އިސްރާއީލުން ޣައްޒާއަށް ހަމަލާދީ ހަތަރު ކުއްޖަކާއިއެކު ޖުމްލަ ނުވަ މީހަކު ޝަހީދުކޮށްލައިފިއެވެ.
ފަލަސްތީންގެ މީޑިއާތަކުން ބުނާ ގޮތުގައި އިސްރާއީލްގެ ހަމަލާތަކުގައި ޣައްޒާގެ ދިހަ ކުއްޖަކު ޝަހީދު ކޮށްލައިފި ކަމަށް ޚަބަރު ފެތުރުނީ މައުލޫމާތު ލިބުމުގައި އެރި އޮޅުމަކުންނެވެ. ނަމަވެސް މިހާރު ހަތަރު ކުއްޖަކާއިއެކު ޖުމްލަ ނުވަ މީހުން ޝަހީދުވެފައިވާކަން ކަށަވަރު ކުރެވޭ ކަމަށް ވެސް ފަލަސްތީންގެ މީޑިއާތަކުން ބުނެއެވެ.
ފަލަސްތީންގެ މަސްރަހާއި ގުޅޭ ޚަބަރުތައް "ވަގުތު" ގައި ގެނެސްދެނީ "ޓައިމްސް އޮފް ޣައްޒާ" އަދި "ގުދުސް ނިއުސް" އާއި ހަވާލާދީއެވެ. ދިހަ ކުއްޖަކު އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވި ޚަބަރު ވެސް ގެނެސްދިނީ އެދެމީޑިއާއަށް ހަވާލާދީއެވެ.
ފަލަސްތީންގެ މަސްރަހު މިވަގުތު އޮތްގޮތުން ވެސް ޚަބަރާއި މައުލޫމާތު ހޯދަން ވަނީ ދަތިތައް ކުރިމަތިވެފައެވެ.
ފަލަސްތީންގެ މީޑިއާތަކުން ބުނާ ގޮތުގައި ޣައްޒާ އިން ހަތަރު ކުއްޖަކާއި އިތުރު ފަސް މީހަކު ޝަހީދުވީ އިސްރާއީލުން ޣައްޒާގެ އުތުރު ސަރަހައްދުތަކަށް ދިން މިސައިލް ހަމަލާތަކުގައި ކަމަށެވެ.
ފަލަސްތީންގެ މަސްރަހު މިހާރު ހޫނުވެފައި ވަނީ އަޤުޞާ މިސްކިތުގައި ނަމާދަށް ތިބި ފަލަސްތީން މީހުންނަށް އިސްރާއީލް ސިފައިން ރަބަރު ވަޒަނުން ހޯމަ ދުވަހު ހަމަލާދީ އެތައް ބަޔަކު ޒަހަމް ކޮށްލުމުންނެވެ. އޭގެ ފަހުން ފަލަސްތީންގެ މީހުން ދަނީ އިސްރާއީލުން 1967 ވަނަ އަހަރު ގުދަސް ހިފުން ފާހަގަ ކުރަން އިސްރާއީލުން ކޮންމެ އަހަރެއްގެ މެއި 09 އަދި މެއި 10 ގައި ބާއްވާ ހަރަކާތްތަކާއި ދެކޮޅަށް އަޑުއުފުލަމުންނެވެ.
އިސްރާއީލްގެ އަނިޔާވެރި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ފަލަސްތީންގެ ޖަމާއަތްތަކުން ވެސް ގެންދަނީ މިއަދު އިސްރާއީލްގެ ބައެއް ސަރަހައްދުތަކަށާއި، އިސްރާއީލުން ހިފާފައިވާ ގުދުސްގެ ބައެއް ސަރަހައްދުތަކަށް ރޮކެޓް ހަމަލާތައް ދެމުންނެވެ. މިއިން އެއްހަމަލާގައި އިސްރާއީލް މީހަކު ވަނީ ޒަހަމްވެފައެވެ.
ޔަހޫދީންތައް ބަލި ކުރައްވައި ނިކަމެތި ކުރައްވާށި.
އިސްރާއީލްގެ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން އަނިޔާއާއި ވޭންތައް ލިބެމުންދާ ފަލަސްތީންގެ ލޮބުވެތި އަޙުންނާއި އުޙުތުންނާއި ކުޑަކުދިންނަށް ކެތްތެރިކަން މިންވަރު ކުރައްވައި ޝަހީދުންނަށް ޖަންނަތުލް ފިރުދައުސް މިންވަރު ކުރައްވައި އިސްރާއީލްގެ އަނިޔާވެރިކަމުގެ މައްޗަށް ނަޞްރު ދެއްވަންދޭވެ! އާމީން ޔާ ރައްބަލް އާލަމީން.
އަޅަމެން ވާގި އެދެނީ މާތް ﷲ ގެ ރަހުމަތުންނެވެ. ޔާ ﷲ ފަލަސްތީނުގެ ބިން މުސްލިމުންނަށް އިޔާދަކުރައްވާ އަދި ގަދަކަންދެއްވާ ނަސްރުދެއްވާނދޭވެ، އަދި ޔަހޫދީންގެ ހަމަލާތައް އޭގެ އަމާޒަށް ވާސިލުނުވާނެ ގޮތް މެދުވެރިކުރައްވާ މުސްލިމުންގެ ހަމަލާތައް އެ ޔަހޫދީންނަށް އުގޫބާތެއް ކަމުގައި ލައްވާ ފަލަސްތީނު މީހުންގެ ޖިހާދުގައި އިސްލާމުންނަށް ކާމިޔާބުދެއްވާނދޭވެ. އަދި އަނިޔާވެރިންނަށް ނުތަނަވަސްކަމާއި ބިރުވެރިކަން އެމީހުނަށް މިންވަރު ކުރައްވާނދޭވެ. އާމީން
އިސްރާއީލޭ ކިޔުނު ވަލު ކުއްތާތައް ނިކަމެތި ކުރައްވާ ގަދަ ހިއްޕެވުމަކުން ހިއްޕަވާނދޭވޭ. އާމީން ޔާރައްބަލް ޢާލަމީން
ތި އިސްރާއީލުގެ ހައްދުފަހަނައެޅި ޔަހޫދީން ތައްވަރުގަދަވެގެންވާ ހިއްދަތި ވޭންއަޅާ ކޯފާއެއް ﷲ ފޮނުއްވަވާ ފާންދޭވެ.