އަފްޣާނިސްތާންގައި ވައްކަން ކުރާ މީހުންގެ އަތް ބުރިކުރުމާއި އަދި މަރުގެ މައްސަލަތައް ސާބިތުވާ މީހުންގެ މައްޗަށް މަރުގެ ހުކުމް އިސްލާމީ ޝަރީއަތާއި އެއްގޮތައް ތަންފީޒު ކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށް އެގައުމުގައި މިހާރު ވެރިކަން ކުރަމުން އަންނަ ޠާލިބާން ޖަމާއަތުގެ އިސް ލީޑަރަކު ވިދާޅުވެއްޖެއެވެ.

ޠާލިބާން ޖަމާއަތް އުފެއްދުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވި އަދި މިހާރު ވެސް އެޖަމާއަތުގެ ލީޑާޝިޕްގައި ހިމެނޭ މުއްލާ ނޫރައްދީން ތުރާބީ ވިދާޅުވީ އިސްލާމީ ޝަރީޢާ އަފްޣާނިސްތާންގައި ގާއިމު ކުރާނެ ކަމަށާއި، އެހެންކަމުން އިސްލާމްދީނުގައި އޮތް އަދަބުތައް ކުށްވެރިންގެ މައްޗަށް ތަންފީޒު ކުރާނެ ކަމަށެވެ.

މުއްލާ ނޫރައްދީން ތުރާބީ އަކީ 1994 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރަށް އަފްޣާނިސްތާންގެ ވެރިކަން ޠާލިބާނުން ކުރިއިރު އެގައުމުގެ ޖަސްޓިސް މިނިސްޓަރެވެ. އޭރު އަފްޣާނިސްތާންގައި ވަނީ ވައްކަން ކުރާ މީހުންގެ އަތް ބުރިކޮށްފައެވެ. އަދި މަރުގެ މައްސަލަތަކުގައި މީހުންގެ މައްޗަށް މަރުގެ ހުކުމް ވެސް ތަންފީޒު ކޮށްފައެވެ.

މުއްލާ ނޫރައްދީން ތުރާބީ އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އަފްޣާނިސްތާންގައި މަރުގެ ހުކުމް ތަންފީޒު ކުރުމާއި ވައްކަން ކުރާ މީހުންގެ އަތް ބުރިކުރުމާއި ގުޅޭ ގޮތުން ޠާލިބާނުން މިހާރު ވެސް މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ. "އެފަދަ އަދަބުތައް ތަންފީޒު ކުރަމުން ގެންދާނީ އާއްމުންނަށް ފެންނާނެހެން އާއްމު ތަންތަނުގައިތޯ ނުވަތަ ޖަލުތަކުގައިތޯ ދަނީ މަޝްވަރާ ކުރެވެމުން." މުއްލާ ނޫރައްދީން ތުރާބީ ވިދާޅުވިއެވެ.

އަފްޣާނިސްތާންގައި ޠާލިބާނުން ކުރިން ވެރިކަން ކުރިއިރު އާއްމު މައިދާންތަކުގައި މީހުންނަށް މަރުގެ އަދަބުދީ، މީހުން ރަޖަމް ވެސް ކޮށްފައިވެއެވެ.

އަފްޣާނިސްތާންގައި މަރުގެ އަދަބު ތަންފީޒު ކުރަން ފަށައިފިނަމަ އެކަމުގެ ސަބަބުން ކުރިމަތިވާނެ ބައިނަލްއަޤުވާމީ ޕްރެޝަރާއި ގުޅޭ ގޮތުން ސުވާލު ކުރުމުން މުއްލާ ނޫރައްދީން ތުރާބީ ވިދާޅުވީ އަފްޣާނިސްތާންގައި ކަންކުރާނެ ގޮތެއް އެނގޭނީ އެގައުމުގެ ރައްޔިތުންނަށް ކަމަށެވެ. "އެހެން ގައުމުތަކުގައި އަމަލު ކުރަމުން ގެންދާ ގާނޫނުތަކަށް އަހަރެމެން ވެސް ފާޑެއް ނުކިޔަން. އެހެންވީމަ އަހަރެމެންގެ ގާނޫނުތަކަށް ފާޑުކިޔުމުގެ ހައްގެއެއް އެހެން މީހުންނަކަށް ވެސް ނޯންނާނެ." މުއްލާ ނޫރައްދީން ތުރާބީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Anonymous

    ޠާލިބާނުންގެ ވެރިކަމުގެ ދުވަސްވަރު، ދުނިޔޭގެ ބޮޑެތި ދައުލަތްތަކަށް ހައްލު ނުކުރެވުނު މަސްތުވާތަކެތީގެ ވަބާ، އެ ޤައުމުގާ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރި. މީގެ އިތުރަށް ވައްކަމާއި ޒިނޭ ފަދަ ނުބައި ޢަމަލުތައް ވެސް ހިމެނޭ. ހައްލަކީ އިސްލާމީ ޝަރީޢަތް ތަންފީޒު ކުރުން.
    ބައްޔެއް ފަސޭހަވާނީ އެ ބައްޔެއްގެ ބޭސްގަނޑާ ދިމާވުމުން ނޫންހޭ؟ އެމެރިކާނުންނާއި ހުޅަނގުގެ ތަރައްޤީވެފައިވާ ޤައުމުތަކޭ ކިޔާ ޤައުމުތަކަށް އެކަންކަން ނުހުއްޓިގެން މި އުޅެނީ "ޓީބީ ޖެހިފާ ތިބި ބަޔަކަށް އަރިދަފުސް ރޯގާގެ ބޭސް" ދޭން އުޅޭ ހެއްވާ މިސާލުން ކަންތައް ކުރާތީ...

    29
    3
  2. އަހުމަދު

    ބަރާބަޜު... ޔޫރަޕްގެ ގައުމުތަށް ރުޅި އަރާނެ އިސްލާމީ ޝަރީއަތް ތަންފީ ޒު ކޮއްފިނަމަ.. މުޅި ދުނީޔޭގެ ހަމަޖެހުން އޮތީ ހުރިހާ ގައުމަކުން ވެސް އަފްޣާނިސްތާނުން ފަދައިން އެގައުމު ތަކުގަ ވެސް އިސްލާމީ ޝަރީއަތް ތަންފީ ޒު ކޮއްގެން... ޢައި ރެސްޕެކްޓް ދަ ތާލިބާން

    25
    5
  3. ޢަހޮމަދު

    ޔާނުވެސްތަ؟

    10
    4
  4. ޑިރާސާ

    ޢެހެންގައުމުތަކުގައި އުފައްދާ ބަޑިއާއި ވަޒަނާއި އެންމެ ފަހުގެ ޒަމާނީ ހަނގުރާމަވެރި ވަސީލަތް އޯކޭތޯ..؟ ޔަހޫދީން އުފައްދާ ހެނދުންލާން އޯކޭތޯ .. ޔަހޫދީން އުފައްދާ ވެހިކަލްތައް ބޭނުންކުރަން އޯކޭތޯ .. ބޭރުގެ އެއްވެސް އެހީއަކާއި ހިންގަންވީނު .. އިސްލާމީ ޝަރިޔަތަށް ފުރިހަމައަށް ތާއީދު ، އިސްލާމީ ޝަރީޔަތް ބުނާ އަދުލުވެރި އެއްވެސް ކިލަނބުކަމެއް ނެތް ފަނޑިޔާރުން އެބަތިބިތޯ ..

    6
    24
    • ރަދީފް

      ދިރާސާއަށް ތިއޮތީ އެނގިފަ.އިސްލާމް ދީން އެއްގޮތަކަށް ވެސް ތިޔަ ބުނި ކަންކަން މަނާ ނުކުރޭ.ދީނުގަ މަނާ ނޫންކަމެއް އަމިއްލައަށް މަނާކުރުން އެއީ ކޮންކަހަލަ ކަމެއްކަން ކަލެއަށް ނޭނގޭ ދޯ؟ ލަދު ކޮބާ؟؟ ޔަހޫދީން ނުވަތަ މުސްލިމު ނޫން މީހުންގެ އުފެއްދުންތައް މުސްލިމުން ބޭނުންކުރުން ހުއްދަނޫންކަން ހާމަވާ ދަލީލެއް ކަލޭ ނިކަން ދައްކަބަލަ.އެހެންވީމަ ކަލޭތި އެއްޗެއް ނޭނގިހުރެ ކޮމެންޓް ބޮކްސްގަ ކޮސްގޮވަން ނިކުމެފަ ހުރި މީހެއްކަން ޔަގީން.ވ.ވެދުން

      14
      4
    • ޝަފީއު

      ތިޔަކާ އިސްލާމީ ޝަރީއަތް ގާއިމް ކުރުމަކާއި ގުޅުމެއް ނެތް. ލާދީނީ މީހުންނައް ހީވާކަހަލަ ރިޒްގަކީ ބޭރުގައުމުތަކުން ލިބޭ އެއްޗެއްކަމައް.

      14
      3
    • ނަން

      ބޭރުގެ ލޯނު އެހީ ގެ ދަރަނީގައި ޖެހި މި ގައުމު ވެސް މިއުޅޭ ހާލު ކަލޯ އަށް އިނގޭތަ...

      10
      3
  5. އަޒޫ

    ސާބަހޭ..

    9
    2
  6. Anonymous

    ދިރާސާއަށް
    ޔަހޫދީންނާއި ނަސާރާއިން އުފައްދާ އެއްޗެހީގެ ބޭނުން ކުރުމާއި ﷲ ގެ ޝަރިއްޔަތާ އިދިކޮޅަށް ޙުކުމް ކުރުމާއި މިއީ މުޅިން ތަފާތު ދެ ކަންތައް.
    ޤުރުއާނުގައި ތިކަހަލަ، ކަމުގެ އެކޮޅު މިކޮޅު ބަލާ ނުލާ ވާހަކަދައްކާ މީހުންނަށް ވެސް ފަރުވާ އެއް އޮވޭ. އެއީ ނުދަންނަ ނަމަ ނުވަތަ ނޭނގޭކަމައް ވަނީ ނަމަ ޢިލްމުގެ އަހުލުވެރިންނާ ސުވާލުކުރުން.

    18
    1
  7. ރަގަޅު

    ބަރާބަރު.

    12
    1
  8. އެއްކަަލަ އިބުރު

    ހުޅަނގުން ތާލިބާނުންނާ މެދު ދައްކާ ވާހަކަތައް ގަބޫލު ކުރާނީ ބްރެއިންވޮޝް ވެފަ ތިބޭ މީހުން. އަހަރެން ރުޅި އަންނަ ބަޔަކު އެއްވެސް ކަމެއް ރަނގަޅައް ނުކުރާނެކަން ދެންތިބި މީހުންނަށް ވިސްނާ ދޭން އަހަރެން ވެސް އުޅޭނީ. މިހާރުވެސް އަފްޣާނިސްތާން ގަ ރިޝްވަތު ނެގުން ވަނީ އިންތިހާ އައް ދައްވެފަ. ހުކުމް ތަންފީޒު ވާނެކަން ބަޔަކައް އިނގޭނަމަ ކުއް ކުރަން ޖެހިލުން ވާނެ.

  9. އަބްދޫ

    ހައްދުތައް ގާއިމްކުރަންފެށުމުން ކުށްކުރުން މަދުވެގެންދާނެ. ހާއްސަކޮށް ވައްކަންކުރާމީހުންގެ އަތްކެނޑުމާއި ފޭރޭ މީހުންނާއި މީހުނަމަރާމީހުން ހުކުމްތަންފީޒުކުރުމާއި. މަސްތުވާތަކެއްޗާއި ރާ ބޭނުންކުރާމީހުންގެ ހައްދު ގާއިމްކުރުމާއި. މިކަންކަމަކީ މިހާރުން މިހާރަށް ގާއިމް ކުރަންޖެހޭ ކަންކަން.

  10. ދިވެހި ދަރިއެއް

    އަހަރެންގެ އާދޭހަކީ މުޅި އިސްލާމީޤައުމުތަކުގައި އިސްލާމީ ޝަރިއަތަށް ފުރިހަމައަށް ހުކުމް ކޮށް ތަންފީޒްކުރުން... މީ ދިރުމަކީ... މީ ހަމަޖެހުމަކީ.... މީ އިންސާފަކީ..... މިލޮބުވެތި ޤައުމުގެ އެންމެހާ މީސްކޮޅު ސަލާމަތުގެ އައްސޭރިއަށް ވާސިލްވުމަށްޓަކައި ތިންބާރުގެ ވާޖިބް ފުރިހަމައަށް އަދާކޮށް އިސްލާމީ ތަރުބިއްތުން ދަރިވަރުންގެ އަޙްލާޤާއި ހުލްޤް އުޖާލާކޮއްލާ... ޒިންމާ... ވާޖިބް، ސްވާލުކުރެވޭ ހިނދު... ޖަވާބްފުރިހަމަ ކުރުމަށް ވަޟްއީ ޤާނޫނުން ކުރެވޭނެކަމެއް ނެތް

  11. ާަައިންސާނާ

    4 މީހުން އެއްތަންވެލާފަ މިވެނިމީހަކު ވައްކަންކޮށްފިޔޭ ބުނީމާ އެމީހެއްގެ އަތްބުރިކުރަން ވީއޭ ތިބުނަނީ؟