ސީރިއާގެ ސަރުކާރުން ރޮއްޓާއި ޑީސަލުގެ އަގު ބޮޑުކޮށްފިއެވެ.
އަހަރުތަކަކަށް ދެމިގެން ގޮސްފައިވާ ސިލްސިލާ ހަނގުރާމައިގެ ސަބަބުން ސީރިއާގެ ރައްޔިތުން ހާލުގައި ޖެހިފައިވަނިކޮށް އިތުރު ތުރާލެއް ދިނުމަށް އެގައުމުގެ ސަރުކާރުން ޒަރޫރީ ބޭނުމަށް ހޯދާ ތަކެތީގެ އަގު ބޮޑުކޮށްފައިވަނީ އެގައުމަށް ދިމާވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް ކަމަށް ބުނެއެވެ.
ރޮއްޓާއި ޕާނުގެ އަގު ކުރިން ވިއްކަމުން އައި އަގަަށް ވުރެ ދެ ގުނަ އިތުރުވެފައިވާ އިރު، ޑީސަލްގެ އަގު ވަނީ ތިންގުނަ އަށް މަތިވެފައެވެ.
މި ނިންމުން ނިންމާފައިވަނީ ޕެޓްރޯލުގެ އަގު 25 އިންސައްތައަށް ބޮޑުކުރަން ނިންމައި އެކަން ސީރިއާގެ ސަރުކާރުން އިއުލާންކުރިތާ މަދު ދުވަސްތަކެއްގެ ތެރޭގައެވެ.
ހަނގުރާމަ އާއި ހުޅަނގުގެ ގައުމުތަކުން ސީރީއާ އަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް ފާއިތުވި އަހަރުތަކުގައި އެތައް ފަހަރެއްގެ މަތިން އެގައުމުގެ ސަރުކާރުން ތެލުގެ އަގު ބޮޑުކޮށްފައިވެއެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ގައުމަށް ކުރިމަތިވެފައިވާ މާލީ ދަތިިތަކުން އަރައިގަތުމަށް ތެލުގެ އަގު ބޮޑުކުރަމުންދާ ސީރިއާގައި އެއީ ކަން ހިނގާނެ ގޮތްކަން ކުރިންވެސް ލަފާކުރެވިފައިވާ ގޮތް ކަމަށާއި، ނަމަވެސް މިހާރު ކާބޯތަކެއްޗާއި ބޭސްފަރުވާގެ އަގު އުފުލިގެން ގޮސްދާނެ ކަމުގެ ބިރުހީވެފައިވާ ކަމަށް އޭއެފްޕީ ނޫހަށް މައުލޫމާތުދެމުން ސީރިއާގެ ރައްޔިތަކު ބުނެފައިވެއެވެ.
ތަކެތީގެ އަގު ބޮޑުކުރުމާއެކު މުވައްޒަފުންގެ މުސާރަތައް 50 އިންސައްތައަށް ބޮޑުކޮށް، މިނިމަމް ވޭޖެއް ވަނީ ކަނޑައަޅައިފައެވެ. އެންމެ ކުޑަ އުޖޫރަ ހަމަޖައްސާފައިވަނީ 47،000 (18 ޑޮލަރު) ސޫރިޔާ ޕައުންޑުން 71،515 (28 ޑޮލަރު) ސޫރިޔާ ޕައުންޑަށެެވެ.
އޭގެ އިތުރުން ސަރުކާރަށް ހިދުމަތްކުރާ މުވައްޒަފުންނާއި އަސްކަރީ މުވައްޒަފުންގެ ޕެންޝަން ވަނީ 40 އިންސައްތައަށް އިތުރުކޮށްދީފައެވެ.
އެތަނުގަ ޑީސަލާއި ޕެޓްރޯލް ލިބެންހުރި އަގުޖަހަން ނޭނގުނުދޯ؟ މިއޮތީވާ ނޫސްވެރިކަމެއް!