްލުވެސް ޔާމިނުއަކީކޮލިޓީއަށް ބެއްލެވި ބޭފުޅެއްވީމާ ތިހެންވިދާޅުވެވިދާނެ.

 3. އައްޑޫ ޝަކުވާ ބޯޓު

  އިސްލާމުންގެ ބޮޑު ދެ ޢަދުއްވުން އެއް ފޮޓޯގަނޑެއްގައި.
  ދެ މުޖުރިމުން. لعنة !

 4. ޝައްފަ

  ޑޮކްޓަރ ރާމީ ތިޔަވިދާޅުވީތެދުފުޅެއް. އިބޫ ސަރުކާރުންއެންމެ 3ލައްކަ މީހުންނަށް ވެކްސިންޖަހާނުލެވޭ. ގަނަތެޅެނީ.

 5. މުހައްމަދުބޭ

  އިންޑިއާ ގެ ވެކްސިނަށް ނުޗަލާތީތާ އިންޑިއާގަ ކޮރޯނާ އުތުރިއެރީ.

 6. Anonymous

  ޔާމިން އަކީ ކުރެއްވި ކޮންމެ ކަމެއްގައިމެ ކޮލިޓީ އަށް ބައްލަވާ، ކޮލިޓީކޮށް ކުރެއްވި ބޭފުޅެއް. ފައިޒާ ވެކްސިން އަކުން ކަޓެއް ނުނެގޭނެ. އެއީ ފައިޒާ ނުގެނައިކަމަކީ.