ކައިވެނީގެ ތެރެއިން އަނބިމީހާގެ ނުރުހުމުގައި ގަދަކަމުން ޖިންސީ ގުޅުން ހިންގުމަކީ ކައިވެނީގެ ތެރެއިން ކުރެވޭ ރޭޕްއެއް ކަމަށް އިންޑިޔާގެ ކޯޓަކުން ނިންމައިފިއެވެ.

އިންޑިޔާގެ ކެރެލާ ކޯޓުން ނިންމި ނިންމުމުގައި އެ ކޯޓުން ވިދާޅުވީ ކައިވެނީގެ ތެރެއިން ރޭޕްކޮށްފި ނަމަ ކައިވެނި ރޫޅާލަން އެދުމަކީ ބަލައިގަނެވޭނެ ކަމެއް ކަމަށެވެ.

އިންޑިޔާގެ ޕީލަން ޤާނޫނުގައި ކައިވެނީގެ ތެރެއިން ގަދަކަމުން ޖިންސީ ގުޅުން ހިންގުމަކީ ރޭޕް ކަމަށް ނުބަލައެވެ. ނަމަވެސް ކޯޓުން ބުނީ މިފަދައިން ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމަށެވެ.

ކެރަލާ ކޯޓަށް މި މައްސަލަ ހުށައަޅާފައިވަނީ އަންހެނެކެވެ. އޭނާ އޭނާގެ ފިރިމީހާ ކައިރިން ވަރިވުމަށް ކޯޓުގައި އެދުމުން ފިރިމީހާ ވަނީ ކޯޓުގައި އެކަމާ ދެކޮޅު ހަދާފަ އެވެ.

އިންޑިޔާގައި ތަފާތު އެކި ދީންތަކަށް އެކި މީހުން ދިރިއުޅޭއިރު އެކި މީހުންނަށް ހަދާފައި ހުންނަކީ އެކި ޤާނޫނުތަކާއި ގަވާއިދު ތަކެވެ. ކެރަލާ ކޯޓުން ނެރުނު ހުކުމުގައި ބުނީ އިންޑިޔާގެ ހުރިހާ ހިސާބެއްގައިވެސް ކައިވެނި ކުރުމާއި ވަރިކުރުމުގައި އެއް ޤާނޫނެއް އޮތުން މުހިންމު ކަމަށެވެ.

ކޯޓުން ބުނީ އެބަޔަކު ބޭނުން ގޮތަކަށް ކައިވެނި ކުރަމުން ދާންވީ ކަމަށާއި ނަމަވެސް އިންސާނުންނަށްވާތީ ހުރިހާ ފަރާތަކުންވެސް ސިކުނޑީގެ ބޭނުންކޮށްގެން މިފަދަ މައްސަލަތަކަށް ހައްލެއް ހޯދަން ވިސްނަން ޖެހިފައިވާ ކަމަށެވެ.

ދެވައްތަރެއްގެ ކައިވެންޏެއް އިންޑިޔާގައި ކުރާއިރު ގަދަކަމުން ކައިވެނި ކުރުވުމަކީވެސް އިންޑިޔާގައި ވަރަށް އާންމު ކަމެކެވެ. އެޤައުމުގެ ސަގާފަތާއި އާދަކާދަތަކުގެ ތެރެއިން ބައެއް ސަރަހައްދުތަކުގައި ކައިވެނީގައި އަނބިމީހާ އަށް ވަރަށް ގިނަ މިނިވަންކަން ގެއްލެއެވެ. ތައުލީމް ލިބިގަތުގެ ހައްގުން ފެށިގެން އަސާސީ ގިނަ ހައްގުތަކެއްވެސް ގެއްލޭކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކައިވެނި

    ކައިވެނި ކުރީމަ އަނބިމީހާޖެހެނެ ފިރިމީހާ ބުނާ ކަންކަން ކޮށްދެން. ނުޖެހޭ ދޯ ގަދަކަމުން ރޭޕުކުރާކަށް ގަދަހަދައިގެން ނުވާނެއް ނު. ފިރިމީހާ ބުނާ ކަންތައް ނުކޮށް ދިނުމުގެ ހައްގެން އަބިމީހާއަކަށް ނޮއޮވޭ އަންބަކަށް ވުމުށްފަހު. ދެން ގަދަހަދާ ނަމަ އެއީ މައްސަލައެއް. ގަދަ ހަދާނަނަ ގަދަ ހަދަންވާނެ އިނުމުގެ ކުރިން. އިންނަނީ އެއްބަސްވެގެން.

  2. .......

    ފިރިމީހާ ބުނުމުން ދެމަފިރިކަމުގެ ގުޅުން ނުހިންގުން އެއީ ކޮންކަހަލަ ކަމެއްބާ....

    3
    4
    • މިސޮރު

      އިސްލާމްދީނުގަ އެއީ އަނބިމީހާ ވ ބޮޑަށް ފާފަވާނެ ކަމެއްކަން އިނގެނީ، ެވެރިން ހަދާގެން އުޅޭ ބާތިލް ދީނޭ ކިޔާ އެއްޗަކު ނޭންގެ، ގަބޫލު ކުރެވެނީ ކުއްވެރި ވާނެކަމަށް ހަމަ

  3. އަހުމަދު

    ތި ގަދަކަން ދައްކަން ޖެހޭނީ ވަރިވުމަށް ފަހު.