ސިންގަޕޫރުގެ އާ ރައީސްއަކަށް އިންޑިއާ ދަރިކޮޅުގެ ބޭފުޅެއް ހޮވިވަޑައިގެންފިއެވެ.

އިއްޔެ ސިންގަޕޫރުގައި ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވީ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އެއީ 70.4 ޕަސެންޓް ވޯޓުންނެވެ.

ވެރިކަން ކުރާ ޕީޕަލްސް އެކްޝަން ޕާޓީން ލީޑަރު ކަންވެސް ކުރެއްވި ތާމަން ރައީސްކަމަށް މި ފަހަރު ހޮވިވަޑައިގެންނެވީ އަމިއްލަ ގޮތުން ވާދަ ކުރައްވައިގެންނެވެ.

ތާމަންއާއެކު އިންތިހާބުގައި ވާދަކުރެއްވީ ޗައިނީސް ދަރިކޮޅުގެ ދެ ބޭފުޅުން ކަމަށްވާ އެންގީ ކޮކް ސޮންގް އަދި ޓޭން ކިން ލިއާން އެވެ.

މިއީ ސިންގަޕޫރުގައި އިންޑިއާ ދަރިކޮޅުގެ ބޭފުޅަކު ރައީސްކަން ކުރައްވާނެ ތިން ވަނަ ފަހަރެވެ. މީގެ ކުރިން ސެއްލަޕަން ރާމަނަތަން އަދި ޗެންގްރާ ވީތިލް ދެވާން ނައިރު ކިޔާ ބޭފުޅަކު ވެސް އެ ގައުމުގެ ރައީސްކަން ކުރައްވާފައި ވެެއެވެ.

ރައީސް ކަމަށް ހޮވިވަޑައިގަތުމަށް ފަހު ތާމަން ވިދާޅުވީ ކުރިމަގަށް ބޮޑެތި އުއްމީދުތަކެއް އެބައޮތް ކަމަށާއި އެންމެން ގުޅިގެން ކުރިއަށް ދެވޭނެ ކަމަށެވެ.

ތާމަން ވަނީ މީގެ ކުރިން ބޮޑުވަޒީރުގެ ނާއިބުގެ މަގާމުވެސް ފުރުއްވައިފައެވެ. ތަމަޅައިންގެ ނަސްލަށް ނިސްބަތްވާ ތާމަން އަކީ އިކޮނޮމިސްޓެކެވެ.

ތާމަން ރައީސްކަމަށް ހޮވި ވަޑައިގަތް ނަމަވެސް އެ މަގާމަކީ ރަމްޒީ މަގާމެކެވެ. ނަމަވެސް ސަރުކާރު ހިންގުމުގައި އެކި ކަންކަމުގައި އެހީތެރިވެދޭނެއެވެ.

ބަރުލަމާނީ ނިޒާމަކަށް ހިންގާ ސިންގަޕޫރުގެ ވެރިޔާއަކީ ބޮޑުވަޒީރެވެ. މި ވަގުތު ސިންގަޕޫރުގެ ބޮޑު ވަޒީރުގެ މަގާމުގައި ހުންނަވަނީ ލީ ސެއިން ލޫންގްއެވެ.

ތާމަން ސިންގަޕޫރޫގެ ރައީސްކަމަށް ހޮވި ވަޑައިގެންނެވި އިރު އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ މަގާމުގައި ވެސް މިހާރު ހުންނެވި ރިޝީ ސުނާކްއަކީ ވެސް އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސައްތާރު

    މިމީހުން މުޅި ދުނިޔޭގަ އުނދަގުލެއް ސަހާދެއް !
    ބޯ ނުކޮއްޕާ ތަނެތް ނެތް

    19
    3
    • ޑޮނީ

      ޖޭވަނީ ދޯ..😂

      2
      8
    • ޑޖދިެނ

      .ރާއްޖޭގެ ވެރިޔަކަށް އިންޑިއާ ދަރިކޮޅު މީހަކުު ހުރުމަށް ވުރެ އިންޑިއަަ އަށް ފައިދާ ބޮޑުވާނީ އިބޫ ހުރެގެން.

      1
      1
  2. މީ

    މިއީ ބޮޑު ބަލާއެއް

    23
    3
  3. ސޭކު

    ށސޯ އަހަރަމެންނަށް ވެސް ލިބިފައިފައ މިވަނީ ތީގެ ބްރާނޗެއ

    18
    2
  4. ޒަރީނާ

    ޕީޕީއެމުން ވަރަށްހިތްހަމަނުޖެހޭނެކަމެއް. ސިންގަޕޫރަށް މުޒާހަރާކުރަންދާންޖެހިފަތިއޮތީ.

    6
    20
  5. Anonymous

    ރާއްޖޭގެ ވެރިއަކަށް ވެސް އިންޑިއާ މީހަކު އަތުވެދާނެއެވެ. އިނގިރޭސިވިލާތުގެ ވެރިޔަކީ ވެސް އިންޑިއާ މީހެކެވެ. އެމެރިކާގެ ނާއިބު ރައީސަކީ ވެސް އިންޑިއާގެ މީހެކެވެ. ... އެންމެފަހުން ސިންގާ-ޕޫރުގެ ވެރިއަކަށް މި ވީ ވެސް އިންޑިއާ މީހެކެވެ. މަރްޙަބާ ރައީސް ތާމަން. ސިންގާ-ޕޫރަކީ އިންޑިއާގެ ގޮނޑިކޮއްކޮ ޕަޕެޓަކަށް ހަދާލާތި، އިނގޭ.

    4
    6
  6. ޑޮނީ

    އެމެރިކާގަ މިއަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގަ ރިޕަބްލިކަންސް ޕާޓީގެ ކެނޑިޑޭޓަށްވެސް އިންޑިޔާ ދަރިކޮޅުގެ މީހަކު އެބަހުރި. އޭނާގެ ނަމަކީ ވިވެކް ރާމްސްވާމީ.

    3
    5
  7. ޙުސައިން މޫނާބޭ

    މި ދިވެހިންގެ ތެރޭގައިވެސް އިންޑިޔާ ނަސްލުގެ މީހުން އެބަތިބި ނަމަވެސް އެމީހުންނަކީ އިންޑިޔާ މީހުންނެއްނޫން, އިންޑިޔާ ނަސްލުގެ މީހުން ތިބުމަކީ އިންޑިޔާއަށް ވިކިހުސްވަން ޖެހޭކަމެއްނޫން އަދި ޗައިނާ ނަސްލލުގެ މީހުން ތިބުމަކީ ޗައިނާއަށް ވިކިހުންވަން ޖެހޭކަމެއްނޫން! އިންޑިޔާ މިލިޓްރީ އައުޓް

    • Anonymous

      އެމީހުން އުޅެނީ ވަރަށް ބޮޑަށް އިންޑިޔާ ވެގެންނެވެ. އިންޑިއާ މީހުން ދިވެހިންނާ ކާވެނިކޮށްގެން ލިބިފައިވާ ކުދިން ވެސް އުޅެނީ އިންޑިއާ ހެދިގެންނެވެ. އެމީހުން ޔޯގާވެސް ހަދައެވެ. ބަގުވާނަށް ބައްތިވެސް ދިއްލައި ދުންއަޅައެވެ.

  8. ޛރުން

    ރާއްޖޭގެ ވެރިޔަކަށް އިންޑިއާ ދަރިކޮޅު މީހަކުު ހުރުމަށް ވުރެ އިންޑިއަަ އަށް ފައިދާ ބޮޑުވާނީ އިބޫ ހުރެގެން.