ރާއްޖޭގައި އެންމެ ގިނަ ރިސޯޓް ހިންގާ ބިލިއަނަރުންގެ ތެރޭގައި ހިމެނޭ ސިންގަޕޫރުގެ ބިލިޔަނަރު އޯންގް ބެންގް ސެންގް ހައްޔަރު ކޮށްފިއެވެ. ނަމަވެސް ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމުން ކަފާލާތުގެ ދަށުން ސްންގް ވަނީ މިހާރު ދޫކޮށްލާފައެވެ.

ކަފާލާތުގެ ދަށުން ސްންގް ބަންދުން ދޫކޮށްލި ނަމަވެސް ކޯޓުން ވަނީ އޭނާ ފުރުން މަނާކޮށް ޕާސްޕޯޓް ހިފަހައްޓާފައެވެ.

އޭނާގެ ހިއްސާ އޮންނަ ނުވަ ރިސޯޓެއް ރާއްޖޭގައި ހިންގައެވެ. އެއީ ފޯ ސީޒަންސް ކުޑަ ހުރާ، ފޯ ސީޒަންސް ލަނޑާގިރާވަރު، ފޯ ސީޒަންސް މޯލްޑިވްސް އެކްސްޕްލޯރާ، ފޯ ސީޒަންސް ޕްރައިވެޓް އައިލެންޑް ވޯވަށް، ގިލި ލަންކަންފުށި، ހޮލިޑޭ އިން، ކަނޑޫމާ ސިކްސް ސެންސަސް، ކަނުހުރާ ސިކްސް ސެންސަސް ލާމު، އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓެވެ. އޭގެ އިތުރުން އޭނާގެ އަނބިމީހާގެ ނަމުގައި ވެސް ރާއްޖޭގައި ދެ ރިސޯޓެއް ހިންގައެވެ.

ސްންގްގެ މައްޗަށް ސިންގަޕޫރުގެ ކަމާބެހޭ ފަރާތްތަކުން ކުރަނީ އެގައުމުގެ ޓްރާންސްޕޯޓް މިނިސްޓްރީން މެދުވެރިކޮށް ސްންގްގެ ސިންގަޕޯ ލިސްޓެޑް ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑްއަށް ކޮރަޕްޝަނުން ޕްރޮޖެކްޓެއް ހޯދުމުގެ ތުހުމަތެވެ.

މިމައްސަލަ އާއި ގުޅިގެން ސިންގަޕޫރުގެ ޓްރާންސްޕޯޓް މިނިސްޓަރު ވެސް މިހާރު ވަނީ މަގާމުގެ ޒިންމާތަކުން ދުރުކޮށްފައެވެ.

ސްންގްގެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސްންގްގެ މައްޗަށް އެންޓި ކޮރަޕްޝަން އިދާރާ އިން ތުހުމަތު ކުރާ މައްސަލައިގެ ތަހްގީގަށް ސްންގް އެއްބާރުލުން ދެމުން ގެންދާ ކަމަށެވެ. ނަމަވެސް މައްސަލައިގެ ތަފްސީލެއް އަދި އެއިދާރާ އިން ހާމަކޮށްފައެއް ނުވެއެވެ.

އުމުރުން 79 އަހަރުގެ ބިލިއަނަރު ސްންގްގެ ހިއްސާ އޮންނަ 38 ހޮޓަލެއް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުން އެބަގެންދެއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަޝްހޫރު ކޮމޯ، ފޯ ސީޒަން، ހާޑް ރޮކް އަދި ކޮންކޯޑް އަކީ ސްންގްގެ ހިއްސާ އޮންނަ ކުންފުނިތަކެވެ.

މިހާރު ސިންގަޕޫރުގެ ރައްޔިތެއް ކަމުގައި ވީނަމަވެސް ސްންގް އުފަންވީ މެލޭޝިއާ އަށެވެ. އޭނާ ވަނީ ސިންގަޕޫރުގައި ގިނަ އިންވެސްޓްމަންޓްތަކެއް ކޮށްފައެވެ. އޭނާ އެންމެ ފާހަގަ ކުރެވެނީ 2008 ވަނަ އަހަރު ފޯމިއުލާ ވަން ކާރު ރޭސް ސިންގަޕޫރުގައި ބޭއްވުމަށް ކުރަން ޖެހުނު ކަންކަންކޮށް ފޯމިއުލާ ވަން ރޭސް ސިންގަޕޫރަށް ގެންދިޔަ ވިޔަފާރިވެރިޔާ ގޮތުގައެވެ.

ފޯސްބް އިން ލަފާކުރާ ގޮތުގައި ސްންގްގެ މިލްކިއްޔާތުގައި 1.75 ބިލިއަން އެމެރިކާ ޑޮލަރު ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    މިވަރު މީހުންވެސް ފައިސާގައި ޖެހޭތަ.
    ގުދުރަތީ ރީތިކަން ވިއްކާ މިނޫނީ ނޯންނާނެ މިހާފައިދާބޮޑު ވިޔަފާރިއެއް.

    ދެން ބުނާނެ ޔާމީނަކީ މުއްސަންޖެކޭ އޭނާކީއްކުރާ ފައިސާތަކެއްހޭ.

    ބުނަންޖެހޭނީ މައުމޫނުބޭވެސް ރަން 30 އަހަރު ޔާމީނު ސައިޒުކޮށްފަ ބަހަށްޓާނީ ކޮންމެވެސް ކަންތައްގަނޑެއް ހިންގާފާނެތީތާ. ޕަކާސް

    13
    25
    • އިބުރާހީމު

      ރޯ ދޮގު ހިޔާލީ ވާހަކަ ނުދައްކާ. މައުމޫން އިރު އެސް ޓީ އޯ ހިންގާލީ ޔާމީނުގެ ލީޑާޝިޕްގެ ދަށުން. މައުމޫން އިރު ޔާމީނު ހުރީ ސައިޒު ކޮއްފައެއް ނޫން.

      18
      4
    • މިގުލް

      ކޮރަޕްޓް ލާރި ދިނީ ބިލިއަނަރެ މޮޔައެއް ދޯ ތީ

      2
      4
    • ފޯސްބް

      ވަރަށް ދެރަ

  2. މީދޯ

    ވަހީދު ބުނާނެ ޗޯރޭ ފައިސާގަ ޖެހޭވަރަށްވުރެ ތަނަވަހޭ، ބަލަ އޮންގ އަތުގަ ފައިސާ މަދުތަ.

    22
  3. ވިކިލީކްސް

    މިއީ ރާއްޖޭގެ ވަގުންނާ ގުޅިފަ ހުރި ބޮޑު ވަގެއް. ދިއްދޫ އަލިމަނިކުގެ ޓްރެޝަރއައިލެންޑް ކުމްފުނީގެ ރަށްވެސް މީނާ ކަށްވާލި

    18
    1