ކޮވިޑް-19 އިން ދިފާއުވުމަށް ހުރިހާ ގައުމަކުން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ގައުމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ސިންގަޕޫރުން އެ ބައްޔަކީ އާންމު ރޯގާ ފަދަ މޫސުމީ ބައްޔެއްގެ ގޮތުގައި ކަނޑަައަޅައިފިއެވެ.

މިގޮތަށް ކަނޑައެޅުމާއެކު މީގެ ފަހުން ވޭދަނަތައް މުޅިން ނައްތާލުމަށް ސިންގަޕޫރުން މަސައްކަތް ނުކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ދަތުރު ކޮށްފައި އަންނަ މީހުން ކަރަންޓީންވާން ނުޖެހުމާއި، ފައްސިވީ މީހަކާއި ގާތުން އެއްތާވި ކަމުގައި ވިޔަސް މީގެ ފަހުން އެކަހެރިވާން ނުޖެހޭނެކަމަށް ސިންގަޕޫރުން އެކުލަވާލައިފައިވާ އާ ޕްލޭންގައި ބަޔާން ކޮށްފައިވެއެވެ. އޭގެ އިތުރުން އެ ޕްލޭންގެ ދަށުން ދުވާލެއްގެ މައްޗަަށް ފައްސިވާ މީހުންގެ އަދަދު ވެސް އިއުލާން ނުކުރަން ވަނީ ނިންމާފައެވެ.

ނަމަވެސް، ފިހާރައަށާއި މަސައްކަތުގެ މާހައުލަށް ނުކުންނަނަމަ ޓެސްޓު ހަދަން ޖެެހެއެެވެ. ސިންގަޕޫރު އިސް މިނިސްޓަރުން ވިދާޅުވަނީ މިއީ 'ނިއު ނޯމަލް' ގައި ކޮވިޑާއި އެކު ދިރިއުޅުން ކަމަށެވެ.

ވައިރަހާއި އެކުގައި އުޅެވިދާނެ ކަމުގެ ހަބަރާއި އެކު ސިންގަޕޫރުގެ މިނިސްޓަރުން ވަނީ ކޮވިޑް މުޅިން ފިލައިގެން ނުގޮސްދާނެ ކަމުގެ ބިރުވެރި ހަބަރު ވެސް ދީފައެވެ. މާނަ އަކީ އެހެން ބަލިތަކެކޭ ވެސް އެއްފަދައިން މުޖްތަމައުތެރޭގައި ކޮވިޑްގެ ވޭދަނަތައް އަބަދުވެސް ކޮންމެވެސް ވަރަކަށް އުޅެދާނެ ކަމެވެ.

ސިންގަޕޫރުގައި މިދިޔަ އަހަރު ކޮވިޑްގެ ވޭދަނަތައް އިތުރުވިއެވެ. އެޕްރީލް މަހުގެ މެދުތެރެއިން ދުވާލެއްގެ މައްޗަށް 600 މީހުން ކޮވިޑަށް ފައްސިވެ ރިޕޯޓު ކޮށްފައިވެއެވެ. ނަމަވެސް، މިހާރުގެ ހާލަތަށް ބަލާއިރު ދުވާލެއްގެ މައްޗަށް ފައްސިވެ ރިޕޯޓު ކުރަމުން ދަނީ ވިއްސަކަށް މީހުންނެވެ.

ސިންގަޕޫރުން ކޮވިޑަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު 62،544 އަށް އަރާފައިވާއިރު، ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދަކީ 36އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގިނަމަދު

    ހަލީމާއްތަގެ ހާލު ކިހިނެއްބާ އަނެއްކާ ހަލީމާއްތަވެސް ގެންގުޅޭއެއްޗަކައްވީތަ މިތާނގަވެސް ތީތި ގެންގުޅެނީ ތިޔަކަހަލަ ގޮތަކައް

    5
    1
  2. ޓަކިބެ

    ސަޅި. ރާއްޖެއިން ސިންގަޕޯ ނަމޫނާްަކަށް ބަލަންޖެހޭ.

    16
    10
  3. ހަވާސާ ހަމީދު

    މީކަންޑައެޅިގެން ދޮގެއް ! މީކަންޑައެޅިގެން ދޮގެއް ! މީކަންޑައެޅިގެން ދޮގެއް ! މީކަންޑައެޅިގެން ދޮގެއް !