އިންޑިއާ އާއި އެމެރިކާ އިން ބޭއްވި "2+2 މިނިސްޓީރިއަލް ޑައިލޮގް" އަކީ ސަރަހައްދީ ހަމަޖެހުމާއި ގާނޫނުގެ ވެރިކަން ނެގެހެއްޓުމާއި، ދެބަސްވުންތައް ސުލްހަވެރިކަމާއެކު ހައްލު ކުރުމަށް މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބިލިންކެން ވިދާޅުވެއްޖެއެވެ.

ސަރަހައްދީ ހަމަޖެހުން ގާއިމު ކުރުމުގައި އިންޑިއާ އާއި އެމެރިކާއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވަމުން ބްލިންކެން ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ދެގައުމުގެ ސައިންސްވެރިންނާއި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިނެއް އުފެއްދުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުއާޑް ވެކްސިން ޕާޓްނަޝިޕްގެ ދަށުން ދެގައުމުން މިހާރު މަސައްކަތް ކުރަމުން ދަނީ އޮސްޓްރޭލިއާ އާއި ޖަޕާނުގެ ޕާޓްނަރުންނާއި ގުޅިގެން އިންޑޯ ޕެސިފިކްއަށް ވެކްސިން ލިބޭނެ ގޮތް ހެދުމަށް. މިއަދާ ހަމައަށް ކުއާޑް ޕާޓްނަރުން ވަނީ 500 މިލިއަނަށްވުރެ ގިނަ ވެކްސިން ޑޯޒް ފޯރުކޮށްދީފައި. އަޅުގަނޑުމެން މިދަނީ ވަރަށް ހަލުވި ދުވެލީގައި ވެކްސިން އުފެއްދުމަށް އިތުރު ބަޔޮލޮޖިކަން ފެސިލިޓީތައްވެސް އުފައްދަމުން." އޭނާ ވިދާޅުވިއެވެ.

މި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން އިންކްލޫސިވް އިކޮނޮމިކް ޑްރައިވިންގެ ލަނޑުދަނޑިތަކާ ބެހޭގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށާއި ދެގައުމުގެ ކުރިއެރުމާއި، މުޅި ސަރަހައްދުގެ ކުރިއެރުމަށް ކުރެވެހެންހުރި ކަންކަން މަޝްވަރާ ކުރިކަމަށް އެމެރިކާ އިން ބުނެއެވެ.

އިންޑިއާ އާއި އެމެރިކާއިން މިހާރުވެސް އަހަރަކު 150 ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރާއިރު ކުރިޔަށް އޮތް އަހަރުތަކުގައި މި ވިޔަފާރި ފުޅާކޮށް އިތުރު ދޮރުތައްވެސް ހުޅުވިގެންދާނެ ކަމަށް ދެގައުމުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތދބސ

    ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް ކޮންމެހެން އެމެރިކާއާއި އިންޑިއާގެ އެހީތެރިކަމެއް މި ސަރަހައްދަކަށް ބޭނުމެއް ނުވޭ.

  2. ކާފަބޭ2020

    މިސަރަހައްދުގެ ސަލާމަތާރައްކާތެރިކަމަކަށްނޫންތައްޔާރުވެގެން ތިޔަތެޅިބާލަނީ! މިސަރަހައްދުއަޅުވެތިކުރެވި އަންބޮނޑިއަށް ލެވޭނެގޮތްވަމުންދާތީތިޔައުޅެނީ! ތިޔަމީހުނާއެއްބައިވިބަޔަކަށް ދުވަހަކުވެސްހަމަޖެހިގެންނޫޅެވޭނެ! ތިޔައީދުނިޔެ ބައްކުރަން އުޅޭބައިގަޑެއް! ޤައުމުތައްފަނާކުރަމުންދުވާބައިގަޑެއް! ތިޔަބައިގަޑުގެއިންސާފަކީ ރުހޭމީހާއަށްގޯނިގޯނީގަފައިސާ ނުރުހޭ މީހާގެބޮލަށް ގޯނިގޯނީގަބޮންއެޅުން! ސަޅިއިންސާފެއްދޯ؟؟؟؟