ސިންގަޕޫރުގައި ހެރޮއިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި އުމުރުން 39 އަހަރުގެ ފިރިހެނަކަށް މަރުގެ އަދަބު ދީފިއެވެ.

މިއީ މިފަދަ މައްސަލަތަކުގައި މި އަހަރު ސިންގަޕޫރުގައި މަރުގެ ހުކުމް އިއްވި ފަސް ވަނަ ފަހަރެވެ.

މުހައްމަދު ޝަލޭހް އަދުލް ލަތީފްގެ މައްޗަށް މަރުގެ ހުކުމް އިއްވީ 2019 ވަނަ އަހަރު "ޓްރެފިކިންގެ ބޭނުމުގައި" ގާތްގަނޑަކަށް 55 ގްރާމްގެ ހެރޮއިން ގެންގުޅުނު ކަމުގެ ކުށުގައެވެ.

ސެންޓްރަލް ނާކޮޓިކްސް ބިއުރޯ (ސީއެންބީ) އިން ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ އަދަބު ތަންފީޒުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

ކޯޓުގެ ލިޔުންތަކުގައިވާ ގޮތުން މުހައްމަދު ޝަލޭހު 2016 ވަނަ އަހަރު ހައްޔަރު ކުރުމުގެ ކުރިން މަސައްކަތް ކުރީ ޑެލިވަރީ ޑްރައިވަރެއްގެ ގޮތުގައެވެ. ޝަރީއަތުގައި އޭނާ ވަނީ އޭނާ ފައިސާ ދައްކަން ޖެހޭ ރަހުމަތްތެރިއަކަށް މަނާ ސިނގިރޭޓް ޑެލިވަރީ ކުރި އެއްބަސްވެފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު 2022 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ސިންގަޕޫރުގެ ސަރުކާރުން ވަނީ މަރުގެ ހުކުމް ތަންފީޒު ކުރަން ފަށައިފައެވެ. އޭގެ ފަހުން ޝަލޭހު ވެގެން ދިޔައީ މަރުގެ ހުކުމް ތަންފީޒު ކުރަން ފޮނުވި 16 ވަނަ ގައިދީއަށެވެ.

ސިންގަޕޫރުން އިތުރު މީހަކަށް މަރުގެ އަދަބު ދީފައި މިވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށުގައި ސިންގަޕޫރުން ގާތްގަނޑަކަށް 20 އަހަރުގެ ތެރޭގައި ފުރަތަމަ އަންހެނަކަށް މަރުގެ އަދަބު ދިންތާ ހަފުތާއެއް ނުވަނީސް ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހާސްވީ

    މިރާއްޖޭގައި އަޅެ މިކަންކުރާނަމަ ބީތާވެގެން މިއުޅޭ ގްރޫޕްގަނޑު މައިތިރިވެދާނެ.

    18
  2. ކައުންސެލަރު

    އިތުރުވާހަކަ ނުދައްކާ. މިރާއްޖެއަކީ މުސްލިމު ޤައުމެއް. ވަރަށް ސަލާން

    6
    1
  3. އައު

    ބީތާވެގެން އުޅޭގުރޫޕެއްނޫން ސިޔާސީޑުރަގުލީޑަރުން.

    6
    1
  4. ޙައްލަކީ އުމަރު

    ސިންގަޕޫރު ތަރައްގީވީ މަސްތުވާތަކެތި އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދޭތީ. މިރާއްޖޭގައި އުމަރު ފިޔަވާ ފިޔަވާ ހުރިހާ ސިޔާސީ މީހުން އުޅެނީ ޑްރަގު އެތެރެކުރާ މީހުންނާ ކޯލީޝަން ހެދޭތޯ.