ފިލަޑެލްފިއާ އިން މިއާމީއަށް ދަތުރުކުރި ފްލައިޓެއްގެ ދެ ފްލައިޓް އެޓެންޑެންޓެއްގެ ގައިގައި އަތްލައި، ތިންވަނަ ފްލައިޓް އެޓެންޑެންޓުގެ މޫނުމަތީގައި ޖެހި ކަމުގެ ތުހުމަތުގައި އެމެރިކާ ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.

މިއާމީ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ އާދިއްތަ ދުވަހު ހައްޔަރު ކޮށްފައިވަނީ މެކްސްވެލް ބެރީ، 20އ އެވެ. އޭނާގެ މައްޗަށް ތިން ކަމަކަށް ތުހުމަތު ކޮށްފައިވެއެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުގެ ތެރޭގައި ފްލައިޓް އެޓެންޑެންޓެއްގެ އުރަމަތީގައި ހިފި މައްސަލައަކާއި، ދެވަނަ ފްލައިޓް އެޓެންޑެންޓަށް ޖިންސީ ފުރައްސާރަ ކުރުމާއި ތިންވަނަ ކުއްޖާގެ މޫނުމަތީގައި ޖެހުމުގެ ތުުހުމަތު ކަމަށް އެންބީސީ އާއި އެންޕީއާރްއިން ރިޕޯޓު ކޮށްފައިވެއެވެ.

އެންޕީއާރްއިން ރިޕޯޓު ކޮށްފައިވާ ގޮތުން ބެރީ ފްލައިޓް ތެރޭގައި ފްލައިޓްގެ ކްރޫއިންނާއި، ފަސިންޖަރުންނާއި ދިމާލަށް ހަޅޭއްލެވުމާއި އަޑުގަދަކުރަމުންދާ މަންޒަރު ކެމެރާތަކަށް އަރާފައިވާ ކަމަށެވެ. އެ ވީޑިއޯއިން ފެންނަ ގޮތުން ފަސިންޖަރުންނާއި ފްލައިޓް އެޓެންޑެންޓުންނާއި ދެކޮޅަށް އަޑުގަދަކުރަމުންދާ މަންޒަރެެވެ. ވީޑިއޯގެ ހިސާބަކުން ދެން ފެނިގެންދަނީ ފިރިހެން ފްލައިޓް އެޓެންޑެންޓެއް އައިސް ބެރީ ގޮނޑީގައި ޓޭޕް ބޭނުންކޮށްގެން ބަންނަމުންދާ މަންޒަރެވެ. ވީޑިއޯއިން އެ މަންޒަރު ފެނިގެންދާއިރު ބެކްގްރައުންޑް އަޑަކަށް އިވެމުންދަނީ ފަސިންޖަރުންގެ ހުނުމުގެ އަޑެވެ.

އޭބީސީ ނޫހުގެ ނޫސްވެރިޔަކު ޓްވިޓާގައި ހިއްސާކޮށްފައިވާ މި ވީޑިއޯ 12 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބަލާފައެވެ. އަދި ފްލައިޓްގައި އެވަގުތު އިންކަމަށް ބެލެވޭ ފަސިންޖަރަކު ހިއްސާކޮށްފައިވާ ބެރީގެ މަންޒަރު ފެނިގެންދާ ވީޑިއޯ 3 މިލިއަން މީހުން ބަލާފައިވާކަން ފާހަގަ ކޮށްލެވެއެވެ.

https://twitter.com/k9spams/status/1422635091998687234?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1422635091998687234%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.ndtv.com%2Fworld-news%2Fmaxwell-berry-on-frontier-airlines-us-man-accused-of-groping-assaulting-flight-crew-taped-to-seat-2504498

ފްރޮންޓިއާ އެއާލައިންއިން ރިޕޯޓު ކޮށްފައިވާ ގޮތުން މި މައްސަލައިގެ ތަހުގީގް ނިމެންދެން ކްރޫ ވަނީ މުސާރަ ހިނގާ ގޮތަށް ޗުއްޓީއަށް ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު