ރާއްޖޭގެ ޖަލުތަކުގައި ހިނގާ މަރުތަކާއި، އަނިޔާގެ މައްސަލަތައް ތަހުގީގު ކުރުމަށް އެމްނެެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފިއެވެ.
އެމްނެސްޓީއިން މިކަމަށް ގޮވާލައިފައިވަނީ އެ ޖަމިއްޔާ އިންް ނެރެފައިވާ ބަޔާނެއްގައެވެ.
އެމްނެސްޓީއިން ނެރުނު ބަޔާނުގައި ރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާ މަރުގެ ހާދިސާތަކާއި، އަނިޔާގެ ހާދިސާތައް ފާހަގަ ކޮށްފައިވެއެވެ. އެގޮތުން، މި މަހުގެ 13ވަނަ ދުވަހު ހުޅުމާލެ ޖަލުގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ގދ. ވާދޫ/ ޖަނަވަރީގެ، މުހައްމަދު އަސްލަމް ކުއްލި ގޮތަކަށް ނިޔާވުން ފާހަގަ ކޮށްފައިވެއެވެ. އަސްލަމް ނިޔާވީ އެރޭ ގާތްގަނޑަކަށް 6:00 އެހާކަންހާއިރު ޔާޑު ސަރަހައްދުގައި އިށީނދެގެން އިންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފައިވެއެވެ.
އޭނާ އިށީނދެ އިންދާ ކުއްލިއަކަށް ވެއްޓުމާ ގުޅިގެން އެމަޖެންސީ ހާލަތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ހޮސްޕިޓަލުން ބެލުމަށްފަހު ނިޔާވެފައިވާ ކަމަށް ކަނޑައަޅާފައި ވަނީ އެރޭގެ 8:23 ގައި ކަމަށް ވެސް ކަރެކްޝަންސްއިން ބުނެފައިވެއެވެ. މި މައްސަލައިގައި އަސްލަމްގެ އާއިލާއިން ވަނީ އާއިލާއަށް މައުލޫމާތު ހިއްސާ ނުކުރާ ކަމަށް ބުނެ ކަންބޮޑުން ފާޅު ކޮށްފައެވެ.
އަދި މީގެ އިތުރުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހު ލ.ކަލައިދޫން ވައްކަމުގެ މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ އެރަށު ސްވީޓްހާޓް އަހްމަދު ސިރާޖަށް ފުލުހުން އަނިޔާ ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް އެ ޖަމިއްޔާގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.
އެމްނެސްޓީގެ ދެކުނު އޭޝިއާގެ ކެމްޕޭނާ ސާދް ހަމްމަދީ ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގައި މަރުވާ ގައިދީންނާއި އަނިޔާވާ ގައިދީންގެ މައްސަލަތައް މިނިވަންކަމާއި އެކު ތަހުގީގު ކުރަން ޖެހޭ ކަމަށެވެ. އަދި މިފަދަ ތަހުގީގުތަކުގައި ހާދިސާތަކުގެ ޒިންމާނަގަން ޖެހޭ އިދާރާތައް ބައިވެރި ނުކުރުމަށް ސާދް ގޮވާލައްވާފައިވެއެވެ.
"ޖަލުތަކުގައި ދިމާވާ މައްސަލަތައް އިދާރާތަކުން ތަހުގީގް ކުރަން ޖެހޭ. މައްސަލަތައް ތަހުގީގް ކުރަން ފެށުމުން ގައިދީންނާމެދު އަމަލުކުރާގޮތް ބަދަލުވެ، ޖަލުތަކުގައި އަނިޔާވެރިކަން ނިމުމަކަށް އަންނާނެ" މައްސަލަތައް ތަހުގީގްކުރަން ގޮވާލައި ސާދް ވަނީ ތާރީހުގައި ވެސް ރާއްޖޭގެ ޖަލުތަކުގައި އަނިޔާވެރިކަމާއި، އެކަށީގެންވާ ފަރުވާ ގައިދީންނަށް ނުދޭ ކަމަށް މައްސަލަތައް ފެންމަތިވެފައިވާކަން ފާހަގަ ކުރައްވާފައެވެ.
މަމެން ހީކުރީ މިހާރު ޖަލުތަކުގައި އަނިޔާކޮށް މީހުން މަރާ ނުހަދާ ކަމަށް. އެކަން މިސަރުކާރުން ސިއްރުކޮށްގެން ތިއްބާ މިއޮތީ ބޭޒާރުވެފައި. އަދިވެސް އިންސާނީ ހައްގޭ ބަތާނައޭ ދަށް ގޮހެރޭ ކިޔާ. ކޮބައިތަ އިބުރާހިމް ފުޅު މެންގެ ލަދު ހަޔާތް؟
ހެޑިން ރަނގަޅެންނޫން. އަޅުގަނޑު ހީކުރީ ވޭވޭ ހުރިކަމެއްކަމަށް، އެކަމް ކޮށްފައި އޮތީ ރެކުއެސްޓެއް.
މިހަބަރު ރާއްޖޭގެ ނޫސްތަކުން ނުލިޔަނީ ސަރުކާރުން އެނޫސްތައް ގަނެލާފައި އޮތީމަކަން ޔަގީން ކަށަވަރު ސިޔާސީ ގޮތުން ރައީސް ޔާމީނަށް ޖެއްސުންކުރަން ގުދުރަތީ މަރުން މަރުވި މީހުންގެ އިލްޒާމުވެސް އޭރު އެޅުވީ ސީދާ ރައީސް ޔާމީނުގެ ބޮލުގައި
ނަންވާނީ މައުމޫން. އަދިވެސް ޖަލުތަކުގައި އަނިޔާކުރޭ މީހުންވެސް މަރުވޭ. މަރުވަނީ ކަމަށް މަރަނީ ކަމެއް ނޭގޭ. ބުޅާ ގޯނިން ބޭރުވެގެން ދާއިރު ހާވާ ހަޑި މިހިރަ ދަނީ ފެންނަމުން. މިކަމުގައިވެސް ކުށްވެރިވާނީ ގައިދީންނާ ޖަލުތަކުގެ ފުރާޅު. އިންސާނީ ހައްގޭ އިންސާފޭ ގޮވަން އެމްޑީޕީ ލަދު ގަނޭބާ؟