ކޮވިޑް-19 ޖެހިގެން އިންޑޮނޭޝިއާއިން އިތުރު 1،881 މީހަކު މަރުވެއްޖެއެވެ.

އިންޑޮނޭޝިއާ އަކީ މިހާތަނަށް ބަލި ފެތުރިފައިވާ ގައުމުތަކުގެ ތެރެއިން 14 ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ގައުމަށްވާއިރު، އެގައުމަކީ މިހާރު ކޮވިޑްގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގައުމެވެ. އެ ގައުމުގައި ފަހަކަށް އައިސް އެ ބައްޔަށް ފައްސިވާ މީހުންގެ އަދަދުތަކާއި، އެ ބަލީގައި ނިޔާވާ މީހުންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ.

ފާއިތުވި 4 ގަޑިއިރު އެގައުމުން އިތުރު 1،881 މީހަކު މަރުވެ، ޖުމްލަ އަދަދު ވަނީ 104,256 އަށް އަރާފައެވެ. އަދި އިތުރު 39،532 މީހަކު ފައްސިވެ، ޖުމްލަ ފައްސިވި މީހުންގެ އަދަދު ވަނީ 3,607,863 އަށް އަރާފައެވެ.

އިންޑޮނޭޝިއާއިން އެއް ދުވަސް ތެރޭ އެންމެ ގިނަ މީހުން މަރުވެފައިވަނީ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 2،069 މީހަކު ވަނީ މަރުވެފައެވެ. އެހެން ކަމުން ފާއިތުވި 24 ގަޑިއިރު 1،881 މީހަކު މަރުވެ، އެދުވަސް ވެގެން ދާނީ ތިން ވަނަ އަށް އެންމެ ގިނަ މީހުން އެއްދުވަސް ތެރޭ މަރުވި ދުވަހަށެވެ.

އިންޑޮނޭޝިއާއަށް ކޮވިޑްގެ ބޮޑު ރާޅެއް އަޅައިގެން އުޅޭއިރު، މިއީ ޑެލްޓާ ވޭރިއެންޓް ފެތުރުމާއެކު އިތުރުވެގެންދާ އިތުރު ވުމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑޮނޭޝިއާއިން ބަލި ޖެހުނު މީހުންގެ ތެރެއިން 2,996,478 މީހަކު މިވަގުތު ރަނގަޅުވެފައިވާއިރު، މިވަގުތު ބަލި ޖެހިފައި ތިބީ 507,129 މީހުން ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު