ފަލަސްތީންގެ ޣައްޒާ އިން އިސްރާއީލަށް ދިން ރޮކެޓް ހަމަލާތަކެއްގައި އިސްރާއީލްގެ މީހަކު މަރާލައިފިއެވެ.

އިސްރާއީލްގެ ނޫހަކުން ރިޕޯޓްކޮށްފައިވާގޮތުގައި، ހަމާސް ޖަމާއަތުން އިސްރާއިލަށް ފޮނުވި މިސައިލް ހަމަލާއެެއްގައި އިސްރާއިލްގެ އެކަކު މަރުވެ ދެ މީހެއްގެ ހާލު ސީރިއަސްއެވެ.

އިސްރާއިލްގެ ސަލާމަތީ ބާރުތަކުން ބުނެފައިވަނީ މިސައިލް ހަމަލާ ފޮނުވާފައިވަނީ ގައްޒާގެ ދެކުނުން އިސްރާއިލުގެ އަޝްކެލަން ސަރަހައްދަށް އަމާޒުކޮށްގެން ކަމަށެވެ. ހަމާސްއިން ފޮނުވި މިސައިލް ހަމަލާގެ ސަބަބުން ޖިޕެއް ބޯޑަރުގައި ތާށިވެފައިވީ ކަމަށް ސަލާމަތީ ބާރުތަކުން ރިޕޯޓު ކޮށްފައިވެއެވެ.

މިއީ މި ފަހުން ފަލަސްތީނާއި ހަމާސް ޖަމާއަތާ ދެމެދު ހަމަލާތައް ބަދަލު ކުރެވުނު ފަހުން، މަރާލި އިސްރާއީލްގެ ހަ ވަނަ މީހާއެވެ. އޭގެތެރެއިން ތިން މީހުން މަރާލާފައި ވަނީ އިސްރާއީލްގެ ވެރިރަށް ތެލްއަވީވް އަށް ދިން ހަމަލާތަކެއްގައެވެ.

ބާކީ ތިބި ތިން މީހުން މަރާލާފައި ވަނީ އިސްރާއީލްގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައެވެ.

ހަމާސް ޖަމާއަތުން ބުނަމުން ދަނީ އިސްރާއިލް ސިފައިން ފަލަސްތީނާއި ޣައްޒާގެ އާންމު ރައްޔިތުންނަށް ހަމަލާ ދޭނަމަ އަދި މިހާރަށް ވުރެ ވަރުގަދަ ހަމަލާތަކެއް އިސްރާއިލަށް ފޮނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު