އިރާނުގެ މަދަދު ލިބިގެން ސީރިއާ އާއި އިރާގުގައި ހަރަކާތްތެރިވަމުން އަންނަ ހަނގުރާމަވެރި ޖަމާއަތްތަކަށް އަމާޒުކޮށް އެމެރިކާގެ އަސްކަރިއްޔާއިން ދިން ވައިގެ ހަމަލާތައް އިރާގުގެ ސަރުކާރުން ކުށްވެރި ކޮށްފިއެވެ.

އެމެރިކާއިން ސީރިޔާ އާއި އިރާގަށް އެމެރިކާއިން ދީފައިވާ ހަމަލާތައް ދިރާސާކޮށް އެފަދަ ހަމަލާއެއް ތަކުރާރު ވިޔަ ނުދިނުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރާނެކަމަށް އިރާގުގެ ސަރުކާރުން ބުނެއެެވެ.

ހަމަލާއާ ގުޅިގެން ބޭއްވި ކުއްލި ކެބިނެޓް ބަައްދަލުވުމެއްގައި މަޝްވަރާ ކުރަމުން އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލް ކަޒީމީ ވިދާޅުވީ އެެމެރިކާއިން އަނެެއްކާ ވެސް އެގައުމަށް އަރައިގަތީ ކަމަށެވެ. އަދި އިރާގަކީ ވެސް މިނިވަން ދައުލަތެއް ކަމަށާއި، އެމެރިކާއިން ކުރާހާ ކަމަކަށް ރުހިގެން ނުތިބޭނެކަން ހަނދާން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ސީރިޔާ އާއި އިރާގުގެ ބައެއް ސަރަހައްދުތަކަށް ބޮން އަޅައި މިސައިލް ހަމަލާ ދީފައިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އަމުރަށެވެ. މިއީ ބައިޑެންގެ ވެރިކަމުގައި އިރާގަށް ހަމަލާ ދިން ފުރަތަމަ ފަހަރެވެ.

އެމެރިކާ އިން ބުނި ގޮތުގައި މި ހަމަލާ ދިނީ އިރާނުގެ މަދަދުވެރިކަމާއެކު ހަރަކާތްތެރިވާ ހަނގުރާމަވެރިންތަކަކަށް ކަމަށެވެ. އަދި އެމެރިކާގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަަމަލާ ދީފައިވާނީ ހަނގުރާމަވެރިން ހަތިޔާރު ރައްކާކުރަން ބޭނުންކުރާ ގުދަންތަކަކަށް ކަމަށެވެ. އެގޮތުން، ސީރިޔާގެ ދެ ގުދަނަކާއި އިރާގުގެ ގުދަނަކަށް ހަަމަލާ ދީފައިވެއެވެ.

ބައިޑެން ނެރުނު އަމުރުގައި ބުނެފައިވަނީ އެއްވެސް މީހަކަށް އަނިޔާނުވާނެހެން ހަތިޔާރު ރައްކާކުރާ ގުދަންތަކަށް ހަމަލާ ދިނުމަށެވެ. ނަމަވެސް، އިންސާނީ ހައްގުތައް ހޯދަން ވަކާލާތުކުރާ ޖަމާއަތްތަކުން ބުނަނީ މި ހަމަލާގެ ސަބަބުން ހަތް މީހަކު މަރުވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޑޫ ޝަކުވާ ބޯޓު

    ♤ޝަކުވާ

    •އެމެރިކާއިން ސީރިޔާ އާއި އިރާގަށް އެމެރިކާއިން ދީފައިވާ ހަމަލާތައް