ރަޝިއާ އިން ހަތިޔާރު ގަންނާތީ އިންޑިއާ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާއިން ވިސްނަންފަށައިފި ކަމަށް އެމެރިކާގެ އޮފިޝަލުން ކޮންގްރެސްގައި ވިދާޅުވެއްޖެއެވެ.

ރަޝިއާ އިން ޔޫކްރޭނަށް ދެމުން ގެންދާ ހަމަލާތައް ގާތްގަނޑަކަށް މުޅި ދުނިޔެ އިން ކުށްވެރި ކުރަމުން ގެންދާއިރު ވެސް އިންޑިއާ އިން އެކަމުގައި އެއްވެސް އެއްޗެއް ނުބުނެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އޮފިޝަލަކު އެމެރިކާގެ ކޮންގްރެސް އަށް މައުލޫމާތު ދެމުން ވިދާޅުވީ ރަޝިއާގެ ހަތިޔާރުތައް އިންޑިއާ އިން ގަންނަނަމަ އިންޑިއާ އާއި ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން އެއީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށެވެ.

"ރައީސް ބައިޑެން ގެންދަވަނީ ރަޝިއާ އިން އަސްކަރީ ސާމާނު ގަންނަ ފަރާތްތަކުގެ މައުލޫމާތު ހޯދައި، އެކަންކަން ވަރަށް ގާތުން ބައްލަވަމުން" ސްޓޭޓް ޑިޕާޓްމަންޓްގެ އެސިސްޓެންޓް ސެކްރެޓަރީ ފޯ ސައުތު އޭޝިއަން އެފެއާޒް ޑޮނަލްޑް ލޫ ސެނެޓްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.

ފަހަކަށް އައިސް ރަޝިއާ އާއި އިންޑިއާގެ އަސްކަރީ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. 2017 ވަނަ އަހަރު އިންޑިއާ އިން ވަނީ ރަޝިއާގެ އެސް-400 ޑިފެންސް ސިސްޓަމް ގަނެފައެވެ.

އެމެރިކާ އިން އިންޑިއާ އަށް އަޅާނެ ދަތިކުރުމުގެ ފިޔަވަޅުތަކާއި ގުޅޭ ގޮތުން އަދި މަޝްވަރާއެއް ނުކުރެއެވެ. އެހެންކަމުން އެމެރިކާ އިން އިންޑިއާ އަށް އަޅާނެ ފިޔަވަޅެއް އަދި ކަށަވަރެއް ނުވެއެވެ.

ނަމަވެސް ބެލެވޭ ގޮތުގައި އިންޑިއާގެ ސައިބާ ސެކިއުރިޓީ އާއި މާލީ އިދާރާތަކާއި އަދި ހަތިޔާރުގެ ވިޔަފާރި އަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން ވަރަށް ގާތެވެ.

ތުރުކީވިލާތުން ވެސް ރަޝިއާ އާއި އަސްކަރީ ގުޅުން ބަދަހިކޮށް އެގައުމުގެ އެއާޑިފެންސް ސިސްޓަމް ގަނެ އަދި ފައިޓަރ ޖެޓްތައް ގަންނަން އުޅެން ފެށުމުން އެމެރިކާ އިން ވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރ މަހު ތުރުކީވިލާތައް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޢާދަނުބެ

    މި ގައުމުގެ ވެރިން މެޑެލް ޖައްސަވަން މިހާރު އެކަމުގެ ތެރެޔައް ބޭނެން ފަށައިފި ރަސިޔާއަކީ އެންމެ ގިނައިން ފަތުރުވެރުން ރާއްޖެ އަންނަ އެތްގައުމު ފަތުރުވެރިން އައުން ހުއްޓަވައިފިއްޔާ ހުންނާނީ ރަހަލާފަ މި މީހުން މެޑެލް ޖަހަން ކުރާ ކޮންމެކަމަކުން ރައީތުންނަށް ހުރިހާ ތަކުލީފެތް 1 ރުފިޔާއަށް ލުބުނު ސުޕާރީ މިހާރު 60 ރުފިޔާއަށް ފުޅި ގަންނަން ޖެހެނީ މުސާރަ ބޮޑެއް ނުކުރޭ ތިމާވެރި ހިމާޔައް ކުރުމުގެ ނަމުގަ ރައީތުންނަށް ދަތިކުރަނީ ހަމަ ގަސްތުގަ

