އަފްޣާނިސްތާނުގެ އަންހެން ފުލުހެއްގެ ގަޔަށް ޠާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން ބަނޑިޖަހައި، އޭނާގެ ފިރިމީހާ އާއި ދަރިންގެ ކުރިމަތީގައި ފުލުސްމީހާ މަރާލާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

އަފްޣާނިސްތާންގައި ހަރަކާތްތެރިވަމުންދާ އެންޑީޓީވީގެ ނޫސްވެރިން މައުލޫމާތު ދީފައިވާ ގޮތުގައި ބާނޫ ނިގާރާ ނަމަކަށް ކިޔާ މި އަންހެން މީހާގެ ގަޔަށް ޠާލިބާނުން ބަޑިޖަހައި މަރާލިއިރު އޭނާގެ ބަނޑަށް ހަމަހެވެ.

ތާލިބާނުން މި އަންހެން ފުލުސް އޮފިސަރު މަރާލިކަމަށް ބުނެ ތުހުމަތު ކޮށްފަައިވަނީ އަންހެނުންގެ ހައްގުތަކުގެ ދިފާއުގައި އަންހެން ގުރޫޕެއް ނުކުމެ އިހުތިޖާޖުކޮށް، މައްސަލަ ހޫނުވެފައިިވާ ދަނޑިވަޅެއްގައެވެ.

އަންހެން ފުލުސްމީހާ މަރާލީ ޠާލިބާނުން ކަމަށް މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް ޠާލިބާނުން އެކަން ދޮގު ކުރެއެވެ. ޠާލިބާނުން ބުނާ ގޮތުގައި ނިގާރާގެ މަރުގައި އެޖަމާއަތުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެއެވެ. ނަމަވެސް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން އެކަން ބަލަމުންދާ ކަމަށް ޠާލިބާނުން ބުނެއެވެ.

ނިގާރާގެ އާއިލާއާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާގޮތުން އޭނާ އަކީ ޖަލުގައި މަސައްކަތް ކުރަމުންއައި ފުލުސް އޮފިސަރެކެވެ. އަދި ހަތިޔާރުއަޅައިގެން ހުރި މީހަކު ހޮނިހިރު ދުވަހު އެގެއަށް ގޮސް، ގެ ބަލައި ފާސްކުރި ކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން އާއިލާއިން ބުނީ ގެ ބަލާ ފާސްކުރީ އާއިލާގެ މީހުން ބަނދެފައި ބައިތިއްބައިގެން ކަމަށާއި، ހަތިޔާރު އެޅި މީހުން ވާހަކަ ދައްކަމުން ދިޔައީ އަރަބިން ކަމަށެވެ.

ޠާލިބާނުން ކުރިން ބުނެފައިވާ ގޮތުގައި އެޖަމާއަތުން އަންހެނުންނަށް އަނިޔާއެއް ނުކުރާނެއެވެ. ނަމަވެސް އަންހެނުން ވަޒީފާ އަދާކުރުމަށް ރުހުން ދޭން އެޖަމާއަތުގެ ހަނގުރާމަވެރިން އަދި ތަމްރީން ކުރެވިފައި ނުވާތީ އަންހެނުން މިހާރު ގޭގައި ތިބެން ޠާލިބާނުން ވަނީ އެދިފައެވެ.

މިދިޔަ އާދިއްތަ ދުވަހު އަފްޣާނިސްތާނުގެ އަންހެނުން ނިވައިވާނެ ފަދަ ހެދުންތައް ގަންނަން ފަށާފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެގައުމުގެ އަންހެނުން ނިވާވާނެ ފަދަ އަންނައުނު ގަންނަން ފަށާފައިވަނީ މީގެ ކުރިން ތާލިބާނުން އެގައުމުގައި ވެރިކަންކުރި އިރު އަންހެނުން ހެދުން އެޅިގޮތާއި ހިލާފަށް އެދުން އަޅައިގެން ނުކުމެ އުޅޭނަމަ އަނިޔާކުރާނެ ކަމުގެ ބިރަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިންސާފު

    ހުޅަނގަށް ތާއިދު ކުރާ މީހުން މީޑިއާގައި ޠާލިބާނުން ބަދުނާމު ކުރުމަކީ އާންމުކަމެއް. އަހަރެމެންނަށް އެނގޭކަމަކީ ޠާލިބާނުން އަފްޣާނިސްތާނު ގެ ވެރިރަށް އެ ހިފީ ލޭ އޮހޮރުވުމަކާއި، ނުލާކަން. އަދި ޠާލިބާނުންނަށް ވެރިކަން ލިބުމުން، ރައްޔިތުންނަށް ޢާންމު މަޢާފް އެެއް ދީ ޖަލުތަކުން އެންމެން މިނިވަންކުރި. މިކަމުން ޠާލިބާނުންގެ ހިތްތިރިކަމާއި، ރައްޔިތުންނަށް ހުރި އޯގާތެރިކަން ވަރަށް ރަނގަޅަށް ދޭހަވޭ.... ތާރީޚުގައި ހުޅަނގުގެ ޤައުމުތައް ތަންތަނަށް ވެރިވާއިރު އެމީހުންގެ އަނިޔާވެރިކަން ވަރަށް ރަނގަޅަށް ފެންނާނެ.

    14
  2. އަލީ

    ވައްތަރީ ޕްރޮޕެގެންޑާ އާ

    19
    8
  3. އަބްދުﷲ

    ތިބުނީ އެން.ޑީ.ޓީވީ އޭ!

  4. ައާންމުން

    މަރާލިއްޔާ މަރާލި ސަބަބު އެނގޭގޮތައް ލިއުން ލިއުނުނަމަ، އަޑުއިވޭ ކޮންމެ ވާހަކައެއް ފަތުރާކަށް ނުވާނެ، ހަގީގަތް ނުބަލާ

    10
    1
  5. މިހާރު

    ހެޔޮ ނުވާނެ ބީބީސީގެ ޚަބަރުތައް ހުރިގިތަށް ގެންނަށް. ޢެހާފަށޭހައިން ވެރިކަމަށް އާދެވޭނީ ރައްޔިތުންގެ ތާއީދުއޮތީމަ