ހައްޖުގެ އަޅުކަމާ އެކު، ކޮންމެ މުސްލިމް ފަސްގަނޑަކަށްވެސް އަންނަ އެންމެ އުފާވެރި ދުވަހަކީ އަޟްހާ އީދު ދުވަހެވެ. މި އީދު ދުވަހުގެ އުފާވެރިކަމާއި ހަރަކާތްތައް އެންމެ ފުރަތަމަ ފަށަނީ އީދު ނަމާދުންނެވެ. މުސްލިމުންނަށް އަންނަ މި މާތް އީދު ނަމާދުގައި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބޭ މުސްލިމުން ބައިވެރިވެއެވެ.
މުސްލިމުންގެ އަދުއްވުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ މި މި އުފާވެރި ދުވަސްތައް މުސްލިމުންގެ އަތުން އަތުލައިގަތުމަށެވެ. އިއްޔެ އަފްގާނިސްތާނުގައި ގިނަ މުސްލިމުންތަކެއް އީދު ނަމާދަށް ތިބީ ވެސް "މަރުގެ ތުންފަތް" މަތީގައެވެ.
އެ ގައުމުގެ ރިޔާސީ ގަނޑުވަރާ ދާދި ކައިރީގައި އީދު ނަމާދަށް ތިބި މީހުން ބުނީ ނަމާދަށް ތިއްބައި އެމީހުންގެ ބޯމަތިން މިސައިލު ހަމަލާތައް ދިޔަކަމަށް ކަމަށެވެ. އީދު ނަމާދަށް ތިބި ބައެއް މީހުން މީސް މީޑިއާއަށް ދޫކޮށްލާފައިވާ ވީޑިއޯތަކުންވެސް މިސައިލްތަކުގެ އަޑުފަށްގަނޑާއި، މީހުންގެ ހަޅޭއްލެވުމުގެ އަޑުތައް އިވެއެވެ. އަދި މި މިސައިލްތައް ކައިރި ހިސާބުތަކަށް ގޮވަމުން ދިޔަ އަޑުފަށްގަނޑު ވެސް އިވެއެވެ.
ނަމަވެސް އަފްޣާނިސްތާނުގެ މީޑިއާތަކާ ހަވާލާދީ "ޑެއިލީމެއިލް" ނަުހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިއްޔެގެ ހަމަލާތަކުގައި ނަމާދަށް ތިބި އެެއްވެސް މުސްލިމަކަށް އަނިޔާވެފައެއް ނުވެއެވެ.
އީދު ދުވަހަކީ ހައްޖުގެ މަތިވެރި އަޅުކަމަށް ފަހު މުސްލިމުންނަށް އުފާވެރިކަން ގެނުވައިދީ، ދޭދޭ ގުޅުންތައް ވަރުގަދަކޮށްދޭ ދުވަހެއް ކަމުގައި ވީނަމަވެސް އިއްޔެ އަފްޣާނިސްތާނުގެ މުސްލިމުން ފަދައިން ބައެއް ގައުމުތަކުގައި މި ދުވަސް ފާހަގަކުރަނީ ހިތާމައާއި ހިތް ނުތަނަވަސްކަމާއި ބިރުވެރިކަމާއެކުގައެވެ.
މުސްލިމުންގެ އަދު އްވުންނަކީވެސް ހަމަ މުސްލިމުންނެވެ.
މާތްﷲގެ ކުޅަދުންވަންތަކަ މާއެވެ.