ކޮވިޑް-19 ވައިރަހުގެ ވެކްސިން ފުރިހަމަ ކުރުމަށް ފަހު، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމުު ނޫން ކަމަށް އެމެރިކާގެ ސެންޓަ ފޯ ޑިޒީސް ކޮންޓްރޯލް (ސީޑީސީ) އިން ބުނެފިއެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީޑީސީގެ ފަރާތުން ވާހަކަ ދައްކަމުން ޑރ. ރުޝޭލް ވެލެންސްކީ ވިދާޅުވީ، ކޮވިޑް-19 ގެ ވެކްސިން ފުރިހަމަ ކުރުމުން އެ ބަލީގެ ސަބަބުން ހުއްޓިފައިވާ ކަންކަން ކުރެވިދާނެ ކަމަށެވެ.

"ވެކްސިން ފުރިހަމަ ކުރުމަށް ފަހު މި ހުރިހާ ދުވަހެއް ވަންދެއް އަހަރުމެންނަށް ކުރަން ފުރުސަތު ނުލިބި ހުރި ކަންކަން ކުރެވިދާނެ. އެގޮތުން ވެކްސިން ޖެހުމަށް ފަހު ކޮންމެހެން ގޭގައި ތިބުންވެސް މުހިންމެއް ނޫން" ރުޝޭލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގައިދުރުކަން ބެެހެއްޓުމާއި މާސްކު އެޅުންފަދަ ކަންކަން ކޮންމެހެން މަޖުބޫރު ކުރުން މުހިންމެއް ނޫން ކަމަށެވެ.

އެމެރިކާގެ މިހާރުގެ ހާލަތަށް ބަލާއިރު، އެގައުމުގެ ގިނަ ބައެއްގެ ގަޔަށް ވެކްސިން ވަނީ ޖަހާފައެވެ. އެމެރިކާ ވަނީ މުޅި ދުނިޔޭގެ ވެސް މި ބަލިމަޑުކަމުގެ ހާލަތު އެންމެ ގޯސްވި ގައުމަށް ވެފައެވެ.

އެމެރިކާގައި ގިނަ ބަޔަކު އަންނަނީ ކޮވިޑް ވެކްސިން ޖެހުމަށް ދެކޮޅު ހަދަމުންނެވެ. އެމެރިކާގެ ގިނަ ރައްޔިތުން ވެކްސިނަކަށް އިތުބާރެއް ނުކުރެއެވެ. ކަމާ ބެހޭ ފަރާތްތަކުން އެމީހުންގެ ނިންމުން ބަދަލު ކުރުމަށް އެތައް މަސައްކަތެއް ދަނީ ކުރަމުން ކަމަށް އެ އިދާރާތަކުން ބުނެފައިވެއެވެ.

އެގައުމުން މިހާތަނަށް 248 މިލިއަން މީހުންނަށް ކޮވިޑް ވެކްސިން ޖަހާފައިވާއިރު، އޭގެ ތެރެއިން ދެ ޑޯޒް ވެކްސިން ޖަހާފައިވަނީ 106 މިލިއަން މީހުންނެވެ. ގައުމުގެ އާބާދީއަށް ބަލާއިރު، އެމެރިކާއިން ވެކްސިން ފުރިހަމަ ކޮށްފައިވަނީ 32.3 އިންސައްތަ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ކަލާ

  އެމެރިކާގަ މައިމޫނާ ހުރި ނަމަ ކޮންފަދަ އަހަރުމެނަށް މި އުނދަގޫ ނުޖެހުނީސް

  7
  2
 2. ހުސޭނުބޭ

  މި ރާއްޖޭގައި އޮތީ ދިމާ އިދިކޮޅަށް. އެޗްޕީއޭއަށް އެނގެނީ ހަމައެކަނި މުޒާހަރާތައް ހުއްޓުވަން.

  8
  2
 3. ޖަޒީރާވަންތަ ކެހެރިނުފަޅާ ޖަނަވާރު

  ވެކްސިން ތީ ރާއްޖޭގަ ބޭކާރު އެއްޗެއް.. ތި ޖެހިޔަސް އެޗްޕީއޭގެ ބަލާވެރިކަމުން ސަލާމަތް ނުވޭ

  8
  1
 4. Anonymous

  ރާއްޖޭގައި އުޅެނީ ސިޔާސީ ކޮވިޑް. އަދި އެންޓި އިސްލާމިކް ކޮވިޑް.
  އިދިކޮޅުން ޙަރަކާތެއް ރާވާއިރަށް ކޮވިޑަށް އެނގޭ.
  އިސްލާމީ ޝިއާރުތައް ފައުޅުކުރަންޏާވެސް ކޮވިޑަށް އެނގޭ. ވަކިން ޚާއްޞަކޮށް މިސްކިތްތަކުގައި. މިސްކިތްތަކާއި ދޯޅު ޝައިޠާނީ ކޮވިޑެއް މިރާއްޖޭގައި އުޅެނީ.