މުސްތަގުބަލުގައި މަލާވީގެ ރައީސް އަކަށް އެޑޮޕްޓްކޮށްގެން ގެންގުޅޭ ދަރިފުޅު ޑޭވިޑް ބަންޑާ ވާނެ ކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ މެޑޯނާ ބުނެފި އެވެ.

އެމެރިކާއަށް ނިސްބަތް ވާ އަދި ދިވެހި އެތައްބަޔެއްގެ ހިތް ތަކުން ޖާގަ ހޯދާފައިވާ ލަވަކިޔުންތެރިޔާގެ ހަ ދަރިންގެ ތެރޭން ހަތަރު ކުދިންނަކީ މަލާވީން އެޑޮޕްޓްކުރާ ކުދިންނެވެ.

މެޑޯނާ އެޑޮޕްޓްކުރާ ހަތަރު ކުދިންގެ ތެރޭން އެންމެ ދޮށީ 12 އަހަރުގެ ޑޭވިޑް ބަންޑާ އެވެ. އެގައުމުގެ ގާނޫނު ބުނާ ގޮތުން އެ ގައުމުގެ ކުއްޖަކު އެޑޮޕްޓްކުރާ ނަމަ އެ ކުއްޖެއްގެ މައިންބަފައިންނަށް ވާން ބޭނުންވާ މީހުން މަލާވީގައި މަދުވެގެން އެއް އަހަރު ދިރިއުޅެން ޖެހެ އެވެ.

އެހެން ކުއްޖަކު އެޑޮޕްޓް ކުރަން މެޑޯނާ ހުށަހެޅުމުން މަލާވީގެ ހައި ކޯޓުން 2009 ވަނަ އަހަރު ވަނީ މެޑޯނާގެ ހުށަހެޅުމަށް ދެކޮޅު ހަދައިފަ އެވެ. އެކަމަކު އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ދެ ވަނަ ކުއްޖަކު އެޑޮޕްޓް ކުރުމުގެ ހުއްދަ މެޑޯނާ އަށް ވަނީ ދީފަ އެވެ.

ލަވަކިޔުތެރިއާ މެޑޯނާގެ މައްޗަށް 2013 ވަނަ އަހަރު ވަނީ މަލާވީ ސަރުކާރުގެ އިސް ބައެއް މީހުންނަށް ހަންގާ ކުރުމުގެ ތުހުމަތުކޮށްފަ އެވެ. މެޑޯނާ ޗެރިޓީ އުފެއްދީ 2006 ވަނަ އަހަރު އެވެ. މެޑޯނާ، ޑޭވިޑް އެޑޮޕްޓް ކުރީ ވެސް އެ އަހަރު އެވެ.

މަލާވީގައި މެޑޯނާ އެއް އަހަރު ދިރިއުޅެފައި ނުވާތީ އެތައް ބަޔަކު ވަނީ ފާޑުކިޔައިފަ އެވެ. އެކަމަކު ގާނޫނުގެ މި މާއްދާ އިން މެޑޯނާ އަށް ވަނީ ލުއިތަކެއް ދީފަ އެވެ.އުމުރުން 58 އަހަރުގެ މަޝްހޫރު ލަވަކިއުންތެރިޔާ ބުނެފައިވަނީ، ރުޅިއައުމުން އެއްވެސް ކަމެއް ހައްލުވާނެ ކަމަށް އޭނާ ނުދެކޭ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު