ނާސާއިން 1990 ހިސާބުގައި ޖައްވަށް ފޮނުވާފައިވާ ހަބުލް ސްޕޭސް ޓެލެސްކޯޕު ހުއްޓި އޭގެ ގުޅުން ކެނޑިއްޖެއެވެ. ފާއިތުވި 30 ވަރަކަށް އަހަރުގެ ތެރޭގައި މި ޓެލެސްކޯޕް ޖައްވުގައި އޮވެ ސައިންސުގެ އެކި ހޯދުންތަކަށް ބޭނުންވާ މުހިންމު އެތައް މައުލޫމާތެއް ވަނީ ހޯދައިފައެވެ.

ޔޫއެސްގެ ސްޕޭސް އެޖެންސީ އިން މި ޓެލެސްކޯޕުގެ ހިނގުން ހުއްޓިފައިވާކަން ހާމަކޮށްފައިވާ އިރު މި ޓެލެސްކޯޕު ހުއްޓުމަށް މެދުވެރިވި އެއް ސަބަބަކީ މީގައި 1980 ގެ ކޮމްޕިއުޓަރެއް ހުންނާތީ ކަމަށް ބެލެވެއެވެ. މި ކޮމްޕިއުޓަރަކީ ޓެލެސްކޯޕުގެ ދުވެލި ބަލައި ޓެލެސްކޯޕްގެ ސައިންސް އިންސްޓްރޫމެންޓެވެ.

ހަބުލް ސްޕޭސް ޓެލެސްކޯޕަކީ ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ އިން ޖައްވަށް ފޮނުވާފައިވާ މި ޓެލެސްކޯޕު ކޮންޓްރޯލް ކުރަނީ މެރީލެންޑުގައި ހުންނަ ނާސާގެ ގޮޑާޑް ސްޕޭސް ފްލައިޓް ސެންޓަރުންނެވެ. އެ ސެންޓަރުން ވަނީ ސެޓެލައިޓުގެ ކޮމްޕިއުޓަރު ރިސްޓާޓުކުރަން ވެސް މަސައްކަތްކޮށްފަ އެވެ. ނަމަވެސް އަދި އެކަން ކާމިޔާބުވާގޮތް ވަނީ ނުވެފައެވެ.

މިހާރު ޓެލެސްކޯޕުގެ ކެމެރާ އާއި ބައެއް އާލާތްތައް ސޭފް މޯޑަށް ވަނީ ލައިފައެވެ. މި ސެޓަލައިޓަށް ގިނަ ދުވަސްވުމުގެ ސަބަބުން ސެޓެލައިޓު މަރާމާތުކުރަންޖެހޭ މިންވަރު އިތުރުވެފައިވާކަމަށް ސައިންސުވެރިން ބުނެއެވެ.

ހަބުލް ޓެލެސްކޯޕުން މިހާތަނަށް ޖައްވުގެ އެތައް ލައްކަ ފޮޓޯތަކެއް ވަނީ ނަގައިފައެވެ. މި ފޮޓޯތަކުގެ ތެރޭގައި ދުނިޔޭގެ ފޮޓޯތަކާއި އެހެން ޕްލެނެޓްތަކުގެ ފޮޓޯތަކާއި ތަރިތައް އަދި ޖައްވުގެ އެހެނިހެން ފޮޓޯތައްވެސް ހިމެނެއެވެ.

ނާސާއިން މިހާރު އަންނަނީ ހަބަލް ޓެލެސްކޯޕަށްވުރެ ވަރުގަދަ ޓެލެސްކޯޕެއް ޖައްވަށް ފޮނުވުމަށް މަސައްކަތް ކުރަމުންމެވެ.