އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ އަސްކަރީ ފައުޖުތައް އެގައުމުން ބާލަން ނިންމަމުންދާ އަފްޣާނިސްތާނުގައި ޕާކިސްތާނުގެ 20 އަށް ވުރެ ގިން ޓެރަރިސްޓް ގުރޫޕުތައް ހަރަކާތްތެރިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި އަފްޣާން ސަރުކާރާ ދެކޮޅު 20 އަށް ވުރެ ގިނަ ޓެރަރިސްޓް ގްރޫޕްތައް 2017 ވަނަ އަހަރުން ފެށިގެން ދަނީ ހަރަކާތްތެރިވަމުންނެވެ. އެތަނުން ގިނަ ގްރޫޕްތަކަކީ ޕާކިސްތާންގެ ނުވަތަ އެ ގައުމާ ގުޅުން ހުރި ގްރޫޕްތަކެވެ.

އޭގެ ތެރޭގައި އިސްލާމިކް ސްޓޭޓް (އައިއެސް) އާއި އަލް ގައިދާ، ހައްގަނި ނެޓްވޯކް، ލަކްޝަރް ތާއިބާ، އަދި އޭގެ އިތުރުން ޕާކިސްތާނާއި ތާލިބާނުން ގުޅިގެން އުފައްދާފައިވާ ތެހްރިކް އި ތާލިބާން ޕާކިސްތާން ގުރޫޕު ހިމެނެއެވެ.

ކައުންޓާ އެކްސްޓްރީމް ޕްރޮޖެކްޓުގެ ސީނިއާ ޑިރެކްޓަރު ޝިންދްލާ ބުނީ އަފްޣާނިސްތާނުގައި މިވަގުތު ހަރަކާތްތެރި ވަމުން ދަނީ ކިތައް ޓެރަރިސްޓް ގުރޫޕުކަމެއް ސީދާ ބުނަން ނޭންގޭ ކަމަށެވެ. އޭނާ ބުނި މި ޓެރަރިސްޓް ގުރޫޕުތަކަކީ އަފްޣާނިސްތާނާއި، ޕާކިސްތާނުގެ އިތުރުން އިރާން އަދި އޭޝިއާގެ މެދުތެރޭގެ ގައުމުތަކަށް ހުރި ނުރައްކަލެއް ކަމަށެވެ.

ތާލިބާނުން އަހަރުތަކެއް ވަންދެން ނިންމާފައިވަނީ އަފްޣާނިސްތާނުގައި ޓެރަރިސްޓް ހަމަލާއެއް ނުދިނުމަށެވެ. މި ބަހުގައި ހިފަހައްޓައި ތާލިބާނުން މިހާތަނަށް އަފްޣާނިސްތާނަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ދީފައިނުވާ ކަމަށް ޝިންދްލާ ބުނެެއެވެ.

އެމެރިކާގެ ރައީސް ޖޯއީ ބައިޑެން ވިދާޅުވެފައިވަނީ އެމެރިކާގެ އަސްކަރީ ފައުޖުތައް އަފްޣާނިސްތާނުން ފައިބާނީ މިއަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ކަމަށެވެ. އެއާއެކު އަފްޣާނިސްތާނަށް ދީފާނެ ޓެރަރިސްޓް ހަމާލާއަކަށް ބަލައި އަފްޣާނިސްތާނުގައި ތިބި އެމެރިކާ މީހުން ވީހާވެސް އަވަަހަށް އެގައުމު ދޫކޮށް ދާން އެމެރިކާއިން ގޮވާލައިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަގީގަތް

    އަފްޣާނިސްތާނުގައި ތިބީ އިންޑިއާ ސީކުރެޓް ސާވިސް ސުޕޮންސާ ކޮށްގެން ގެންގުޅޭ ޓެރޯރިސްޓުން. މިގުރޫއްޕްތަށް ބޭނުންކޮށްގެން މަސައްކަތް ކުރަމުންދަނީ ޕާކިސްތާނުގެ ހަމަޖެހުން ނަގާލުމަށް. މި ގުރޫއްޕް ތަކަށް ފައިނޭންސް ކުރަމުން ދަނީ އަފްޣާނިސްތާނުގައި ހުންނަށް އިންޑިއާ އެމްބަސީން/ކޮނސިއުލޭޓް ތެރޭން. އިންޑިއާ ބަކަރިންނަށް ހަލާކު ހުރި.