ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 797 މީހަކު މަރުވެއްޖެއެވެ.

ރަޝިއާއަކީ ކޮވިޑް ފެތުރިފައިވާ ގައުމުތަކަށް ބަލާއިރު، ހަތަރު ވަނައަށް އެންމެ ގިނަ މީހުން މި ބައްޔަށް ފައްސިވެ، ހަވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމެވެ. އެގައުން ދުވާލެއްގެ މައްޗަށް 700 އަށްވުރެ ގިނަ މީހުން މި ބަލީގައި މަރުވާ ކަމަށް ކޮވިޑްގެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ރަޝިއާއިން އެއް ދުވަސް ތެރޭ އެންމެ ގިނަ ބަޔަކު ފައްސިވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 29،935 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އަދި އެންމެ ގިނަ މީހުން އެއްދުވަސް ތެރޭ މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 16، 24 އަދި 29 ވަނަ ދުވަހުއެވެ. އެދުވަސްތަކުގައި 799 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

ރަޝިއާއިން އިތުރު 797 މީހަކު މަރުވެ ޖުމްލަ ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 175,282 އަރާފައެވެ. އަދި އިތުރު 21,000މީހަކު ބައްޔަށް ފައްސިވެފައިވާއިރު، ޖުމްލަ ފައްސިވި އަދަދު މިހާރު ވަނީ 6,726,523 އަށް އަރާފައެވެ.

އެގައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން 6,004,052 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު އެގައުމުގައި ބަލި ޖެހިފައިވާ 547,189 މީހަކު އެބަ ތިއްބެއެވެ. އޭގެ ތެރެއިން 2،300 މީހަކަށް ފަރުވާ ދެމުން އަންނަ ހޮސްޕިޓަލުތަކުގައި އެނދުމަތި ކޮށްގެންނެވެ.

 

ކިޔުންތެރިންގެ ހިޔާލު