    4
    2
  2. ސަމަރު

    މުޅި އިންޑިޔާ ބައިބައި ކުރީ އިނގެރޭސިން! އެ ހަނދާންތައް އިންޑިޔާ ނުފިލާނެ

    46
    1
    • ނަނަނަ

      ބައިބައި ކުރީއޭ... އިނގިރޭސިންނާ ހެދި ނޫންނަމަ މިހާރުގެ އިންޑިއާ އެއޮތްގޮތަށް ނޯންނާނެ. އިންޑިއާ އެއްގައުމަކަށް ވީ އިނިރޭސިންނާ ހެދި.

      3
      1
  3. ފިޔާޒް

    އެމެރިކާ ނޫން ތަނަކުން އެއްޗެއް ގަތީޔާ ދަތިކުރުމުގެ ފިޔަވަޅު . ލޮލް

  4. އެމޫނު

    އިންޑިއާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފިނަމަ އެންމެފުރަތަމަ ބަނޑަށްޖެހޭނީ ސޯލިހު އަދި ސޯލިހަށް ވެރިކަންހޯދައިދިނުމަށް އިން_ޑިއާއިން ދިން ހުރިހާ ފައިސާއެއް 3 ދުވަހުތެރޭ އަނބުރާ ހަވާލުކުރުމަށް އިންޑިއާ ރާއްޖޭގެ ވެރިކަން ބަލަހަށްޓަމުންދާ ރާއްޖޭގަ ހުންނަ އިންޑިއާ އެމްބަސީއަށް އަންގާނެ.

    7
    1
  5. މޯދީ

    އެމެރިކާއިން އެކަނިތޯ ހަތިޔާރުގަންނަންޖެހެނީ!!!

  6. ޝާހު

    ކޮލަމްބަސް އެމެރިކާ ހޯދީމަ ދެރައީ...

  7. ތިއްތިބާ

    އިންޑިޔާއަށް ފިޔަވަޅުއަޅާތީ މާ އިންޑިޔާނޫން ވެގެން އުޅޭ ބައިގަނޑު އަދިވެސް ރަޝިޔާއަށް ތާޢިދުކުރޭ. ކޮބާ ރަޝިޔާއާ އިންޑިޔާއާ ތީ ހަމަ އެކައްޗެއް

  8. އެކަމަކުވާ

    އިންޑިއާގެ ކޮންމެ 2 މީހަކަށް ފާޚާނާތައްޓެއް ހޯދަނުދެވިގެން އުޅޭއިރު އިންޑިއާއިން އަދިވެސް ބަލަނީ ހަނގުރާމައިގެ ސާމާނު ގަނެވޭތޯ.

  9. އެމެރިކާ މީހާ

    ބަލަ މިކިހާ ބޮޑު ކަމެއް. އެމެރިކާއިން މީހަކު ފޮޑިއެއް ޖެހިޔަސް އެއަށް ވަންނަން ޖެހޭ ދޯ. އެމެރިކާ އަކީ ދުނިޔޭގެ ބާރު ކަމަށް ގަބޫލް ކުރާނީ ވަކި ބަޔެއް. ހަޖަމް ނުވަނީ އޭ ބުނެވޭނީ.

  10. އައްމަޑޭސަމީރު

    ރަޝިއާ އިން ޔޫކްރޭނަށް ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން އެމެރިކާ މިވަނީ ގޮތްހުވާ ހިސާބައްގޮސްފަ.