ދެކުނު އެފްރިކާގައި އަންހެނަކު އެއްމާބަނޑު 10 ކުދިން ވިހެއި ކަމަށް ބުނެ މި މަހުގެ ކުރީކޮޅުގައި ދައްކާފައިވަނީ ދޮގު ވާހަކައެއް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ދެކުނު އެފްރިކާއަށް ނިސްބަތްވާ މި އަންހެން މީހާ އެއްމާބަނޑު 10 ކުދިން ވިހެއި ކަމަށް ބުނެ ދުނިޔޭގެ ރިކޯޑު ފޮތުން ވަނީ ޖާގަ ހޯދާފައެވެ. އޭނާއަށް ލިބިފައިވަނީ ހައް ފިރިހެން ކުދިންނާއި ތިން އަންހެން ކުދިންނެވެ.

ބީބީސީއިން ރިޕޯޓު ކޮށްފައިވާ ގޮތުން އެއްމާބަނޑު 10 ކުދިން ލިބުން ކަމަށް ބުނެ މި އަންހެން މީހާ ދައްކާފައިވަނީ ދޮގު ވާހަކައެކެވެ. ގައުޓެންގް ޕްރޮވިންސްގެ އެއްވެސް ހޮސްޕިޓަލެއްގައި އެއްމާބަނޑު 10 ކުދިން ވިހައިގެން ރިކޯޑު ކޮށްފައިނުވާ ކަމަށް ބުނެފައިވެއެވެ. ޓެސްޓުތަކުން ދައްކާގޮތުން މި ފަހުގެ ތާރީހެއްގައި ގޮސިއާމޭ ތަމާރާ ސިތޯލް ނަމަކަށް ކިޔާ މި އަންހެން މީހާ މާބަނޑުވެފައެއް ނުވެއެވެ.

އުުުރުން 37 އަހަރުގެ މި އަންހެން މީހާ ނަފްސާނީ މައްސަލައެއް ހުރިތޯ ބެލުމަށް އޮބްޒާވް ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.

ދެކުނު އެފްރިކާއަށް ނިސްބަތްވާ މި ދެމަފިރިންނަށް އެއްމާބަނޑު 10 ކުދިން ލިބުން ކަމަށް ބުނުމުން މީހުންގެ ދީލަތި އެހީތައް ލިބެން ފެށިއެވެ.

ބައިނަލްއަގްވާމީ މީޑިއާތަކުގައި އެއްމާބަނޑު 10 ކުދިން އުފަންވީ ވާހަކަ ދެކެވެން ފަށާފައިވަނީ އެކުދިން ލޮލަށް ނުވެސް ފެނި ކަމަށާއި، އާއިލާއިން ބުނި ބަހުގެ މައްޗަށް ބިނާކޮށް ކަމަށް ރިޕޯޓުތައް ބުނެއެވެ. މޭޔަރުވެސް މި ކުދިން އުފަންވެފައިވާކަމަށް ބުނެ މީޑިއާތަަކަށް މައުލޫމާތު ދީފައިވާއިރު ކުދިން ފެނިފައިނުވާ ކަމަށް ބީބީސީއިން އިއްޔެ އާންމުކުރި ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޙެހެ

  އިސްތިއުފާ

  11
  2
 2. Anonymous

  ކަ މުގެ ހަގީގަތްހޯދާ ސާފުޚަބަރު ނޫނީ މީޑިއާތަކުންވެސް އެއްވެސް ޚަބަރެއް ފަތުރައިގެން ނުވާނެ!! ސާފުނޫން ޚަބަރެއް ނޫސްވެރިންވެސް ނޫސްތަކުގައި ލިޔެގެންވެސް ނުވާނެ ނޫންތޯ؟؟؟

  25
 3. ބޯޖަލީލު

  އަހަރެން 1000 ކުދިން ވިހަން ހިތަށްއެރި ދެން ދުނިޔޭގެ ރިކޯޑުފޮތަށް އަރުވާ ، ތިޔަ ރިކޯޑު ފޮތް ގެންގުޅެނީވެސް ބީތާ ތަކެއްތާ

  16
 4. ކޮޔާ

  ނަސީބެއްނު ތިވާހަކަ ބުނިކަން. މަވެސް މިއުޅެނީ އެދެމީހުން ކައިރްި ބުނަންކަމަށް 1 ސެޓް މަށަށް ދޭށޭ.