އިސްރާއީލުން ފަލަސްދީނަށް ދިން ހަމަލާތަކުގައި ފަލަސްދީނުގެ އިމާރާތްތައް ވެއްޓި އެތައް ބަޔަކު މަގުމަތިވެފައިވާތީ އެކަންކަމުން އަރައިގަތުމަށް މިސްރުން ޣައްޒާ އަށް އެހީތެރިވުމަށް އިމާރާތް ކުރާ ސާމާނާއި މީހުން ފޮނުވައިފިއެވެ.
އިޖިޕްޝަން ސްޓޭޓް ޓީވީ އިން ބުނާގޮތުގައި މިސްރުން ޣައްޒާ އަށް ފޮނުވި ތަކެތީގެ ތެރޭގައި ބުލްޑޯޒާސް، ކެރޭނު، ޓްރަކްތައްވެސް ހިމެނެއެވެ. މިތަކެތި ޣައްޒާ އަށް ފޮނުވާފައި ވަނީ ބޯޑަރު ހުރަސްކޮށެވެ.
ފަލަސްތީނުގެ ބޯޑަރު ބަލަހައްޓާ އޮފިޝަލުން ބުނާގޮތުގައި މިހާތަނަށް 50 އަށްވުރެ ގިނަ މިސްރުގެ ވެހިކަލް ފަލަސްތީނަށް ވަދެފައި ވެއެވެ.
މިސްރުގައި އިމާރާތް ކުރުމުގެ ދާއިރާގައި ހިމެނޭ މީހަކު ބުނީ ފަލަސްތީނު އާރާސްތު ކުރުމުގައި ބައިވެރިވުމަށް ހުރިހާ މުސްލިމުންނާއި ހުރިހާ މިސްރުމީހުންވެސް ބޭނުންވާ ކަމަށެވެ.
އެގާރަ ދުވަސްވަންދެން ހަމާސް އާއި އިސްރާއީލާ ދެމެދު ހިނގި ހަނގުރާމައިގައި ޔަހޫދީންގެ ހަމަލާތަކުގައި ފަލަސްތީނުގެ 250 އަށްވުރެ ގިނަ މީހުން މީހުން ވަނީ މަރުވެފައެވެ. އަދި ޣައްޒާ އިން ފޮނުވި ރޮކެޓްތަކުން އިސްރާއީލުގެ 13 މީހަކު ވަނީ މަރުވެފައެވެ.
އިސްރާއީލުން ޣައްޒާ އަށް 100 އަށްވުރެ ގިނަ ރޮކެޓު ހަމަލާ ދީފައިވާ އިރު ޣައްޒާގެ މީހުން ދިރިއުޅޭ އެތައް އިމާރާތަކަށް އެ ހަމަލާތައް ވަނީ އަމާޒުވެފައެވެ. އަދި ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް އެތައް ބަޔަކު ވަނީ ހަމަލާތަކުގައި މަރުވެފައެވެ.
ޣައްޒާގެ ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ 1،500 އެއްހާ ހައުސިން ޔުނިޓް ހަލާކުވެފައި ވެއެވެ. އަދި އިތުރު 1،500 ހައުސިން ޔުނިޓަށް ވަނީ ގެއްލުންތައް ލިބިފައެވެ. މިނިސްޓްރީން ބުނީ ޣައްޒާ އަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް 150 މިލިއަން ޑޮލަރު ބޭނުންވާނެ ކަމަށެވެ.
ތިވެސް އިޒްރޭލުން ކުޅޭ ގޭމެއް.. އަނެއްކާވެސް ތިގެތަށް ހަދަންދެން ތިބޭނެ ޙަމަލާނުދީ ގެހަދައި މީހުން ރަގަޅަށް ދިރިއުޅެން ފަށާއިރަށް ބޮންއަޅާ ގެ ބިމާހަމަކޮއްލާނެ.. ގެ ހަދަން ބޭނުންކުރާ ހުރިހާ ސާމާނެއްވެސް އިޒްރޭލުން ގަންނަންވެސް ޖެހެނީ.. ހުރިހާ ފައިދާއެއް އިޒްރޭލަށް.. އެވަރުންވެސް މުސްލިމް ޤައުމްތަށް ހިނިއައިއްސަ...
ޙަމަ ތިތަންތަން އަޅާއިރަށް އެނެތްކާ ފުނޑުފުނޑުކޮށްލާނެ