އިސްރާއީލުން 11 ދުވަސް ވަންދެން ފަލަސްތީންގެ ޣައްޒާއަށް ދިން ހަމަލާތަކުގައިި އިމާރާތްތައް ސުންނާފަތި ވެފައިވާއިރު، ޣައްޒާ އަލުން އާރާސްތު ކުރުމަށް ގައުމުތަކުން ދަނީ އެހީތެރިކަން ފޯރު ކޮށްދެމުންނެވެ. މިގޮތަށް ގައުމުތަކުން ދޭ އެހީގައި ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުން ނުޖެހޭނެ ކަމަށް އެ ޖަމާއަތުން ވަނީ ވައުދު ވެފައެވެ.

ހަމާސްގެ އެންމެ އިސްވެރިޔާ، ޔަހްޔާ ސިންވާރު ވިދާޅުވީ ގައުމުތަކުން ޣައްޒާއަށް ދޭ އެހީގައި ހަމާސް ޖަމާއަތުން ނުޖެހި ދެ ފުށް ފެންނާނެހެން އެހީ ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދޭނެ ކަމަށެެވެ. އޭނާ ވިދާޅުވީ އަރަބި ގައުމުތަކާއި އަދި ދުނިޔޭގެ އެހެން ވެސް ގައުމުތަކުން ޣައްޒާއަށް އެހީތެރިކަން ފޯރު ކޮށްދޭން ބޭނުންވާ ނަމަ އެކަމަށް މަރުހަބާ ކިޔާނެ ކަމަށެވެ.

މީގެ ކުރިންވެސް ޣައްޒާއަށް ދޭ އެއްވެސް އެހީއެއް ހަމާސް ޖަމާއަތުން ނަގާފައި ނުވާނެ ކަމަށާއި، ކުރިޔަށް އޮތް ތަނުގައި ވެސް ނުނަގާނެ ކަމުގެ ޔަގީންކަން ޔަހްޔާ ދެއްވިއެވެ. ޔަހްޔާ މި ޔަގީންކަން ދެއްވާފައިވަނީ ޣައްޒާ އާރާސްތުކުރުމަށް އެމެރިކާއިން މާލީ އެހީތެރިކަމެއް ފޯރުކޮށްދޭން ނިންމުމަށް ފަހު، އޭގެ ފައިދާ ހަމާސްއަށް ކޮށްފާނެ ކަމާ މެދު ޝައްކު އުފައްދާފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާއިން ނިންމާފައިވަނީ ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް، ހަމާސް ޖަމާއަތަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށެެވެ. ޔޫރަޕިއަން ޔޫނިއަންއާއި އެމެރިކާއިން ހަމާސް ޖަމާއަތް ކަނޑައަޅާފައިވަނީ ޓެރަރިސްޓް ގުރޫޕެއްގެ ގޮތުގައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޣައްޒާ އާރާސްތު ކުރުމަށް މިސްރާއި އެމެރިކާގެ އިތުރުން ޔޫރަޕިއަން ކޮމިޝަނާއި އިނގިރޭސި ވިލާތުން ވެސް ދަނީ މާލީ އެހީތެރިކަން ފޯރު ކޮށްދެމުންނެވެ. އެގޮތުން ޔޫރަޕިއަން ކޮމިޝަނުން 9.8 މިލިއަން ޑޮލަރުގެ އެހީތެރިކަމެއް ދީފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ނުރަބޯ

  ތިހެނޭ ކަލޭމެން ބުނާނީ. ދެން ފެންނާނީ ކަލޭމެންގެ ޓެރަރި ސްޓް އޮޕަރޭޝަންތަކަށް އެފައި ސާ ހޭދަކުރާތަން. ހުރިހާ ދުއްޕާނެއް ފަލަ ސްތީނު އާންމުރައްޔިތުންނަށް

  6
  46
  • ތަލަބޯ

   ފަލަސްތީނު އާންމު ރައްޔިތުންގެ ގެދޮރެެއް މިހާރު ނުހުންނާނެ ހަމާސް ނެތްނަމަ. ޝައިހް ޖައްރާހުގައި އެތައް ބައެއްގެ ގެދޮރުން ބޭރު ކޮށް އިސްރާއީލު މީހުން އުޅެން ފަށައިފި. އެއީވެސް ހަމާސް އިން ކުރި ކަމެއް ތަ؟ ތި ހަމާސް ނެތްނަމަ މިހާރު ނުހިފާ ހުރި ބިންކޮޅުވެސް ފޭރި ގަންނާނެތާ ކިތަންމެ ދުވަހެއް. ބިން ފޭރެންޏާ ގާވެސް އުކާނެ، ރޮކެޓް ވެސް ފޮނުވާނެ.

   27
   2
 2. އޭޖޭ

  އެންމެ ނަކީ ނުރަބޯގެ ބައްޕަގެ ދަރިންނެށް ނޫން ދޯ، އެހެންވީމަ އެންމެނަކީ ހަރާން ކައިގެންއުޅޭ ބައެއް ކަމުގައި ނު ދެކުން އެ ދެން

  16
  2