ޓިކްޓޮކްގައި ތަކުރާރުކޮށް ޠާލިބާނުންނަށް މަލާމާތްކޮށް ފުރައްސާރަ ކުރަމުން ދިޔަ އަފްޣާނިސްތާންގެ ކޮމޭޑިއަންއެއް ކަމަށްވާ ނަޒަރު މުހައްމަދު ނުވަތަ މަޝްހޫރު ނަމުންނަމަ ޚަޝާ ޒުވާން މަރާލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ހިއުމަން ރައިޓްސް ވޮޗް އިން ބުނާ ގޮތުގައި މުހައްމަދު ޠާލިބާނުންގެ އަތްދަށަށް ދިޔައީ ޖުލައި މަހުގެ ފަހުކޮޅު އެވެ. ޠާލިބާނުން އޭނާ އަތުލައިގަނެގެން އުޅޭ ވީޑިއޯއެއް ވެސް އާއްމުވެފައި ވެއެވެ. ހިއުމަން ރައިޓްސް ވޮޗް އިން ބުނާ ގޮތުގައި މުހައްމަދު މަރާލާފައި ވަނީ ޠާލިބާނުން ކަންދަހާރު ހިފުމަށް ފަހުއެވެ.

ހިއުމަން ރައިޓްސް ވޮޗް އިން ބުނާ ގޮތުގައި އެޖަމާއަތައް ލިބިފައިވާ ވީޑިއޯތަކާއި ފޮޓޯތަކަށް ބަލާއިރު މުހައްމަދު މަރާލާފައި ވަނީ ގަހެއްގައި ބަނުމަށް ފަހު ވަރަށް ގިނަ ފަހަރަށް އޭނާގެ ގަޔަށް ބަޑި ޖަހައިގެންނެވެ. މަރާލުމަށް ފަހު އޭނާގެ ދޫ ވެސް ބުރިކޮށްލި ކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ބުނެއެވެ.

މުހައްމަދު ވަނީ ޠާލިބާނުން ހަތިޔާރާއިއެކު އުޅޭ ވީޑިއޯތައް ބޭނުން ކޮށްގެން ވަރަށް ގިނަ ޓިކްޓޮކްތައް ހަދާފައެވެ. އެފަދަ ޓިކްޓޮކްތައް އޭނާ އާއްމު ކުރަމުން ދިޔަ އިރުވެސް ބައެއް މީހުން ވަނީ ޠާލިބާނުން އޭނާ ހޯދައިގެން މަރާލަފާނެ ކަމުގެ އިންޒާރު ދީފައެވެ. ނަމަވެސް މުހައްމަދު އެކަމަށް ސަމާލުކަމެއް ދީފައެއް ނުވެއެވެ.

މުހައްމަދަކީ ކުރިން އަފްޣާނިސްތާންގެ ފުލުހުންގެ ތެރޭގައި ވެސް މަސައްކަތް ކުރި މީހެއް ކަމަށް ވެއެވެ.

ޠާލިބާނުން މުހައްމަދު މަރާލާފައިވާ ކަމަށް ބުނާ ބުނުމާއި ގުޅޭ ގޮތުން ޠާލިބާނުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މާސިޠާ/މަރަދޫ

    މިކަހަލަ ދޮގު އެތައްވާހަކަ ތަކެއް ހުޅަގުގެ މީޑިޔާތަކުން ފަތުރާނެ، ނޫސްވެރިން ޚަބަރު ލިޔާއިރު ހަމައެކަނި ތަރުޖާ ލިޔެލާ ބަޔަކަށް ވެއްޖެނަމަ ގިނަ ފަހަރަށް ލިޔެވޭނީ ދޮގު ޚަބަރެވެ. ޚަބަރު ލިޔުމަކީ ހަމައެކަނި ވިޔަފާރިއާއި މަޝްހޫރު ވުމަށް ކުރާކަމަކަށް ގިނަފަހަރު ވެފައި ހުންނަކަން ފާހަގަވެއެވެ.

    15
    11
  2. ....

    ދީނަށް ފުރައްސާރަ ކުރިބާ އެެްފަހަރުވެސް ތިބުނާ މީހާ...އެކަހަލަ ކަމެއް އުޅޭހެން ބޮޑަށް ހީވަނީ

    8
    8
  3. ސައްޙަކަން ނުބަލާ ޚަބަރުތައް ނުފަތުރާ!!!

    ހުޅަނގުގެ ބޮޑެތި މީޑިއާތަކުން ފަތުރާ މުޅިންވެސް ނެގެޓިވް ދޮގު ހަބަރުތައް. ތަހްރީކީ ތާލިބާން އެއީ އިންޑިއާއިން ފަންޑުދީގެން ދީނުގެ އިމޭޖް ހަޑިކުރަން އޮޕަރޭޓް ކުރާ ޖަމާޢަތެއް. އެއީ އަފްޢާނުގެ ތާލިބާނުންނާއި ގުޅުމެއް ހުރި ބައެއް ނޫން އިނގޭތޯ.

    9
    7
  4. ނުރަބޯ

    މީ މިމީ ހުންގެ އިންސާފު ހުރިވަރު. ގެރިބަކަރިންގެ އިންސާފު

    9
    1
  5. ބޯކިބާ

    ހުޅަނގުގެ ޕުރޮޕެގެންޑާ.. ދުވާލަކު މިކަހަލަ ދެތިން ޖުހާގެ ވާހަކަ ދުނިޔެއަށް އެބަފަތުރާ.

  6. Anonymous

    އޭނާ މަރާލީ ޖާސޫސް ކޮއްގެން. މާކުރީގެ ވީދިއޯއެއް ތިއީ. މަވެސް ބެލިން ތި ވީޑިއޯ.

    1
    1
  7. ފާތުމަ އެޅި ވަގު މިސްކިތް

    ސެއި ހް ރަމީޒް ބިން ގާސިމްގެ ބައިވެރިން އުޅުއްވާ ގޮތް ފެނޭދޯ

    1
    1