ޠާލިބާނުންގެ ހަނގުރާމަވެރިންނަށް ކައްކަން ދެކޮޅު ހެދި ފަގީރު އަންހެނަކު މަރާލައިފި ކަމަށް އެއަންހެން މީހާގެ އާއިލާ އާއި ހަވާލާދީ "ސީއެންއެން" އިން ބުނެފިއެވެ.

"ސީއެންއެން" އިން ބުނާ ގޮތުގައި މަރާލާފައި ވަނީ ނާޖިއާ ނަމަކަށް ކިޔާ ހަތަރު ކުދިންގެ މަންމަ އެކެވެ. އެއާއިލާ ދިރިއުޅެމުން ދިޔައީ އަފްޣާނިސްތާންގެ އުތުރުގައެވެ. ނާޖިއާގެ އަންހެން ދަރިފުޅު މަނީޒާ "ސީއެންއެން" އަށް މައުލޫމާތު ދެމުން ބުނީ ޠާލިބާނުންގެ ހަނގުރާމަވެރިން އެމީހުންގެ ގެއަށް އައިސް އޭނާގެ މަންމަ ކައިރިން އެދުނީ 15 ހަނގުރާމަވެރިންނަށް ކެއުން ތައްޔާރު ކޮށްދޭށެވެ.

"އަހަރެންގެ މަންމަ ބުނި މަންމަ އަކީ ފަގީރެކޭ. އެމީހުންނަށް ކައްކާނެ އެއްޗެހި މަންމަ ހޯދަނީ ކޮންތާކުންހޭ. އެހެން ބުނުމުން އެމީހުން މަންމަ އަށް އަނިޔާކުރަން ފެށި. އެމީހުންގެ އަތުގައި ހުރި ބަޑިތަކުން ވެސް މަންމަގެ ގައިގައި ޖެހި މަންޒަރު ފެނުނު." މަނީޒާ ބުންޏެވެ.

މަނީޒާ ބުނީ އޭނާ ހަނގުރާމަވެރިން އޭނާގެ މަންމަ އަށް އަނިޔާ ކުރަން ފެށުމުން މަންމަ ސަލާމަތް ކުރަން އޭނާ އަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރިއެވެ. ނަމަވެސް މަންމަ އެމީހުންގެ ކިބައިން ސަލާމަތްކޮށް ނުދެވުނު ކަމަށް މަނީޒާ ބުންޏެވެ. މަނީޒާގެ މަންމަ މަރުވީ ޠާލިބާނުން ކުރި އަނިޔާތަކުގެ ސަބަބުންނެވެ.

ޠާލިބާނުން އަފްޣާނިސްތާން ހިފުމާއިއެކު އަނެއްކާ ވެސް އަންހެނުންނަށް ހައްގުތައް ހަނިކޮށްފާނެ ކަމުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. އަންހެނުން މޫނު ބުރުގާ އެޅުން މަނާކުރުމާއި އަންހެނުން ވަޒީފާތަކަށް ނިކުތުން މަނާ ކޮށްފާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

ނަމަވެސް ޠާލިބާނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ އަންހެނުންނާއި މެދު ތަފާތު ކުރުންތަކެއް ނުގެންގުޅޭނެ ކަމަށެވެ. އަންހެނުންނަށް ވަޒީފާ އަދާކުރުމުގެ ފުރުސަތާއި ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ޠާލިބާނުން ވަނީ ބުނެފައެވެ.

ޠާލިބާނުން އަފްޣާނިސްތާންގެ ކޮންޓްރޯލް ނަގާފައި ވީނަމަވެސް އަދި ސަރުކާރެއް އެކުލަވާލާފައެއް ނުވެއެވެ. އެހެންކަމުން ޠާލިބާނުން އަފްޣާނިސްތާންގެ ވެރިކަން ކުރާނެ ގޮތެއް އަދި މާބޮޑަށް ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    މިއީތޯ އެމީހުން އެބުނާ އިސްލާމީ ޝަރީއަތަކީ؟؟؟ތިމެންނަމެން ކުރުވަން ބޭނުންކަމެއް ނުކުރެވުނު ކޮންމެ މީގަކު މަރާލުންތޯ؟؟؟

  2. Anonymous

    މިއީތޯ އެމީހުން އެބުނާ އިސްލާމީ ޝަރީއަތަކީ؟؟؟ތިމެންނަމެން ކުރުވަން ބޭނުންކަމެއް ނުކުރެވުނު ކޮންމެ މީހަކު މަރާލުންތޯ؟؟؟ﷲގެ ހެޔޮރަޙުމަތްފުޅުން އެމަރުހޫމު އަންހެނާއަށް ޖައްނަތުލް ފިރުދައުސް ޙާސިލުވުމުގެ ހެޔޮރަހުމަތް ލައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށި އާމީން.

  3. ޝަރީފުސަރުދާރު

    އަސްލު ވީގޮތަކީ މި އަންހެންމީހާ މަންމަ މަރާލާފަ ތާލިބާނުން ބޮލުގަ އަޅުވާފަ އެމެރިކާގެ ހިމާޔަތް ހޯދައިގެން އެމެރިކާޔަށް ދިރިއުޅުން ބަފަލު ކޮއްލަން އުޅެނީ

    1
    4
  4. ރަބަރޭ

    ހަނގުރާމަ ވެރިންގެ ފަރާތުން ތިޔަ ކަހަލަ ކިތައްމެ ކަމެއް އަދި ފެންނާނެ އަދި އަންހެނުންގެ ބޯވެސް ކަނޑާނެ

  5. ނުރަބޯ

    ދެން އޮންނާނީ އަނިޔާކުރުން އަންހެނުންނަށް

  6. .......

    ތާލިބާނުންނޭ ކިޔައިގެން ދައްކާ އެއްވެސް ވާހަކަ އެއް އަހަރެން ގަބޫލެއް ނުކުރަން....މިހުރީ ވާ ގޮތް ބަލަން....