އިންޑިޔާގެ ބްރިޖެއްގެ ދަށުގައި މަތިންދާ ބޯޓެއް ތާށިވެއްޖެއެވެ.

ނިއު ދިއްކީ އެއާޕޯޓް ސަރަހައްދުގައި ހުރި ބްރިޖެއްގެ ދަށުގައި ތާށިވެފައި ވަނީ އެއާ އިންޑިޔާގެ ފްލައިޓެކެވެ. މީސްމީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި މި ފްލައިޓް ބްރިޖް ދަށުގައި ތާށިވެފައިވާތަން ފެންނަ ފޮޓޯއާއި ވީޑިއޯތައް ދަނީ ދައުރުވަމުންނެވެ.

2019 ވަނަ އަހަރުގައި އިންޑިޔާގެ ބްރިޖެއްގެ ދަށަށް ފްލައިޓެއް ވަނީ ތާށިވެފައެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި މި ފްލައިޓަކީ ދިއްލީ އެއާޕޯޓަށް ނިސްބަތްވާ ފްލައިޓެއް ނޫނެވެ. އަދި މި ފްލައިޓް އަކީ މިހާރު ދަތުރުކުރަން ބޭނުންކުރާ ފްލައިޓެއްވެސް ނޫނެވެ.

ޓައިމްސް އޮފް އިންޑިޔާ އަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން އެއާ އިންޑިޔާއިން ބުނީ މި ފްލައިޓް ދަތުރުކުރަމުން ދިޔައީ މަގުމަތިން ކަމަށެވެ. އަދި އެ ފްލައިޓްގައި އެއްވެސް ފިޔަގަނޑެއްވެސް ނެތެވެ.

ކުއްލި ހާތަލުގައި ފްލައިޓެއް ޖައްސަން ޖެހިއްޖެ ނަމަ އިންޑިޔާގެ 19 ސަރަހައްދެއްގައި ފްލައިޓް ޖެއްސޭނެ ގޮތް އެފައުމުގެ ސަރުކާރުން ވަނީ ހަދާފައެވެ. ބައެއް ހާލަތްތަކުގައި މިފަދަ ސަރަހައްދުތަކުގައިވެސް ފްލައިޓްތައް ނުޖެއްސި ކޮންމެވެސް ބޮޑު މަގެއްގައި ފްލައިޓް ޖައްސަން ޖެހޭ ހާލަތްތައްވެސް އާދެއެވެ.

މި އަހަރުގެ ކުރީކޮޅުގައިވެސް އިންޑިޔާގައި މިފަދަ ހާދިސާއެއް ވަނީ ހިނގާފަ އެވެ. އެގޮތުން އެ ހާދިސާގައި ކުއްލި ގޮތަކަށް ޖައްސަން ޖެހުނު ފްލައިޓް ޖައްސާފައި ވަނީ ހަލިމަގެއްގައި އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ތިކަން ކުރި ޕައިލެޓަށް ގަމާރުކަމުގެ އެވޯޑް ދޭންޖޭހޭނެ!

    14
    6
    • ނުސްރަތު

      ކައެއްއަށް އަދި އެއަށްވުރެ މަތީ އެވޯޑެއް ދޭންފެނޭ. ޢާރޓިކަލް ކިޔާލަބަލަ ނިމެންދެން!!

      9
      1