އިންޑިއާގައި ކޮވިޑް-19 ޖެހޭ މީހުން އޮކްސިޖަނަށް ބޭނުންވެފައިވާތީ އެގައުމުގެ ޒުވާނަކު އޭނަ ދުއްވާ ރިކްޝޯގައި ހިލޭ އޮކްސިޖެން ފޯރުކޮށްދޭން ފަށައިފިއެވެ.
އުމުރުން 34 އަހަރުގެ މުހައްމަދު ޖަވީދް ޚާން ބުނީ، ބަލި މީހުން ގޮވައިގެން ބައެއް ފަހަރު އެމީހުންގެ އެހީތެރިން ސައިކަލުގައި ދާ މަންޒަރު ފެންނަ ކަމަށާއި އެފަދަ މަންޒަރުތަކަށް ބަލާފައި އޭނާއަށް ވެސް ކޮންމެ ވެސް ކަހަލަ އެހީތެރިކަމެއް ދެވޭނެ ކަމަށް އުއްމީދު ކުރި ކަމަށެވެ.
އެއުއްމީދުގައި ހުރެ، އޭނާ ވަނީ އޭނާގެ އަންހެނުންގެ އަގުބޮޑު ގަހަނާތައް ވިއްކާލައި އޭނާ އާމްދަނީ ހޯދުމަށް ދުއްދަމުން އަންނަ ރިކްޝޯ، އޮކްސިޖަން ފޯރުކޮށްދޭ ކުޑަ ކުޑަ އެމްބިއުލާންސަކަށް ބަދަލު ކޮށްފައެވެ. އެގޮތުން އޭގެ ތެރޭގައި އޮކްސިޖަން ސިލިންޑަރަކާއި ލޭގައި އޮކްސިޖަން ހުންނަ ވަރު ދައްކުވައިދޭ މީޓަރެއް އޭނާ ހަރުކުރިއެވެ.
އޭނާ ބުނީ، އެ ސިލިންޑަރާއި މީޓަރު ބަލާނެ ގޮތް ދަސްކޮށްދީފައިވަނީ އެގައުމުގެ ޑޮކްޓަރެއް ކަމަށެވެ.
އިންޑިއާގެ ސިއްހީ ނިޒާމު ފުނޑުފުނޑުވެފައިވާ މި ދަނޑިވަޅުގައި އާންމު ރައްޔިތުންނަށް އެހީތެރިވުމަށް ޚާން ނުކުތުމުން ގިނަ ބަޔަކު ވަނީ އޭނާއަށް ތައުރީފު ކޮށްފައެވެ. އަދި ގިނަ ބަޔަކު އޭނާ ކުރާ މަސައްކަތް އިތުރަށް ކުރިއަރުވަން އެހީވާ ކަމަށް އޭނާ ބުންޏެވެ.
"ހާލުބޮޑު އެއްވެސް ބަލި މީހަކު އޮކްސިޖަނާއި ނުލައި ހޮސްޕިޓަލަށް ނުގެނެވޭނެ. އެހެން ކަމުން އަޅުގަނޑު ހިތަށް އެރީ ރިކްޝޯ ކުޑަ އެމްބިއުލާންސަކަށް ބަދަލު ކުރަން. އެއީ އޭގައި ޖާގަ ނެތަސް، ފުރާނަ ސަލާމަތް ކުރެވިދާނެ ކަމަށް ވިސްނާފައި" ޚާން ބުންޏެވެ.
އޭނާ ބުނީ، ކޮންމެ ކޮންމެ މީހަކީ 5،000 ރުޕީސް އާއި 10،000 ރުޕީސް ދީފައި އެމްބިއުލާންސްއަކުން ހޮސްޕިޓަލަށް ދެވޭނެހާ ތަނަވަސްކަން ހުރި މީހެއް ނޫން ކަމަށާއި އަދި މި ހާލަތުގެ އެހާވަރު ގިނަ މީހުންނަށް ނުވެސް ލިބޭނެ ކަމަށެވެ.
އިންޑިއާގެ ކޮވިޑް-19 ގެ ހާލަތު ބޮއްސުންލާފައިވާއިރު، އެގައުމުގައި ބަލި ޖެހޭ މީހުންނަށް ހޮސްޕިޓަލުތަކުން އެނދުތަކާއި އޮކްސިޖަން ލިބުން ވަނީ ދަތިވެފައެވެ.
މާތްﷲ ތިބާއަށާއި ތިބާގެ އަނބިމީހާއަށް ހެޔޮ ޖަޒާ ދެއްވާށި. އާމީން.
ޔޫ ބޯތް އާ އަ ޓްރޫ ބްލެސިންގް ފޯރ ހިއުމިނިޓީ 💖
ވަރަށް ރަނގަޅު މީހެއް ދޯ؟
މާތް ﷲ ތިބާއަށް ހެޔޮރަހުމަތްލައްވާށިއެވެ އާމީން.
އިންސާނިއްޔަތުކަމަކީ އިންސާނަގެގައިގައި ހުންނަ އެއްމެ މާތްސިފަތަކުގެ ތެރެއިްނ އެއްސިފަ ، އެފަދަ މީހަކު ﷲ ދޫކޮށް ނުލައްވަނެ ކަން ޔަޤީ ، މާތްﷲ ތިބާގެ މުދަލުގައި ބަރަކާތް ލައްވާ ތިބާއަށް ތަނަވްސް ދިރިއުޅުމެއް ދެއްވާށި . އާމީން