ފިލިޕީންސްގެ ކުރީގެ ރައީސް ބެނީނޯ އެކީނޯ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް އަވަހާރަވެއްޖެއެވެ.

ބެނީނޯ އެކީނޯ އަވަހާރަވިއިރު އޭނާގެ އުރުމުފުޅަކީ 61 އަހަރެވެ. އޭނާ ވަނީ 2010 ވަނަ އަހަރުން 2016 ވަނަ އަހަރާ ހަމައަށް ފިލިޕީންސްގެ ވެރިކަން ކުރައްވައިފައެވެ.

ބެނީނޯ އެކީނޯ ފިލިޕީންސްގެ ރައީސްކަން ކުރެއްވި އިރު އޭނާގެ މަންމާފުޅާއި ބައްޕާފުޅަކީވެސް އެ ގައުމުގެ ސިޔާސީ ދާއިރާގައި ފާހަގަ ކޮށްލެވޭ ދެ ބޭފުޅުންނެވެ. އެގޮތުން އޭނާގެ މަންމާފުޅު ކޮރަޒަން އެކީނޯ ވަނީ 1986 އިން 1992 ވަނަ އަހަރަށް އެ ގައުމުގެ ވެރިކަން ކުރައްވައިފައެވެ.

ދެހާސް ނުވަ ވަނަ އަހަރު ކޮރަޒަން އަވަހާރަވި އިރު އޭނާ އަކީ ފިލިޕީންސް ރައްޔިތުންގެ މެދުގައި މަގުބޫލު ލީޑަރެއްކަން ފާހަގަ ކުރެވެއެވެ. އެކީނޯގެ ބައްޕައަކީ ފިލިޕީންސްގެ ކުރީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެކެވެ.

އެކީނޯއަކީ އޭނާގެ އާއިލާގައި ހުރި ހަމައެކަނި ފިރިހެން ކުއްޖާއެވެ. ސިޔާސީ ދާއިއަށް ވަނުމުގެ ކުރިން އެ އާއިލާ އިން މަސައްކަތް ކުރީ ހަކުރު ވިއްކުމުގެ ވިޔަފާރީގައެވެ.

ހަ އަހަރު ފިލިޕީންސްގެ ވެރިކަން އެކީނޯ ކުރެއްވި އިރު އޭނާގެ ޒައާމަތުގައި އެ ގައުމުގައި ސިޔާސީ ގޮތުންނާއި އަދި ގުދުރަތީ ގޮތުން ވެސް އެކި ހާދިސާތައް ހިނގާފައި އެބަ ހުއްޓެވެ. އެގޮތުން އެކީނޯގެ ވެރިކަމުގައި 2013 ވަނަ އަހަރު ފިލިޕީންސް އަށް އައި ބާރުގަދަ ތޫފާނުގައި އެ ގައުމުން 6،000 މީހުންގެ ފުރާނަ ދިޔައެވެ.

އެކީނޯގެ ވެރިކަމުގައި ފަސް ވަނަ އަހަރުގައި ހިނގި އިތުރު ހާދިސާއަކީ ގެއްލިގެން މީހަކު ހޯދުމަށް އެ ގައުމުގެ ސިފައިން ހިނގި އޮޕަރޭޝަނެއްގައި ސިފައިންގެ 44 މީހުން މަރުވި ހާދިސާއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ރަދީފް

  ''ވަގުތު ނޫސް'' ކަހަލަ ފާސްޓް ނޫހެއް ރާއްޖޭގަ ނެތް.ހުރިހާ ހަބަރެއް ބަރާބަރަށް އެެބަކަވާ ކުރޭ.ގޭގަ ސައިބޯން އިން ވަގުތު އަލްޖަޒީރާގެ ހެނދުނު 8 ގެ ހަބަރުން ބްރޭކިން ނިއުސްގެ ގޮތުގަ މިހަބަރު މަަށަށް ފެނުނީ.އަދި ދިވެހި އެންމެ ނޫހެއްގަ ވެސް މި ހަބަރު ނެތްކަން %99 ޔަގީން.ސާބަހޭ ބްރޯސް.ތިގޮތުގަ ކުރިއަށް ވަޑައިގަންނަވާ.ގުޑް ލަކް.ވ.ވެދުން

  4
  1
 2. ރަދީފް

  މެކަފީގެ މަރުގެ ވާހަކަ އިން ހަބަރަށް މަ ފޮނުވި ކޮމެންޓް ނުޖެހީ ކަލޭމެންނަށް ''މަދަހަ ސަނާ'' ކިޔާފަ ނެތިގެން ދޯ.މިހެން ނަހައްދަވާ.ފާޅުކުރާ ހިޔާލު ޕަބްލިޝްކުރަން ޖެހޭނެ.ބައެއްފަހަރު ހަބަރު ލިޔުންތެރިޔާއަށް ނޭނގޭ ކިތަންމެ މައުލޫމާތެއް ކިޔުންތެރިންނަށް ވެސް އެނގި ކޮމެންޓްގަ އެވާހަކަތައް ލިޔާނެ.ވ.ވެދުން

  3
  1
 3. ރަދީފް

  ''ފާސްޓް'' / ''ކުއިކް'' މިބަހަށް ދިވެހިން ކިޔާ ނަމުން ނަން ދީގެން ވެސް ބަޔަކު އޮންލައިން ނޫހެއް އެބަ ހިންގާ.ނަމަވެސް ހަމަ ސުމެއް. ހެހެހެހެހެހެ.އިފް ޔޫ ނޯ ވަޓް އައި މީން.ވ.ވެދުން

  3
  1