އެެމެރިކާގެ މިހާރުގެ ހަރުކަށި ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ހިޖުރަވެރިންގެ ސިޔާސަތާއި ދެކޮޅަށް އަޑުއުފުލުމަށް ބާއްވާ މުޒާހަރާތައް އެމެރިކާގެ އެކި ސިޓީތަކުގައި ފަށައިފިއެވެ.

މުޒާހަރާގެ ބައިވެރިން ގޮވަމުންދަނީ އެމެރިކާ އަށް އެތެރެވާ އާއިލާތައް އެ އާއިލާތައް ވަކިކުރުމުގެ ސިޔާސަތުގެ ދަށުން ބޯޑަރު ސަރަހައްދުގައި އެފަދަ އާއިލާތައް އަލުން މެމްބަރުނާއި ގުޅުވައިދިނުމަށެވެ.

އެތަށް ހާސް ބަޔަކު ޓްރަންޕްގެ މި ސިޔާސަތަށް "ޒީރޯ ޓޯލަރެންސް" ދީ މުޒާހަރާ ކުރަމުންދާއިރު އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި 30,000 ވުރެން ގިނަ މީހުންވަނީ މުޒާހަރާއަށް ނިކުމެފައެވެ. މުޒާހަރާގެ ބައިވެރިންދަނީ ޓްރަންޕުގެ މި ސިޔާސަތަަށް އޭނާ ލަދުގަންނަން ޖެހޭނެ ކަމަށް ބުނެ އަޑު އުފުލަމުންނެވެ.

އެމެރިކާއަށް ވަގަށް އެތެރެވާ މީހުންނަށް އެންމެ ހަރުކަށި ފިޔަވަޅު އަޅަން އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަންޕް ނިންމުމާއެކު، އެމެރިކާގެ ބޯޑަރުން އެތެރެވި ގިނަ އަދަދެއްގެ ބައެއް، އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް، ކުޑަ ގޮޅިތަކެއްގައި ބަންދުކޮށްފައިވާ ކަން ދާދި ފަހުން ވަނީ ފަޅާ އަރާފައެވެ.

މިކަން ފަޅާ އެރުމުން ޓްރަންޕް ފުރަތަމަ ބުނެފައިވަނީ އެނިންމުމަށް ބަދަލު ނުގެންނާނެ ކަމަށެވެ. ނަމަވެސް ޓްރަންޕްގެ ނިންމުމަށް ބަދަލު ގެނެސްފައިމިވަނީ އޭނާ ތަމްސީލު ކުރާ ޕާޓީ ހިމެނޭ ގޮތަށް އެމެރިކާގެ ކޮންގްރެސްގައި ޓްރަންޕްގެ ނިންމުމާއި ދެކޮޅަށް އެނިންމުން ބަދަލު ކުރުމަށް ވޯޓްއެއް ނެގުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

ރެފިއުޖީންގެ ގޮތުގައި ހުއްދަ ނުހޯދާ އެމެރިކާއަށް އެތެރެވާން މަސައްކަތް ކުރާ ކުދިން ދެން ބައިތިއްބާނީ އެކުދިންގެ ޢާއިލާތާކާއި އެކުގައި ކަމަށް ޓްރަންޕް ބުނެފައިވާއިރު އޭނާގެ ލާއިންސާނީ ޢަމަލު ތަކާއި ދެކޮޅަށް އަމިއްލަ ޤައުމާއި މުޅި ދުނިޔެ އަޑު އުފުލަމުން ދަނިކޮށެވެ.

މީގެ އިތުރުން މިމައްސަލައިގައި ދުނިޔޭގެ އެކި ޤައުމު ތަކުގެ ލީޑަރުންނާއި އެކިޖަމިއްޔާތަކާއި އެކި ދީންތަކުގެ ލީޑަރުންވެސް ޓްރަންޕްގެ ނިންމުމަށް ވަރަށް ބޮޑަށްވަނީ ފާޑު ކިޔާފައެވެ.

އެގޮތުން ޓްރަންޕާއި އެންމެ އެކުވެރި އެއް ޤައުމު ކަމަށްވާ އިނގެރޭސި ވިލާތުގެ ބޮޑުވަޒީ ވިދާޅުވީ "ކުދިން ކޮށިތަކަށް ލައިގެން" ގެންގުޅޭ ސިޔާސަތު ބަލައިނުގަނެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު